ފަހުގެ ޚަބަރު


އިތުރަށް...

އިންތިހާބު ކަވަރު ކުރުމަށް ނޫސްވެރިންނަށް ފުރުސަތު ދިނުމަށް އަމުރުކޮށްފި

ލިޔުނީ: Unknown - Saturday, October 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރިޔާސީ އިންތިހާބު ކަވަރުން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ބަހައްޓާފައި ހުންނަ މަރުކަޒުތަކަށް ނޫސްވެރިންނަށާއި މޮނީޓަރުން އަދި އޮބްޒާވަރުންނަށް މޮނީޓަރ ނުވަތަ އޮބްޒާވް ކުރެވޭނެ އެންމެހާ ވަސީލަތްތައް ބޭނުން ކުވެރެވޭނެ ކަމަށް ސްޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ދާދިދެންމެއަކު ސްޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިހާބު ބޭއްވުމަށް އެހުކުމުގައި 16 ގައިޑް ލައިނެއް ހިމަނާފައިވަނީ ރިޔާސީ އިންތިހާބުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭގޮތަށް އިންތިހާބުގެ ކަންތައްތައް އިންތިޒާމު ކުރެވިފައިވާ މާހައުލެއް ގާއިމުވެފައި އޮތުން ގެރެންޓީ ކުރުން ކަމަށް ސްޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

އަދި އެ ގައިޑް ލައިންތަކުގެ މަގްޞަދަކީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ހިނގަނީ އަމާންކަމާއި އިންސާފުވެރި މާހައުލެއްގައިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުން، އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުން ނޫންކަމަށާއި އަދި އެމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޒަރޫރީ ގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ބޭނުންކުރުމަށް ސްޕްރީމް ކޯޓުގެ ގައިޑްލައިނު ތަކުގެ ސަބަބުން އެއްވެސް މިންވަރަކަށް ހުރަސް އެޅިގެންނުދާނެ ކަމަށްވެސް ސްޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި ބަޔާން ކޮށްފައިވެއެވެ.

"ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައް ހިނގަނީ އިންސާފުވެރި މާހައުލެއްގައިކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި އަދި އެމަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ބޭނުންކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އަންގައި އަމުރު ކޮށްފީމެވެ." ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބު ކަވަރުން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށިތައް ބަހައްޓާފައި ހުންނަ މަރުކަޒުތަކަށް ނޫސްވެރިންނަށާއި މޮނީޓަރުން އަދި އޮބްޒާވަރުންނަށް މޮނީޓަރ ނުވަތަ އޮބްޒާވް ކުރެވޭނެ އެންމެހާ ވަސީލަތްތައް ބޭނުން ކުވެރެވޭނެ ކަމަށް ބުނެ ސްޕްރީމް ކޯޓުން އަމުރެއް ނެރެފައި މިވަނީ ރިޔާސީ އިންތިހާބު ކަވަރު ކުރުމަށް ނޫސްވެރިންނަށް ދިމާވެފައިވާ ދަތިތައް ނައްތާލުމަށް ސީއެންއެމް އިން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމުމާ ގުޅިގެން މައްސަލަ ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާ ސުޕްރިމް ކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. ނޫސްވެރިންނަށް ކެމެރާ ނުވެއްދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނުމާ ގުޅިގެން މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް މިމައްސަލަ ގެނެސްފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް