ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ
އެކޯޓްގައި ތިއްބެވި ބައެއް ފަނޑިޔާރުން ސިޔާސީ ފަރާތްތަކާއި
ގުޅިގެންކަމަށާއި ސްޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންނަކީ ގައުމީ
ސަލާމަތަށްހުރި ނުރައްކަލެއްކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ
ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސްޕްރީމް ކޯޓުން ބާތިލްކޮށްފައިވަނީ އެކޯޓްގައި ތިއްބެވި ބައެއް ފަނޑިޔާރުން ސިޔާސީ ފަރާތްތަކާއި ގުޅިގެންކަމަށާއި އެކަމުގައި ބައިވެރިވި ފަނޑިޔާރުންނަށް ކޮންމެވެސް ދުވަހަކުން އެކަމުގެ ހައްގު އަދަބު ލިބޭނެކަމަށް ވިދާޅުވެ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ އެ ހަތަރު ފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅުމަށް ސަލާމަތީ ބާރުތަކަށް އިލްތިމާސް ކުރައްވާކަމުގައެވެ.
މަންދު ކޮލެޖްގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ އެހަތަރު ފަނޑިޔާރުން މަސައްކަތް ކުރައްވަނީ ސިޔާސީ ޕާޓީތަކާއިއެކު ސިޔާސީގޮތުން ކަމުގައެވެ. އިންތިހާބް ބާތިލް ކުރުމަށް ސްޕްރީމް ކޯޓްގެ 7 ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ސައީދެވެ.
ރައީސް ނަޝީދު ވިދާޅުވީ އެހަތަރު ފަނޑިޔާރުން އިންތިހާބު ބާތިލްކޮށްފައިވަނީ އެއްވެސް ގާނޫނީ ބުރަދަނެއްގެ މައްޗަށް ނޫންކަމަށާއި އެއްވެސް ހަމައެއްގެ މައްޗަށްވެސް ނޫންކަމަށާއި ބައި ނަލް އަގްވާމީ އެއްވެސް މިންގަނޑެއްގެ މައްޗަށް ނޫންކަމުގައެވެ. އަދި އެފަނޑިޔާރުން އެކުރެއްވި ކަންކަން ކޮންމެވެސް ދުވަހަކުން ބެލޭނެކަމަށާއި އެފަނޑިޔާރުންނާއިމެދު ފިޔަވަޅު އެޅޭނެކަމުގައެވެ.
ރައީސް މަޝީދު ވިދާޅުވީ ސްޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައެޅުއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި ނަމަވެސް އެބޭފުޅުންނަކީ "އެހެން ބާބަތް ބާވަތުގެ ކަންކަމަށް ޝައުގުވެރިކަން ހުންނަ ބޭފުޅުންކަމެއް ކުރިން އެނގިވަޑައި ނުގަންނަވާ" ކަމުގައެވެ.
އަދި އެމްޑީޕީން ކުރިއަށްދަނީ ޝަކުވާކޮށް ކޯޓަށް މައްސަލަ ހުށައަޅައިގެން އުޅުމަށްވުރެ ބޮޑަށް މަސައްކަތް ކޮށްގެން ކާމިޔާބު ހޯދުމަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ތިނޯހެއްގެ ފަގަ ވަރުގެ މިންވަރެއް ލިބުނު ނަމަވެސް އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެކަމުގައެވެ.

No comments: