ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބު މައްސަލަ މާދަމާ އަށް ޝެޑިއުލްކޮށްފި

ލިޔުނީ: Unknown - Sunday, October 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިދިއަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑު އެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.

ޖޭޕީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މިދިއަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅި މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި (26 ސެޕްޓެމްބަރުގައި) ވަނީ ޖޭޕީ އިންނާއި އިލެކްޝަންސް ކޮމިޝަނަށް އަދި އެމައްސަލައަށް ތަދައްހުލުވި ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހާއި ޕީޕީއެމްއިން ހުލާސާ ބަޔާން ހުށަހަޅާފައެވެ.

މާދަމާ ބާއްވާ ޝަރީއަތުގެ މަޖިލީހަކީ އެމައްސަލައަށް ވަކި ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ އަޑު އެހުމެއް ކަމަށް މައުލޫމާތު ލިބެއެވެ. ސްޕްރީމް ކޯޓުގައި މާދަމާ ބާއްވާ އަޑު އެހުން ތާވަލް ކޮށްފައިވަނީ 14:00 އަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް