ހުޅުމާލެ ކަންނެލި ޖެޓީއާ ދިމާލުން ފަޅުތެރެއަށް މޫދަށް އެރިއުޅުނު ޒުވާނަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މިހާދިސާގައި މަރުވެފައިވަނީ ނ. މިލަދޫ، ހުދުރުވާގެ ހުސައިން އަބްދުލް ކަރީމް، 22، އެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއަކީ އެ ސަރަހައްދުގައި ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި މަސައްކަތްކުރާ ޒުވާނެއް ކަމަށެވެ.
އޭނާ މޫދު އަޑިއަށް ގޮސް މައްޗަށް ނާރާކަމުގެ މައުލޫމާތު އޭނާ އާއެކު އެ ސަރަހައްދުގައި އުޅުނު މީހުންގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 10:57 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މެރިން ޕޮލިސް އާއި އެމްއެންޑީއެފްގެ ޑައިވަރުން އެ ސަރަހައްދަށް ގޮސް ފީނަމުން ދަނިކޮށް ހަށިގަނޑު ފެނިފައިވަނީ ރޭ 11:50 ހާއިރު މޫދު އަޑިން ކަމަށެވެ.
އޭނާގެ ހަށިގަނޑު މޫދު އަޑިން ނަގައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ދަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

No comments: