އދ.ގެ ސެކިއުރިޓީ ކައުންސިލާއި ހަމައަށް ރާއްޖޭގެ މައްސަލަ ހިނގައްޖެއެވެ.
ގްލޯބަލް ޕޯސްޓްގައި ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުން ފަސްކޮށްފައިވާ މައްސަލައިގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތަކާއި ސިޔާސީ ހަލަބޮލިކަން އދ.އިން ވަރަށް ގާތުން ބަލަމުންދާކަމަށެވެ.
އަދި މިކަންބޮޑުވުމުގެ ސަބަބުން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ ބައްދަލުމެއްވެސް ބާއްވާފައިވާކަމަށެވެ. އަދި މިބައްދަލުވުމުގައި ޔޫއެން އެސިސްޓަންޓް ސެކެޓްރީ ޖެނެރަލް ފޯރ ޕޮލިޓިކަލް އެފެއާރޒް، އޮސްކާރ ފާރނެންޑާޒް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ ގޮތުން މައުލޫމާތު އަރުވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ރައީސް މުޙައްމަދު ނަޝީދާއި، 30 އަހަރު ވެރިކަން ކުރައްވާފައިވާ މައުމޫން އަބްދުލް ޤައްޔޫމްގެ ކޮއްކޯފުޅު ޔާމީން އަބްދުލް ޤައްޔޫމްކަން ފާހަގަކޮށް، ދެވަނަ ބުރުގެ ވޯޓްލުން ފަސްކުރުމަށްފަހު، އެދުވަހުން ފެށިގެންވެސް ރާއްޖޭގައި މުޒާހިރާތައް ހިނގަމުންދާކަމަށް ވަނީ ބުނެފައެވެ.
އދ.ގެ ލީޑަރު ބަން ކީ މޫންވަނީ ރާއްޖެ ސުލްހަމަސަލަސްކަން ނަގާނުލާއި، ޤާނޫނު އަސާސީ ނަގަހައްޓާ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަގުފަހިކުރުމަށް ރާއްޖޭގެ ކަމާ ބެހޭ ހުރިހާ އިދާރާތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާ ބަޔާނެއްވެސް ނެރުއްވާފައެވެ.

No comments: