ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް(ގައްދޫ ޒާހިރު)ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ޒާހިރުގެ ފާސްޕޯޓް ހިފަހައްޓާފައި ވަނީ ރޭ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމަށް އެއާރޕޯޓަށް ވަޑައިގެންނެވުމުންނެވެ.
ޒާހިރު ވިދާޅުވީ އެއްވެސް ކޯޓަކުން އޭނާގެ މައްސަލައެއް ބަލަމުންދާ ކަމެއް އެނގިވަޑައިނުގަންނަވާ ކަަމަށާއި، ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެެވެ.
ޒާހިރު ވިދާޅުވީ އެއްވެސް ކޯޓަކުން އޭނާގެ މައްސަލައެއް ބަލަމުންދާ ކަމެއް އެނގިވަޑައިނުގަންނަވާ ކަަމަށާއި، ޕާސްޕޯޓް ހިފެހެއްޓި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާން އަމުރުކޮށްފައި ވަނީ މެޖިސްޓްރޭޓް ކޯޓުންނެވެ.
ޒާހިރުގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލައިގައި އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރުއްވާފަ އެވެ.
No comments: