ލޯކަލް ކައުންސިލުތަކުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަން މިއަދު ވިދާޅުވީ އެގޮތަށް ނިންމާ ކައުންސިލު އިންތިހާބުތަކުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ މިރޭ އިއުލާން ކުރާނެ ކަމަށެވެ. ފަޔާޒް ވިދާޅުވީ ކައުންސިލު އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހާއި ހަމައަށް ކަމަށެވެ.
ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވުމަށް 120 ދުވަހަށް ވުމާއި އެކު ގިނަ ވެގެން 15 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ޖެހޭނެއެވެ.
ލާ މަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކައުންސިލުތަކުގެ އުމުރަކީ އިންތިހާބުވީ ތާރީހުން ފެށިގެން ތިން އަހަރު ދުވަހެވެ. އަދި އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ. މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ފަޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު ދިގުދެމިގެން ނުދިޔަ ނަމަ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކައުންސިލުތަކުގެ އިންތިހާބުތައް ބޭއްވޭނެ ކަމަށެވެ.
No comments: