ފަހުގެ ޚަބަރު


އިތުރަށް...

ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓްތަކެއް ފެނިއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Tuesday, November 19, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަން ޕޮލިސް ސްޓޭޝަން - ފޮޓޯ: ޕޮލިސް ލައިފް
ވައްކަމުގެ މައްސަލައެއްގައި ލ.ގަން ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިއްޖެއެވެ.

މި މައްސަލާގައި ފުލުހުންގެ ދަށަށް ގެނެްގޮސްފައިވަނީ 25 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2013 ނޮވެމްބަރު 18 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ލ.ގަމުގައި ހަދާފައި ހުރި ގެސްޓްހައުސް އެއްގެ ތެރެއިން ސޯފާ ގޮނޑިއަކާއި އޭ.ސީ އެއްގެ އައުޓް ޑޯ ޔުނިޓެއްގެ އިތުރުން ފާޚާނާގައި ބޭނުންކުރާ ސާމާނުތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައިގެ ތުހުމަތުގައި އިއްޔެ މެންދުރު 13:05 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް