ފަހުގެ ޚަބަރު


އިތުރަށް...

މެޖިސްޓްރޭޓްކަމުގެ މަޤާމަށް ލ. އަތޮޅުގެ 3 ބޭފުޅަކާއި އިތުރު 8 ބޭފުޅަކު ޢައްޔަންކުރުމަށް ޖޭއެސްސީ އިން ނިންމައިފި

ލިޔުނީ: ޢަލީ ޔާސިރު - Friday, November 8, 2013 ކޮމެންޓް 1
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ކ-ވ: މުޙައްމަދު މުނާޒް، އިސްމާޢީލް މާހިރު، އަޙްމަދު ނިޔާޒް
މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީ އިން މެޖިސްޓްރޭޓްކަމުގެ މަޤާމަށް ބޭފުޅުން ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ލ. އަތޮޅުގެ 3 ބޭފުޅަކާއި އިތުރު 8 ބޭފުޅަކު މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ޖޭއެސްސީ އިން ނިންމައިފި އެވެ.

މި ބޭފުޅުން އައްޔަން ކޮށްފައިވަނީ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރެވުނު ނަންބަރު C/1/2013/10195(19 އޯގަސްޓް 2013) އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމެޓީން އިންޓަވިއުކޮށް ޖުޑީޝަލް ސާރަވިސަސް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކޮށް، އެދިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން 11 ބޭފުޅަކު މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް މިމަހުގެ 7 ވަނަދުވަހު އެވެ.

އެގޮތުން އެބޭފުޅުންގެ ތެރެއިން ލ. އަތޮޅުން އައްޔަންކުރުމަށް ކަނޑައެޅި ބޭފުޅުންނާއި އެ ބޭފުޅުން ކަނޑައެޅި ކޯޓުތަކާއި މަޤާމުތައް ތިރީގައި މިވަނީއެވެ.

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް
އެންދެރިމާގެ / ލ. މާވަށް
އިސްމާޢީލް މާހިރު
ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް
މުރިގު / ލ. އިސްދޫ
މުޙައްމަދު މުނާޒް
ތ.މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް
ޒުނޯރިޔާ / ލ.އިސްދޫ        
އަޙްމަދުނިޔާޒު            
މީމީގެ އިތުރުން، ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55  އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ ދަށުން 6 މެޖިސްޓްރޭޓަކު އެބޭފުޅުން މިހާރު އަދާކުރައްވަމުން ގެންދަވާ މެޖިސްޓްރޭޓްކަމުގެ މަޤާމުން 1 ޑިސެމްބަރު 2013 އިން ފެށިގެން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމާފައިވެއެވެ.

އެ 6 ބޭފުޅުންގެ ތެރޭގައި ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ހިމެނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for މެޖިސްޓްރޭޓްކަމުގެ މަޤާމަށް ލ. އަތޮޅުގެ 3 ބޭފުޅަކާއި އިތުރު 8 ބޭފުޅަކު ޢައްޔަންކުރުމަށް ޖޭއެސްސީ އިން ނިންމައިފި

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް