ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ވޯޓުން "ބަޣާވާތުގެ" އަހުލުވެރިން ބަލިކުރަށްވާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

ލިޔުނީ: Unknown - Friday, November 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އެމްޑީޕީ "ވޯޓުން އުފާވެރިކަން" ނަމުގައި ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާ - ފޮޓޯ: ޓީމް ފެޓް ޓޫނާ
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ވޯޓުން "ބަޣާވާތުގެ" އަހުލުވެރިން ބަލިކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ "ވޯޓުން އުފާވެރިކަން" މިނަމުގައި ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވަނީ ހަމައެކަނި އިންތިޚާބެއް ނޫންކަމުގައެވެ. ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ތަރައްޤީއާއި އުފާ ފާގަތިކަމަށް ކުރާ މަސައްކަތުގެ ނިމުންކަމުގައެވެ. އަދި އެމަސައްކަތުގައި އެއްބައި ފަހަރު މަތިން އަނެއްބައިފަހަރު ދަށުން ކަންކަން ވަމުން ދުވަހެއް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ގެންދަނީ ކާމިޔާބު ހޯދަމުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭރައްޔިތުން ދިގު ދަތުރެއްކޮށްފި، ޒަމާންތަކެއް ވަންދެއް އަނިޔާވެރިކަމުގަ އެރައްޔިތުން ދުވަސްތައް ހޭދަކޮށްފި، ރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް އެރައްޔިތުންގެ އުއްމީދު ނަގައެއްނުލާ، މާޔޫސްވެއެއް ނުމެދޭ، ހިއްވަރާއި އެކުގައި ކޮންމެ ދުވަހަކު ކޮންމެ ދުވަހަކު އެރައްޔިތުން ދިޔައީ މަސައްކަތް ކުރަމުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ހޮނިހިރު ދުވަހު ރާއްޖެ އަނެއްކާވެސް ދިވެހި ރާއްޖޭގެ ވެރިކަން ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވާނެކަމަށާއި މި އިންތިޚާބު އެއްބުރުން "ހޯދައިދޭނެ" ކަމަށް ރައީސް ނަޝީދުވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހު އިންތިޚާބު އެއްބުރުން ކާމިޔާބުކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ނޮވެމްބަރު 11 ގެ ފަހުން ރާއްޖޭގެ ދުސްތޫރީ ޙުކޫމަތު ގެއްލިގެން ދާނެތީކަމާއި ގާނޫނު އަސާސީގެ ބާރާއި ސައްހަ ވެރިކަން ހަމައެކީގައި ނެތިގެން ދާނެތީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހޮނިހިރު ދުވަހަކީ ރައްޔިތުން ޤާނޫނު އަސާސީގެ ބާރުވެރިކަމާއި އެކީގައިގޮސް މި ދިވެހި ދައުލަތް ސަލާމަތް ކުރުމުގެ ފުރުސަތެއް ލިބޭ ދުވަސް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީއާއި ދެކޮޅަށް ކުރަމުން ގެންދިޔަ ކަންކަމުން އެމްޑީޕީއަށް ލިބެމުން ދިޔައީ ހަގީގަތުގައި ކާމިޔާބު ކަމަށާއި ފުރަތަމަ އިންތިޚާބު ބާތިލްކުރުމުންވެސް ލިބުނީ އިތުރު ތާއީދުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފައިދާ ނުވާ ފަހިނުވާ ހަމައެއްކަމެއްނެތް، އެބޭފުޅުންނަކަށް ނުކުރެއްވޭ، ދުވަސް ދެއްވި ފުރަތަމަ އިންތިޚާބު ބާތިލްކުރެއްވި އޭގެ ނަތީޖާއަކަށްވީ ރާއްޖޭގެ ރައްޔިތުން އެބޭފުޅުންދެކެ ރުޅި އަންނާންފެށީ، ރައްޔިތުންގެ ވޯޓަށް އަރައިގަންނަތަން މާ ސާފުކޮށް ފެންނާންފެށީ، ގައުމަށްޓަކާއާއި ދީނަށްޓަކައޭ ވިދާޅުވެ ވޯޓާސް ލިސްޓްގައި ސޮއިކުރެއްވީ އެންމެފަހުންއައިސް ހަގީގަތުގައި ޖަރުމަނު ޓްއަރިސްޓް އެޖެންސީއަކުން ބުނެގެން، އަސްލަކީ ޓްއަރިސްޓް އެޖެންސީއަކުން ބުނީމައި ސޮއިކުރާންޖެހުނީ، ޑޮލަރު އަންނަން އޮތީ އެތަނުންކަމަށްވާތީވެ، އިންތިހާބުގައި ވާދަކުރަނީވެސް ޑޮރަލަށްޓަކާ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް