މިދަތުރުފުޅުގައި އެމަނިކުފާނުގެ ބޭފުޅުންނާ ބައްދަލުކޮށްލެއްވުމަށް ހޮންކޮންގަށްވެސް ވަޑައިގެންނެވިއެވެ.
ރައީސް ވަހީދުވަނީ ސިންގަޕޫރަށް ވަޑައިގެންނެވުމައްޓަކާ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޗުއްޓީ ވެސް ނަންގަވާފައެވެ.
ރައީސް ވަހީދު ރޭ މާލެ ވަޑައިގެންނެވި އިރު، ނޮވެމްބަރު 11 ގައި އާ ރައީސަކު އިންތިހާބު ނުކުރެވިދާނެތީ މަގާމުގައި ދެމިހުންނެވުމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންދަނީ ގޮވާލަމުންނެވެ. ނަމަވެސް ރައީސް ވަހީދުވަނީ ނޮވެމްބަރު 11 ގެ ފަހުން މަގާމުގައި ދެމި ހުންނެވުމަށް ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
No comments: