އޮންލައިން ނޫސް ސީއެންއެމްއިން ބުނީ ވަރަށް އިތުބާރު ހުރިގޮތަކަށް އެމައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މަޢުލޫމާތުގައި ވާގޮތުގައި މަރުވެފަކަމަށް ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވާ މީހުންގެ ތެރެއިން ދިރިތިބި މީހުންކަމަށް އިލެކްޝަންސް ކޮމިޝަނަށް މިހާތަނަށް ހޯދުނު މީހުންނަށް ވޯޓް ލުމުގައި އަމަލުކުރާނެގޮތެއް ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ސްޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް އެ ނޫހުން ބުނެއެވެ.
ސްޕްރީމް ކޯޓުން ސެޕްޓެމްބަރު 7 ގެ އިންތިހާނު ބާތިލްކޮށްފައިވާއިރު އެއިންތިހާބުގައި މަރުވެފައިތިބި ބައެއްގެ ނަމުގައި ވޯޓްލާފައިވާކަމަށްވަނީ ބުނެފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެނަންތައް ހޯދައި ބެލި ބެލުމުން އޭގެތެރެއިން ގިނަ ބަޔަކު ދިރިތިބިކަމަށް މިހާތަނަށްވަނީ އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިކަމަށް އެކޮމިޝަނުގެ ރައީސް ފުޢާދު ތައުފީގްވެސްވަނީ ވިދާޅުވެފައެވެ.
އަދި ފިރިމީހާ ދުނިޔޭގައި ހުއްޓާ އޭނާ މަރުފެވައިވާކަމަށް ސްޕްރީމް ކޯޓްގެ ހުކުމުގައި ބުނެފައިވާތީ ގާނޫނީގޮތުން ހުވަފަތް ވެފައިވާކަމަށްބުނެ "ހުވަފަތް ނުވާކަމަށް" ކަނޑައަޅާއިދިނުމަށްއެދި އިއްޔެ އަމިއްލަ ފަރާތްކުން ސްޕްރީމް ކޯޓްގައިވަނީ އެދިފައެވެ.
މީގެ އިތުރުން އިންތިހާބު ބާތިލްކުރުމަށް ސްޕްރީމް ކޯޓުން އަސްލަކަށްބެލި ފުލުހުންގެ ފޮރެންސިކް ރިޕޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދިފައި ވާތީ ސްޕްރީމް ކޯޓްގެ ހުކުމް މުރާޖައާ ކުރުމަށްއެދި އަމިއްލަ ފަރާތަކުން މިއަދުވަނީ ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
No comments: