ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ވެރިކަން ބަދަލުކޮށްލާފައިވަނީ ބަޣާވާތަކުން ކަމަށް އިބްރާހީމް ދީދީ ވިދާޅުވެއްޖެ

ލިޔުނީ: Unknown - Saturday, November 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ފެބްރުއަރީ ހަތެއް 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށްލާފައިވަނީ ބަޣާވާތަކުން ކަމަށާއި ކޮންމެ ވެސް ދުވަހަކުން އެމައްސަލަތައް ބެލޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި ރިޓަޔާޑް ބްރިގޭޑިއަ ޖެނެރަލް އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

މިއީ ފެބްރުއަރީ ހަތެއްގެ ހާދިސާއާއި ބެހޭ ގޮތުން އިބްރާހީމްދީދީ ރިޓަޔަ ކުރެއްވި ފަހުން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އައްޑޫގައި ހުންނަވައިގެން އޮންލައިން ނޫސް ސީއެންއެމަށް ފޯނުން ދެއްވި ބަސްދީގަތުމެއްގައި އިބްރާހީމް ދީދީ ވިދާޅުވީ، ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުކޮށްލާފައިވަނީ ގާނޫނާ ގަވާއިދާ ހިލާފަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ ޕްރެޝަރުކޮށްގެން ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެހެން އެއްވެސް ގޮތެއް ނެތި މަޖުބޫރީ ހާލަތެއްގައި ރައްޔިތުންގެ ބަޔަކަށް ހަމަލާ ނުދިނުމަށް ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމްދީދީ ވިދާޅުވީ އެކަމަކީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް އިސްކޮށް ތިއްބަވައިގެން ހިންގެވި ކަމެއް ކަމަށެވެ.

"އަޅުގަނޑާއި އޭރުގެ ޗީފް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލާއި ދިޔައީ ނެގޯޝިއޭޓް ކުރުމަށް ބަޔަކު ތިބި ވާހަކަ އެނގުމުން ރައީސް ނަޝީދު ވިދާޅުވެގެން. އަޅުގަނޑުމެންނާއި އެކު އޭރުގެ ބްރިގޭޑިއަ ޖެނެރަލް އަދި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް ވަޑައިގެންނެވި. ޝިޔާމް ވަޑައިގެންނެވީ އަމިއްލަފުޅަށް. ނާޒިމު ވިދާޅުވީ، ބަޑި ނުޖަހައްޗޭ. އަޅުގަނޑު ދެންނެވިން ބަޑި ޖަހަން ނޫޅެއޭ. އޭރު މިހާރުގެ ސީޕީ ރިޔާޒާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އެފްއޭ ފަޔާޒުއާއި ކައިރީގައި ތިއްބެވި.އަޅުގަނޑުމެން ކައިރީ ވިދާޅުވީ ޝަރުތަކާއި ނުލައި އިސްތިއުފާ ދެއްވުމަށް އެދޭ ކަމަށް. ދެން ފެނުނީ ޝަރުތަކާއި ނުލައި އިސްތިއުފާ ދިނުމަށް ގޮވާތަން. ދެން ތޮލްހަތުގެ އޯޑަރަކަށް ނާޒިމް އެތެރެއަށް ވަނީ، ނާޒިމާއި ތޮލްހަތު ބައްދަލުކޮށްފައި މުހުލަތެއް ދެން އެރުވީ. ދެން ފެންނަނީ ތޮލްހަތުގެ އިޒުނަ ލިބިގެން، ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ވިދާޅުވީ ތިމަންނައޭ ހަވާލުވެ ހުރީ އަދި ތިމަންނަ ވަރަށް އަވަހަށް ސިފައިންގެއަށް މީހަކު އައްޔަން ކުރާނަމޭ. ޖަލީލު ހުންނަވަނިކޮށް އެކްޓިން ސީޑީއެފްކަން ޝިޔާމާއި ހަވާލު ކުރީ، ޝިޔާމް ހަވާލުވެ ވަޑައިގެންނެވީ އެއީ ސިފައިންގެ ގާނޫނާ ހިލާފު ކަމެއް،" އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމްދީދީ ވިދާޅުވީ ކޯނީގައި ވެސް އެވާހަކަތައް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ކޯނީން އެކަންތައްތަކަށް ރިއާޔަތްކޮށް ބަލާފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިބްރާހީމް ދީދީވަނީ ރަބަރު ވަޒަން ޖަހަން ރައީސް ނަޝީދު އެނގެވި ކަމަށް ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި ވާހަކަ ދޮގު ކުރައްވާފައެވެ.
އަދި ރޭ ޕީޕީއެމުން ބޭއްވި ބައްދަލުވުމުގައި، މިހާރު އޮތީ އަމާން ކަމަށާއި ނުރައްކަލަށް ވޯޓު ދޭން ޖެހިފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެފައިވާތީ އިބްރާހީމްދީދީވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"ރޭ ގާސިމް ވިދާޅުވީ މިހާރު މިއޮތީ އަމާން ކަމަށާއި ނުރައްކަލަށް ވޯޓުދޭން ޖެހިފައި، އެވިދާޅުވި އެއްޗެއްގެ މާނަ ވަރަށް ބިރުވެރި. އަޅުގަނޑު ގޮވާލަން ސިފައިންނާއި ފުލުހުންނަށް ވެސް ރައްޔިތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އިހްތިރާމް ކުރަން. އެހެން ނޫންނަމަ ވަރަށް ނުރައްކާތެރި ހާލަތަކަށްދާނެ. ގާސިމުއެހެން ގޮތަކަށް ވިދާޅުވިޔަސް ގައުމާއި ރައްޔިތުންގެ ނިންމުން ދިފާއުކޮށް ގާނޫނު އަސާސީއާއި ގާނޫނު ނެގެހެއްޓުން ދިފާއީ ބާރުގެ މައްޗަށް ގާނޫން ލާޒިމް ކުރޭ،" އިބްރާހީމް ދީދީ ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް