މާދަމާ ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ ރަށްރަށަށް ފޮނުވައި ނިމިފައިވާއިރު ވޯޓު ފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުންވެސް މިހާރު ދާނީ ޙަރަކާތްތެރިވަމުންނެވެ. އަދި ވޯޓު ކަރުދާހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އަންގާ ގޮތެއްގެމަތިން ފުލުހުން އެރަށްރަށުގައިދެމިތިބޭނެއެވެ.
މިއަދު ހެނދުނުއްސުރެ ރާއްޖޭގެ އެކި އަތޮޅުތަކުގައި ރަށްރަށަށް ވޯޓު ކަރުދާހާއި ވޯޓުލާމީހުންގެ ރަޖިސްޓްރީ ގެންދިއުމުގައި ޙަރަކާތްތެރިވެފައިވަނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ގުޅިގެންނެވެ.
No comments: