ފަހުގެ ޚަބަރު


އިތުރަށް...

ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުން ސާފުކުރުމުގެ މަސައްކަތެއް ކުރިއަށް ގެންގޮސްފި

ލިޔުނީ: ޢަލީ ޔާސިރު - Wednesday, November 27, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށު ސަހަރާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ޕޮލިސް ލައިފް
ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ރަށުގެ ރައްޔިތުންނާއި ގުޅިގެން ލ.ފޮނަދޫ ސަހަރާ ސާފްކުރުމުގެ މަސައްކަތްކޮށްފިއެވެ.

މިނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިމަސައްކަތުގައި ލ.ފޮނަދޫ ސަހަރާ އެއްކޮށް ސާފުކޮށް ކުނިތައް އުކާލެވިފައިވެއެވެ. މިމަސައްކަތުގައި ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މީގެކުރިންވެސް މިފަދަ ޕްރޮގްރާމްތައް ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށް ގެންގޮސްފައިވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް