ފަހުގެ ޚަބަރު


އިތުރަށް...

އޭޓީއެމްއެއް ހޯދުމަށް ލ. ގަމު ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

ލިޔުނީ: Unknown - Monday, December 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ގަމުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓިއެމްއެއް ނެތުމުގެ ސަބަބުން އޭޓީއެމްއެއް ހޯދުމަށް އެރަށު ޖަމިއްޔާއަކުން އިސްނަގައިގެން ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

“ހަމަދް އިންކްލައިން އެސޯސިއޭޝަން”އިން އިސް ނަގައިގެން ގަމުގެ ރައްޔިތުންނަށް އޭޓީއެމްއެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށް ޕެޓިޝަނެއް ތައްޔާރުކުރަމުންދާކަމަށް އެޖަމިއްޔާގެ ފަރާތުން އެމްވީ ޓައިމްސްއަށް ވަނީ މައުލޫމާތު ދީފައެވެ.

ލ. ގަމަކީ 4000އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށަކަށް ވެފައި އެރަށަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަށްވުމުން އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ގަމަށް ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދަން އަންނަ ކަމަށާއި، އެހެން ނަމަވެސް އޭޓީއެމްއެއް ނެތުމުން ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމަށް ޕެޓިޝަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ގަމާއި އެންމެ ކައިރީގައިވެސް އޭޓީއެއް ހުންނަނީ ލ. ފުނަދޫގައި ކަމަށާއި ގަމުން ފުނަދޫއަށް ދާން 45 ވަރަކަށް މިނެޓުގެ ދަތުރެއް ކުރަން ޖެހުމުން ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރާކަމަށް ހަމަދް އިންކްލައިން އެސޯސިއޭޝަނުން ހާމަކުރެއެވެ.

އޭޓީއެމްއެއް ހޯދުމަށް ގަމު ރައްޔިތުން ތައްޔާރުކުރާ ޕެޓިޝަނުގައި 24 ގަޑިއިރު ތެރޭގައި 900 އެއްހާ މީހުން ސޮއިކޮށްފައިވާކަމަށައި، 2 ހާހެއްހާ މީހުންގެ ސޮޔާ އެކު މި ޕެޓިޝަން ހޯމް މިނިސްޓްރީއަށާއި ރައީސް އޮފީހަށްވެސް ހުށަހަޅާނެކަމަށް އެ ޖަމިއްޔާއިން ހާމަކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް