ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ލ. ފޮނަދޫ އަރާއިރު އިބްރާހީމް ފައިޞަލް (ބަހީ) އައްޔަން ކުރައްވައިފި އެވެ.
ފައިސަލް މި މަޤާމަށް އައްޔަންކޮށްފައިވަނީ ސަރުކާރުގެ ތިން މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބޭފުޅުން މިއަދު ޢައްޔަނު ކުރެއްވި އިރުއެވެ..
މިނިސްޓަރު އޮފް ސްޓޭޓް ފޮ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަޤާމަށް ހަމަޖެއްސެވީ މާފަންނު ގުލްފާމުގޭ މުޙަންމަދު މުޢިއްޒު ޢަދުނާނެވެ. މިނިސްޓަރު އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމަށް ލ. ފޮނަދޫ އަރާއިރު އިބްރާހީމް ފައިޞަލް ހަމަޖެއްސެވި އިރު، މިނިސްޓަރު އޮފް ހޯމްއެފެއާޒުގެ ނައިބުގެ މަގާމަށް މ. ފުސްތުޅާގޭ މުޙަންމަދު ހާނިމް ވަނީ ހަމަޖައްސަވައިފި އެވެ.
ހާނިމް އެ މަގާމަށް ޢައްޔަންކުރައްވާފައި ވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަވިސަސްގައި މަސައްކަތް ކުރައްވާ ގޮތަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފައިސަލް އަކީ ލ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ ގެ ދަރިއެކެވެ.
No comments: