ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Unknown - Thursday, February 13, 2014 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން އިސްދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް އިސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން މިމަހުގެ 11 ވަނަ ދުވަހު ހެނދުނު 08:50 ހާއިރު އިސްދޫއިންނެވެ.

ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ އަތުލައިގެންފައިވަނީ އިސްދޫއަށް އައި ބޯޓަށް އެރުމަށްފަހު އެ ބޯޓުން ފައިބައިގެންގޮސް ސައިކަލަކަށް އަރާ ދުއްވާލިތަނުންނެވެ. އަދި އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ފިލްމް ހުސްކުރި ދަޅެއް ވަނީ އެއްލާލާފައެވެ. ރަތްކުލައިގެ އިންސްލޭޝަން ޓޭޕް އަޅާފައިވާ މި ދަޅު ނަގައި ބަލައިފާސްކުރުމުން އެދަޅުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއްވެސް ފެނިފައިވެއެވެ.

މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް