ލަސްނުކޮށް އިންތިހާބުގެ ތާރީހެއް އިއުލާން ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން ގޮވާލައިފިއެވެ.
ލަސްނުކޮށް އިންތިހާބުގެ ތާރީހެއް އިއުލާނު ކުރުމަށް އެކޮމިޝަނުން ގޮވާލާފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާއި، ރާއްޖެއިން ބައިވެރިވެފައިވާ ސިޔާސީ އަދި މަދަނީ ހައްގުތަކައި ބެހޭ މުއާހަދާގެ 25 ވަނަ މާއްދާއާއި، އިންސާނީ ހައްގުތަކުގެ އާއްމު ގަރާރުގެ 21 ވަނަ މާއްދާއިން ވޯތުލުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގަކީ ދިމިގްރާތީ ނިޒާމެއްގައި ގައުމު ހިންގުމުގައި ބައިވެރިވުމުގެ ފުރުސަތު ރައްޔިތުންނަށް ލިއްބައިދޭ އެންމެ މުހިއްމު ފުރުސަތު ކަމަށެވެ.
އެހެން ކަމުން އެހައްގު ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމައްޓަކާ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހެއް ލަސްނުކޮށް އިއުލާން ކޮށް ދިނުމަށް ކޮމިޝަނުން އެދޭ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމުން އިއްޔެވަނީ އިންތިހާބު ކެންސަލްކޮށްފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި އިންތިހާބު ފުލުހުން ހުއްޓުވާފައިވާ ކަމަށް އިލެކްޝަނުން ބުނެފައިވާތީ އެޗްއާރުސީއެމުންވަނީ ފުލުހުންނަށް އެފަދަ ބާރެއް ލިބިގެން ނުވާ ކަމަށް ވެސް ބުނެފައެވެ.

No comments: