ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު ހުރިހާ ކެންޑިޑޭޓުންނަށް އެއްބަސްނުވެވިއްޖެ ނަމަ ރައީސް މުހައްމަދު ވަހީދާއި ނައިބު ރައީސް އިސްތިއުފާދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސަރުކާރު ހިންގުން ހަވާލުކުރުމަށް ކެންޑިޑޭޓުން ގާތު ވިދާޅުވާނެ ކަމަށް ރައީސް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ނޮވެމްބަރު 11ގެ ކުރިން އިންތިޚާބު ބާއްވައި އާ ރައީސެއް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު ކެންޑިޑޭޓުން އެއްގަލަކަށް އެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނޮވެމްބަރު 11ގެ ކުރިން އިންތިޚާބު ނުބޭއްވިއްޖެ ނަމަ ވެރިކަމުގައި ހުންނެވުމަށް ފަސޭހަފުޅު ނުވާނެ ކަމަށާއި އެމަނިކުފާނުގެ އުއްމީދަކީ އެ ތާރީހުގެ ކުރިން އިންތިޚާބުވެފައިވާ ރައީސެއް ވެރިކަމާ ހަވާލުވެވަޑައިތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ "އެހެން "އިންތިޒާމުތަކެއް" ހަމަޖެހިގެން ދިޔުމަށް ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[އިންތިޚާބު ބާއްވާނެ ތާރީހަކާ މެދު އެއްބަސްނުވެވިއްޖެ ނަމަ] އަޅުގަނޑު ދަންނަވާނަން އަޅުގަނޑު އިސްތިއުފާ ދޭނަމޭ، ނައިބު ރައީސް ވެސް އިސްތިއުފާ ދެއްވާނެ އޭ. އެއަށް ފަހު ހުރިހާ ޒިންމާތަކެއް އުފުއްލަވަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ "ގަދަބާރުން" އިންތިޚާބެއް ބޭއްވުމަކީ "ގައުމީ މަސްލަހަތު" ހިމެނޭ ކަމެއް ނޫން ކަމަށާއި އިންތިޚާބު ހުއްޓުވުމާއި ސުޕްރީމް ކޯޓުގެ ހުކުމް ނެގެހެއްޓުމަކީ ތަފާތު ދެ ކަން ކަމަށެވެ. ސުޕްރީމް ކޯޓުގެ ގައިޑްލައިން ފުރިހަމަ ނުކޮށް އިންތިޚާބު ބާއްވައިފި ނަމަ ފުލުހުން ވެސް ގާނޫނާ ހިލާފުވާނެ ކަމަށް ހުކުރުދުވަހު ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ކައުންސިލުން ނިންމީ އިންތިޚާބު ހުއްޓުވަން ނޫން ކަމަށާއި ކޯޓުގެ ގައިޑްލައިން ފުރިހަމަ ނުކުރަނީސް އެއްބާރުލުން ނުދިނުމަށް ކަމަށެވެ.
"ފުލުހުންނަށް ވެސް ފެނުނީ އިންތިޚާބައިގެން ކުރިއަށް ހިނގައްޖެ ނަމަ އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް. ގައުމީ ސަލާމަތާއި ސުލްހައަށް ބަލާ އިރު އަޅުގަނޑުމެންނަށް ފެންނަނީ އަމަން އަމާން ކަމާ އެކު އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ކެންޑިޑޭޓުންނާއި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބަސްވުމަކަށް އާދެވެން ޖެހޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް އަމަލުކުރުމުން އިންތިޚާބީ ނިޒާމު ހަރުދަނާ ވާނެ ކަން ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ދެކެނީ އިންތިޚާބީ ނިޒާމަށް ވުރެ އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތުތައް މުހިއްމު ކަމަށެވެ. ނަމަވެސް، ކެންޑިޑޭޓުންގެ ވިސްނުމަކީ އިންތިޚާބުގެ ތާރީހާ އެއްވަރަށް އެ ނިޒާމު ވެސް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

No comments: