އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ހުއްޓުވަން
ފުލުހުންނަށް ގައުމީ ސަލާމަތާއި ބެހޭ ކައުންސިލުން ލަފާދީފައި ނުވާނެ
ކަމަށް ރައީސް ޑރ.މުހައްމަދުވވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ދަ ހިންދޫ"އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވަހީދު ވިދާޅުވެފައިވަނީ، ފުލުހުންގެ ހުށަހެޅުމަށް ސެކިއުރިޓީ ކައުންސިލުން ތާއީދު ކުރި ކަމަށެވެ. ނަމަވެސް އެއީ އިންތިހާބު ހުއްޓުވުމަށް ނޫން ކަމަށާއި، ގައުމީ ސެކިއުރިޓީ ކައުންސިލުން ތާއިދުކޮށްފައިވަނީ ކަންތައްތައް ފުރިހަމަ ނުވާނަމަ ސަލާމަތީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ނުދިނުމަށް ކަމަށެވެ.
" ފުލުހުންގެ ހުށަހެޅުމަށް ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ތާއިދުކޮށްފައިވާނެ. އެކަމަކު އެއީ އިންތިހާބު ހުއްޓުވުމަކަށް ނޫން. ކައުންސިލުން ތާއީދު ކުރި ނިންމުމަކީ ކަންތައްތައް ފުރިހަމަ ނުވާހާ ހިނދަކު ސަލާމަތީ ގޮތުން އެހީތެރިކަން ފޯރުކޮށް ނުދިނުން. އެކަމަކު އިންތިހާބު ހުއްޓުވަން އަނގާފައެއް ނުވާނެ،" ސަލާމަތާއި ބެހޭ ކައުންސިލުގެ ޗެއާކަން ވެސް ކުރައްވާ ރައީސް ޑރ.ވަހީދު ވިދާޅުވިއެވެ.
ދަ ހިންދޫއަށް ރައީސް ވަހީދު އިތުރަށް ވިދާޅުވެފައިވަނީ، އިތުރަށް ކުރިއަށް ގޮސްފިނަމަ ގާނޫނާ ހިލާފު ވެވިދާނެ ކަމަށް ފުލުހުންނަށް ވަރަށް ސާފުކޮށް ގަބޫލު ކުރެވުނު ކަމަށެވެ.
ފުލުހުންވަނީ އިންތިހާބު ބާއްވަން ހުރަސް އެޅި ކަމަށް އިލެކްޝަނުން ބުނި ވާހަކަތައް ދޮގުކޮށްފައެވެ. އަދި އިންތިހާބު ނުބޭއްވުނީ ފުލުހުން ހުރަސް އަޅައިގެން ކަމަށް އިލެކްޝަނުންވަނީ ބުނެފައެވެ.
އެމައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންދަނީ ބަލަމުންނެވެ.

No comments: