ފަހުގެ ޚަބަރު


އިތުރަށް...

ސުޕްރިމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިޚާބެއްގައި ބައިވެރި ނުވާނެކަމަށް އެމްޑީޕީން ބުނެފި

ލިޔުނީ: Unknown - Sunday, October 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ސުޕްރިމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިޚާބެއްގައި ދެން ބައިވެރިއެއްނުވާނެކަމަށް އެމްޑީޕީގެ ޗެއާރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިއްޔެ ބާއްވަން އުޅުނު ރިޔާސީ އިންތިހާބު ގައިޑްލައިނާ ޚިލާފަށް ދާ ކަމަށް ބުނެ ފުލުހުން ހުއްޓުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން މަޖިލިސް ކުރާ ގެކައިރީގައި ހުންނަވައިގެން މޫސަ ވިދާޅުވީ ކޯޓް ގައިޑްލައިނާއެއްގޮތަށް އިންތިޚާބު ބާއްވާ ނަމަ އެއިންތިޚާބެއްގައި ބައިވެރިނުވާނެކަމަށެވެ.

"ގައިޑްލައިނާއެއްގޮތަށް ބާއްވާ ނަމަ ދެން އިންތިޚާބުގައި ބައިވެރިއެއްނުވާނެ. ދެން ޖެހޭނީއިންތިޚާބީ ޤާނޫނުތަކާ އެއްގޮތަށް އިންތިޚާބު ބާއްވަން. މަޖިލީހުން ވާނީ އިންތިޚާބުތައް ބާއްވަންޖެހޭ ގޮތް ކަނޑައަޅާ ޤާނޫނު ހަދާފައި. އެ ޤާނޫނުތަކުގައި ބުނާ ހަމައާއި އިންސާފުން ނޫންގޮތަކަށް އިންތިޚާބު ބާއްވައިގެންނުވާނެ. އެއީ ޤާނޫނު އަސާސީން ބާރުދީފައިވާ ގޮތް،" މޫސަ ވިދާޅުވިއެވެ.

ސުޕްރިމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށް ބާއްވާ އިންތިޚާބެއްގައި އެމްޑީޕީން ބައިވެރިނުވާނެކަމަށް މޫސަ ވިދާޅުވިއިރު، ޕީޕީއެމުން ބުނެފައިވަނީ ގައިޑްލައިނާ ޚިލާފަށް ބާއްވާ އިންތިޚާބެއްގައި ޕީޕީއެމުން ބައިވެރިނުވާނެކަމަށެވެ. އަދި ޖުމްހޫރީ ޕާޓީންވެސް ބުނެފައިވަނީ އިންތިޚާބު ބާއްވަންޖެހޭނީ ގައިޑްލައިނާއެއްގޮތަށް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް