ފުލުހުން ބުނީ މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ލ.ގަން، ތުނޑި، ވިދާތަރި، އަހްމަދު ނިޔާޒް،28، ގެ މައްޗަށް ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުގެރޭ 11:40 އެހައިކަންހާއިރު ވިދާތަރިގޭގައި ނިދާފައި އޮތް އެރަށު އަސުރުމާގެ މުހައްމަދު ހަސަންގެ ބޮލުގައި އެއްޗަކުންޖަހައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މުހައްމަދު ހަސަން އަށް ލިބިފައިވާ ޒަހަމްތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ޖެހިގެން އައި ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ އަހްމަދު ނިޔާޒު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ކަމަށެވެ.
އަހްމަދު ނިޔާޒަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
No comments: