ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ނެލްސަން މަންޑޭލާ އަވަހާރަވެއްޖެ

ލިޔުނީ: Unknown - Friday, December 6, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ސައުތު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސް އަދި އެގައުމުގެ ބާނީގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ނެލްސަން މަންޑޭލާ އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ރައީސް ޖޭކަބް ޒޫމާ އިއުލާނު ކުރައްވައިފިއެވެ.

މަންޑޭލާ އަވަހާރަވެފައިވަނީ ފުއްޕަމޭގެ އިންފެކްޝަނަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިގެން ތިން މަސްދުވަހު ފުރުވާ ދެއްވުމަށް ފަހު ގެއަށް ބަދަލުކޮށްފައިވަނިކޮށެވެ. މަންޑޭލާ ގެއަށް ބަދަލު ކުރެއްވީވެސް ހާލުކޮޅު އެއްކޮށް ރަނގަޅު ނުވެ އުޅުއްވަނިކޮށް، ކޮޓަރިކޮޅުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާނެ ސާމާނު ގާއިމް ކުރެއްވުމަށް ފަހު، ހޮސްޕިޓަލުގައި ދެވޭ ފެންވަރަށް ފަރުވާ ގޭގައި ދެވޭނެ ގޮތް ހަމަޖައްސައިގެންނެވެ.

އުމުރުފުޅުން 95 އަހަރުފުޅުގައި މަންޑޭލަ އަވަހާރަވެފައިވާކަން މީގެ ކުޑަ އިރުކޮޅެއް ކުރިން ސައުތް އެފްރިކާގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައީސް ޒޫމާ ވިދާޅުވީ، މަންޑޭލާ އަވަހާރަވީ އައިލީ މެމްބަރުން އަރިހުގައި ތިއްބަވަނިކޮށް ކަމަށެވެ. މަންޑޭލަ އަވަހާރަވުމާއި ގުޅިގެން މުޅި ގައުމުގައި ހިތާމަފާޅުކުރަން ފަށާފައިވާރު މަންޑޭލަ އަވަހާރަވިކަން އިއުލާނު ކުރެއްވުމުގެ ގޮތުން ދެއްވި ސްޓޭޓްމަންޓްގައި ރައީޒް ޒޫމާވެސް މާގިނަ ވާހަކަފުޅެއް ނުދައްކަވައެވެ. ކަޅު ހެދުން ތުރުކުރައްވައިގެން ގައުމާ މުހާތަބު ކުރެއްވި އިރު، ރައީސް ޒޫމާވެސް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ.

"މިއަދު އަޅުގަނޑުމެންނަށް މިވަނީ މިގައުމުގެ އެންމެ އަގުހުރި ދަރި ގެއްލިފައި. އަޅުގަނޑުމެންނާ ނެލްސަން މަންޑޭލާ އަލްވަދާއު ކިޔާފައި އެވަނީ އެންމެންގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކޮށްދީފައި. އަޅުގަނޑުމެން ނެލްސަން މަންޑޭލާއަށް އަލްވަދާއު ކިޔަން ޖެހޭނީވެސް އެއްބައިވަންތަ ކަމާއި އެކު، ހުރިހާ ރައްޔިތުން ގުޅިގެން،" މަންޑޭލާ އަވަހާރަވިކަން އިއުލާނު ކުރައްވަމުން ރައީސް ޒޫމާ ވިދާޅުވިއެވެ.

މަންޑޭލާ މަޝްހޫރުވެ ވަޑައިގެންނެވީ ނަލްސީ ތަފާތުކުރުންތައް ނައްތާލުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުންންވެ. އެގޮތުން ނޯބަލް ޕީސް ޕްރައިޒް ހޯއްދަވާފައިވާ މަންޑޭލާ ވަނީ ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ކެމްޕޭން ކުރައްވަން ފެއްޓެވުމާއި އެކު 27 އަހަރަށް ޖަލަށްވެސް ލާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މަންޑޭލާގެ ފުއްޕާމޭގެ އިންފެކްޝަންގެ އަސްލަކީ، ޖަލުގައި ހޭދަ ކުރެއްވި އަހަރުތަކުގައި ލިބިލެއްވި އަނިޔާތަކެވެ.

މުޅި އެފްރިކާގައި ހިތާމަފާޅުކުރަން ފަށާފައިވާއިރު، ސައުތް އެފްރިކާގެ މަގުތަކައް ރައްޔިތުން ނިކުމެ ހިތާމަފާޅުކޮށް މަންޑޭލާގެ ހަނދާންތައް އާކުރަން ވަނީ ފަށާފައެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ދަނީ މަންޑޭލަ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅުކުރައްވާ، މަންޑޭލާގެ އާއިލާ އާއި ސައުތު އެފްރިކާގެ ރައްޔިތުންނަށް ތައުޒިޔަ ވިދަޅުވާން ފަށާފައެވެ.

މަންޑޭލަ އަވަހާރަވީކަން އިއުލާނު ކުރެއްވުމާއި އެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ މަންޑޭލާ އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމާގައި ކަމަށް ވިދާޅުވެފައެވެ. އަދި މިއަދަކީ ދުނިޔެއަށް އަގުހުރި ދަރިއެއް ގެއްލިގެން ދިޔަ ދުވަހެއް ކަމަށް ވިދަޅުވެ ރައީސް އޮބަމާ ވަނީ މަންޑޭލާގެ ޒިކުރާ އާކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހިތާމަފާޅުކުރުމުގެ ގޮތުން މަންޑޭލާގެ ގޮކޮޅު ކައިރިއަށް އެތައް ހާސް ބަޔަކު މިހާރު ވަނީ އެއްވެފައެވެ. އަދި އެގައުމުގެ ސަރުކާރުގެ އިސް ހުރިހާ ބޭފުޅުންވެސް މިހާރު ތިއްބެވީ މަންޑޭލަގެ ގެކޮޅުގައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް