ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

އިންޑިއާ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށްފި

ލިޔުނީ: ޢަލީ ޔާސިރު - Thursday, December 5, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ހަބްލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ފައިލް ފޮޓޯ އެއް
އިންޑިއާގެ ތާރީޚީ ބިނާ، ތާޖްމަހަލް ބަލައިލުމަށް ފަހު ވޭނެއްގައި އެނބުރި ބެންގަލޫރަށް ދަތުރުކުރި މަގުމަތީގައި އެ އެކްސިޑެންޓް ވީ ތެޔޮ ޓޭންކަރެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި ދިވެހި އާއިލާއާ އެކު ދަތުރުކުރި އިންޑިއާގެ ގައިޑް ވަނީ މަރުވެފަ އެވެ. އެކަމަކު ވޭން ޑްރައިވަރު ސަލާމަތްވި އެވެ.

ދިވެހި ދެމަފިރިންނާއި ދެ ކުދިންގެ އިތުރުން 20 އަހަރުގެ ފިރިހެން ކުއްޖަކު ދަތުރުކުރި ވޭން އެކްސިޑެންޓްވުމާ އެކު، އެ އެންމެން ވެހިކަލުން ބޭރަށް ވިއްސައިގެން ދިޔަ އެވެ.

ހަބްލީ އޮންނަނީ ދިވެހިން އުޅެމުން އަންނަ ބެންގަލޫރާ ގާތްގަނޑަކަށް 415 ކިލޯމީޓަރު ދުރުގަ އެވެ. ކާރުގައި ދަތުރުކުރާ ނަމަ އެހިސާބުން ބެންގަލޫރަށް ދާން ގާތްގަނޑަކަށް ފަސް ގަޑިއިރު ނަގާނެ ކަމަށް ބެލެވެ އެވެ.

އެ އާއިލާ ކައިރިއަށް އަދި އެއްވެސް ދިވެއްސަކު އަދި ނުދެ އެވެ. އަދި ދިވެހިންނަކީ ކޮން ބައެއް ކަމާއި ރާއްޖެ އަކީ ކޮން ގައުމެއްކަން ވެސް ހޮސްޕިޓަލްގެ މީހުންނަށް ނޭނގެ އެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންޑިއާގެ ނިއު ދިއްލީގައި ހުރި ރާއްޖޭގެ ހައި ކޮމިޝަން ނުވަތަ ޓްރިވެންޑްރަމްގައި ހުރި ކޮންސިއުލާ އިން ވީހާވެސް އަވަހަކަށް މީހަކު އެ ހިސާބަށް ފޮނުވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

"އަދި ނޭނގޭ ކޮން ދިމާލަކުން ކަމެއް ދާނީ. އެ މަސައްކަތް އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

ވިވެކް ނަންދާ ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އާއިލާ އަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ އާސަންދައިގެ ދަށުން ކަމަށް ސަރުކާރުން ބުނެ އެވެ.

އެންމެ ބޮޑު އަނިޔާއެއް ލިބުނު ހަތަރު އަހަރުގެ އަންހެން ކުއްޖާގެ ބޮލާއި މޫނުގެ ބައެއް ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮހެވެ. އެ ކުއްޖާގެ އޮޕަރޭޝަން ކުރީ ރޭގަ އެވެ. އެކަމަކު އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމުން އަދިވެސް އޮތީ އައިސީޔޫގަ އެވެ.

"އޮޕަރޭޝަނަށް ބޯ ބޭލިއިރު ބޮލަށް ހުރި ފުޅިތޮށިތައް ވަދެފައި،" ކުއްޖާގެ މަންމަ އައިމިނަތު ޝިރުމީނާ ބުންޏެވެ.

އެކްސިޑެންޓްގައި އޭނާގެ 20 އަހަރުގެ ފިރިހެން ކޮއްކޮގެ އެއް ކަންފަތް ވަނީ ނެއްޓިފަ އެވެ. ޝިރުމީނާގެ ގާތްގަނޑަކަށް ތިން އަހަރުގެ ފިރިހެން ދަރިފުޅުގެ ބޯ ފެޅުން ނޫން އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

"ހުރިހާ އެންމެން ވެސް އެކަހަލަ ގޮތެއް. ވަކި ގޯހެއް ވެސް ނުވޭ. ރަނގަޅެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.

"އަޅުގަނޑު މި ހުންނަނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނެ ކަމަށް ދުއާކޮށްކޮށް."

އޭނާގެ ކޮއްކޮގެ ކަންފަތުގެ އޮޕަރޭޝަން ކުރަން އޮތީ މާދަމާ އެވެ. މިއަދު އެ އޮޕަރޭޝަން ނުކުރެވުނީ އެކަމަށް ޚާއްސަ ޑޮކްޓަރު މިއަދު ހޮސްޕިޓަލްގައި ނެތުމުން ކަމަށް އޭނާ ބުންޏެވެ.

ފިރިހެން ދަރިފުޅުގެ ލޮލުގެ ފަރުވާއަކަށް ޓްރިވެންޑްރަމަށް ދިޔަ އާއިލާ އިން ތާޖް މަހަލް ބަލައިލަން ދަތުކުރީ ޓްރިވެންޑްރަމުން ބެންގަލޫރަށް މަތިން ދަތުރުކޮށް، ބެންގަލޫރުން ވޭނެއް ނަގައިގެންނެވެ.

އެމީހުން ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ އަންނަ ހުކުރުދުވަހަށެވެ.

ޝިރުމީނާ ބުނި ގޮތުގައި އެމީހުންގެ އަތުގައި ހުރި ފައިސާ އާއި ބައެއް ލިއުންތައް ވަނީ ގެއްލިފަ އެވެ. އާއިލާ އަށް އެހީތެރިވެދިނުމަށް އޭނާ ވަނީ ދިވެހިންގެ ކިބައިން އެދިފަ އެވެ.
މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހަބްލީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ދިވެހިންގެ ތެރެއިން އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށްފި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް