ފަހުގެ ޚަބަރު


އިތުރަށް...

ތާރީޚް: : Tuesday, November 26, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ޔާމިންގެ ސަރުކާރުން އަހަރުންގެޔަށް ފޮނުވި ޑޮކްޓަރު ކަޑަ!

ލިޔުނީ: Unknown
2008 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންނާއި ހަމައަށް ގެނެސްދޭންބުނި އަދި އެ ސަރުކާރުގެ 3 އަހަރުގެ ކުރު މުއްދަތުގައި ގެނެސްދިން ގިނަ ކަންކަމަށް 'އޭރު' އެމްޑިޕީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ލައްކަ ގިނަ ހަޖޫ ޖަހައި މަލާމާތްކޮށް ހެދިއެވެ.

ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގުޅާލައި ކޮފީ ބޮއެލަން ރަށްރަށަށް ދާވާހަކަ ދެއްކުމުން ލައްކަ ވައްތަރު ވައްތަރުގެ ޖޯކްޖަހައި މަލާމާތްކޮށް ހީނހެދި އެވެ. ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ވި ވަޢުދު ތަކަކީ ފުއްދޭނެފަދަ ވަޢުދުތަކެވެ. އެމްޑީޕީން ބިންނަން މަސައްކަތްކުރީ ފެންހުރި ބޮޑެތި ކާށްޓެވެ. އެކަމަކު ޔާމިން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށް ގިނައިން ބިންނެވީ ފެންނެތް ބޮޑެތި ކާށިކަން މިވީ ދުވަސްކޮޅުން ފެންނާންފަށާފައިވާ ކުލަތަކުންވެސް މޭރުންވާން ފަށައިއްޕެވެ. ނުފުއްދޭހާ ގިނަ ވަޢުދުތަކެއް ވެވިފައި އެބަހުއްޓެވެ.

ކޮންމެ ޢާއިލާއަކަށް ޑޮކްޓަރެއް ނުވަތަ ބެޔަސް، ނުބެޔަސް ދިހަ ހާސް ރުފިޔާ ގެ ވަޢުދުތަކަކީ 'ހޮޅި' ވަޢުދުތަކެއްކަން މިހާރު ފެންނާން ފަށައިފިއެވެ. މިހާރު އިވެމުން އަންނަ އަޑަކީ މަސްވެރިން ރުއްސައި އެމީހުންގެ ވޯޓާއި މަސްވެރިންގެ ޢާއިލާ މެންބަރުންގެ ވޯޓް ހޯދުމަށް ވެފައިވާ ވަޢުދާއި މިހާރުވެސް ޚިލާފުވެއްޖެކަމަށް ޚުދު މަސްވެރިންވެސް ނިންމައިފި އެވެ. ބެޔަސް ނުބެޔަސް ދިހަހާސް ދޭން ވަޢުދުވިއިރު އެކަން ކުރާނެގޮތެއް އޭރު ސާފުކޮށްނުދީ އޮތުމުން ގިނަބަޔަކު ހީކުރީ މިއީ ވަރަށް ފައްކާ ވަޢުދެއްކަމަށެވެ. ނަމަވެސް މިހާރު ކިޔަން ފަށާފައިވާ ލަވައިގައި ކިޔަނީ މަސްވެރިންގެ އަތުން ފައިސާ ނަގައިގެން މަސްވެރިންނަށް ފައިސާ ދޭ ގޮތެއްގެ ވާހަކަ އެވެ. މިފަދަ ގޮތަކަށް ޔާމިންގެ ސަރުކާރުގެ ވާހަކަތައް މަސްވެރިންނަށް ނިސްބަތްކޮށް ދައްކަވާއިރު، ވެނުމަސް ވެނަށް ކާންދިނުމަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ މަސްވެރިންކަން މިހާރު މިއޮތް ސަރުކާރުން ހަނދާން ނައްތައިލީ ނޫންބާވައެވެ.

ދެން އޮތީ ޑޮކްޓަރުންގެ ވާހަކައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ޑޮކްޓަރެއް ނުބެހެއްޓިގެން އުޅޭއިރު، ކޮންމެ މީހަކަށް ނުވަތަ ކޮންމެ ޢާއިލާއަކަށްވިޔަސް ޑޮކްޓަރެއް ހަމަޖައްސާނެ ގޮތެއް އަހަންނަކަށް ހަމަ ވިސްނާ ވިސްނާވެސް ނޭނގުނެވެ. ފަހަރުގައި އެމްޑީޕީގެ ވިސްނުންހުރި މީހެއްކަމުން އެވަރުގެ ތެތްކަމެއް މި ސިކުނޑީގައި ނެތީ ތޯއްޗެކެވެ. ކޮންމެއަކަސް ޤަބޫލުކުރެވޭ ގޮތުން، ކޮންމެ ޢާއިލާއަކަށް ޑޮކްޓަރެއް ހަމަޖައްސާނެކަމަށް ވީ ވަޢުދުވެސް 30 އަހަރުގެ ވެރިކަމުގައި 'ކެއްކި ގޭސްގަނޑު' ފަދައިން ކޮންމެވެސް ގޮތަކަށް އަނބުރާލައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރުމީ ހަމަ ވުން ގާތް ކަމެކެވެ.

ޕީޕީއެމް އިން ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދު ތަކަކަކީ 'ހިސާބު ކުރެވި ބަޖެޓް ކުރެވިފައިވާ' ވަޢުދުތަކެއް ނޫންކަން އެމީހުންގެ މެނިފެސްޓޯ ރަނގަޅަށް ކިޔައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. 'ޓެލެވިޛަން މޯލްޑިވްސް' އިން ތަންކޮޅެއް ކުރިން ދެއްކި މަޝްހޫރު ސީރީސް އެއް ކަމަށްވާ 'ސަޅި ބައިސާ'ގެ އެޕިސޯޑްތަކެއްގެ ސިފައިގައި މެނިފެސްޓޯއެއް ހުށައެޅިއަކަސް މިޒަމާނުގެ ދިވެހީން އެޔެއް ޤަބޫލެއް ނުކުރާނެކަން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ސާފުވެއެވެ. ޕީޕީއެމް އަށް ވެރިކަން ލިބުނު ލިބުމަކީ އެމީހުންގެ މެނިފެސްޓޯ ރައްޔިތުން ބަލައިގަތްކަމަށް ޤަބޫލުކުރެވޭނެ ގޮތެއް އަހަންނަކަށް ނުފެނެއެވެ. މިހެން މިބުނަނީ ހިސާބުތަކަށް ބަލައިފައެވެ. އެހެންކަމުން އަދި މިވަގުތަށް ބުނެވެން އޮތީ 'ޔާމިންގެ ސަރުކާރުން އަހަރުންގެޔަށް ފޮނުވި ޑޮކްޓަރު ކަޑަ!' ކަމަށެވެ.
ތާރީޚް: : Friday, November 22, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ހޮވިފައި އެތިބަ ކައުންސިލަރުން ހޮވުނު މޮޔަދޯ....

ލިޔުނީ: Unknown
2011 ވަނަ އަހަރު ދަނބިދޫ ކައުންސިލް މެންބަރުން ހުވައި ކުރައްވަނީ  -ފޮޓޯ: ސަން.އެމްވީ
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ކައުންސިލްގެ ދައުރު ހަމަވެ، ދެވަނަ ދައުރަކަށް ކައުންސިލަރުން އިންތިޚާބުކުރުން އަންނަ ޖެނުއަރީ މަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވަނީ އިޢުލާނުކޮށްފައެވެ. އަދި މިހާރު ޕާޓީތަކުގެ ޓިކެޓްގައި ކައުންސިލްތަކަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވަމުންދާތަން ފެންނާން ފަށައިފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނު އަސާސީގައި ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. ބޭނުމަކީ ރާއްޖޭގައި ހަރުދަނާ ޑިމޮކުރަސީއެއް ގާއިމްކުރުމެވެ. ހަމައެކަނި މާލެއަށް ހުރިހާ ބާރެއް އެއްވެފައިވާ އެއްވުން ނައްތައިލައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމެނޭގޮތަށް އެސަރަހައްދެއް ނުވަތަ އެރަށެއް ތަރައްގީކޮށް ހިންގުމުގެ ބޭނުމުގަ އެވެ.

ކަތީބުންނާއި އަތޮޅުވެރިންގެ ޚުދުމުހުތާރު ވެރިކަން ކުރުމުގެ ނިޒާމަށް ހުއްޓާ ތިކި ޖެހިގެންދިޔަ ލާމަރުކަޒީ ނިޒާމު ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި ހިތި ޒަހަރަކަށް ވެގެންގޮސްފައިވާކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. ބައެއް ހިސާބުތަކުގައި ހޮވުނު ކައުންސިލަރުން ހޮވުނު މޮޔަ ނުވަތަ އިންތިޚާބުކުރެވުނު މޮޔަ، ރައްޔިތުން ހިތަށް އަރައަރައި ތިބޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ކައުންސިލްތައް ފެއިލްވެފައިވަނީ ސިޔާސީ ރޯގާ ޖެހިގެން ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ މިއާއިއެކު ކައުންސިލްތަކަށް އިންތިޚާބުކުރެވުނު ބައެއް ކައުންސިލަރުންނަކީ އެކަމަށް ކުފޫ ހަމަނުވިޔަސް 'އަހަރެންގެ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް ހޮވާނީ ޕާޓީ މީހާ ކަމަށް ބުނެ' ހޮވި ހޮވުން ގޯސްވިކަމީވެސް ޙަޤީޤަތެކެވެ.

ނިމެމުން މިދާ ކައުންސިލްގެ ދައުރު ހަމަވެ އައު ކައުންސިލެއް އެކުލަވާލުމަށް 'ބާރުވެރި ރައްޔިތުންނަށް' ފުރުޞަތު ލިބޭ މި އަގުބޮޑު ދަނޑިވަޅުގައި މިފަހަރު ހޮވާ ކައުންސިލަކީ ރަށާއި އަތޮޅުގެ ތަރައްޤީއަށް އެންމެ އެކަށޭނަ ކައުންސިލަށް ހެދުމަށް ރައްޔިތުން ވިސްނާން ޖެހެއެވެ. އެހެންނޫނީ އަނެއްކާވެސް "ހޮވިފައި އެތިބަ ކައުންސިލަރުން ހޮވުނު މޮޔަދޯ" އޭ ކިޔައި އަފުސޯސް ހީވެ ލަވަ ހަދައި ލަވަކިޔާން ޖެހޭތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ތާރީޚް: : Thursday, November 21, 2013 [0] ކޮމެންޓްތައް ފާހަގަ:

ރުޅިވެރިކަމުން ތާއީދު ނުހޯދާތި! - ކެނެރީގޭ މުޙައްމަދު ނަޝީދު

ލިޔުނީ: Unknown
ތިރީގައި މި ނަކަލުކޮށްލަނީ، މީގެ 23 އަހަރާއި 3 މަސް ކުރިން، 3 އޯގަސްޓް 1990 ދުވަހުގެ ހުކުރުގައި ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ލިއުއްވާފައިވާ ލިއުއްވުމެކެވެ. މިވަގުތާއި ދުވަސްވަރާ ވަރަށްވެސް ގުޅޭ ލިއުމެކެވެ. މިއަދު މުޙައްމަދު ނަޝީދަކީ މިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވުމަށްފަހު، ދެވަނަ ދައުރަކަށް ކުރިމަތިލައްވަވައި ނާކާމިޔާބު ވެވަޑައިގަތުން އެބަލިވުން ޤަބޫލުކުރައްވާފައިވާ އިޚްލާޞްތެރި ވެރިއެކެވެ. 

މިލިއުން ކިޔާލުމުން އަޅުގަޑުގެ ހިތަށް އެންމެ ފުރަތަމަވެސް ވެރިވީ، ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު އެމަނިކުފާނު އެންމެ ފުރަތަމަ މީޑިއާއާ މުޚާތަބު ކުރައްވައި ވިދާޅުވި ވާހަކަފުޅެވެ. ކާމިޔާބުގެ ވަގުތުގައި ހިތްތިރި ކުރުމަށާއި ބަލިވާވަގުތު ހިތްވަރު ގަދަކުރުމަށެވެ. އަދި އަޅުގަޑަށް ގަބޫލުކުރެވުނީ، ރައީސް ނަޝީދަކީ ހަމަތަކަކާއި އުސޫލުތަކެއް ގަބޫލު ކުރައްވާ ބޭފުޅެއްކަމެވެ. ހަސަދަވެރިކަމާއި ޒާތީ ތަޢައްސަބުން އެކަހެރިވެ، ހަމައާއި އިންސާފަށް ލޯބިކުރައްވާ ބޭފުޅެއްކަމެވެ. ރާއްޖޭގައިއޮތް ގޮށްމުށުގެ ބާރާއި ޚިޔާނާތުގެ ޗޭނު ފުނޑުކޮށް އަނެއް ދިވެހި ރާއްޖެއަކަށް ގައުމު ގެންދިއުމުގެ ތަސްވުރެއް އޭނާގެ ހިތްޕުޅުގައި އޭރުވެސް އަދި މިހާރުވެސް ވާކަމެވެ.
*******
ކުލަބޮކިތައްވެސް ނަގާނެއެވެ. ގިޑިގެތައްވެސް ރޫޅާނެއެވެ. އަދި ކީއްތޯއެވެ؟ މަގުހުރަހަށް ދަމާފައިވާ ފޮތިގަޑުތައްވެސް ތިރިވާނެއެވެ. އެހެންނަމަވެސް އިބްރާހީމް ނާސިރަށް އޭނާގެ ޣައިރު ހާޒިރުގައި ދެވަނަ ނިޔާއެއް ކަޑައަޅާނެހެން ހީއެއްނުވެއެވެ. ނިމިމިދިޔަ މިނިވަން ފަންސަވީހުގެ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެންޖެހޭނީ އިބްރާހީމް ނާސިރަށް ރައީސް މައުމޫނު ދެއްވި މަޢާފެވެ. ނާސިރު މާލެ އައުމަށް ދެއްވި ހުއްދައެވެ. އަޑުކުރަކިވެގެން ނަމަވެސް ފަންސަވީސް ވަނަދުވަހު މައުމޫނު އެބުނި ބުނުމެވެ.

ރައީސް މައުމޫނުގެ ވެރިކަންހިގާތާ ބާރައަހަރުފަހުން ނާސިރަށް މިދެވުނު މަޢާފާމެދު އަޅުގަޑުމެން ވިސްނާ ފިކުރުކުރަންވީ އައްޔަކާމެދު އެއީ އުފެދޭ ސުވާލެކެވެ. ނާސިރަކީ އޭނާގެ ވެރިކަމުގެ 21 އަހަރުގައި ގައުމެއްގެ އެންމެ އިސްވެރިއަކަށް ހުރެ ކޮށްގެންނުވާނޭ އެތައްކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އަޅަންޖެހިފައިވާ މީހެކެވެ. އެހެންް ނަމަވެސް ނާސިރަކީ، އޭނާގެ ވެރިކަމުގައި ދިވެހި ގައުމަށް އެތަކެއް ފައިދާތަކެއް ފޯރުވާފައިވާ މީހެކެވެ. ވުމާއެކު އޭނާގެ ވެރިކަން ދޫކޮށްލާފައި ދިޔުމުން އަޅުގަޑުމެންނަށް އެންމެ ފައިދާބޮޑީ އޭނާގެ އަބުރާބެހި ފޮޓޯއަންދާ އަދި ލަވަކިޔަމުން ދުވުންބާވައެވެ؟ ހަމަގައިމުވެސް އެހެނެއް ނުވާނެއެވެ. ވީއިރު މިފަދައިން ކަންކުރަމުން އަހަރެމެންގެ ތެރެއިން ގިނަބަޔަކުދުވީ ކީއްވެގެން ބާވައެވެ؟

ވެރިކަމަށް އަލަށް އަންނަ ސަރުކާރަކަށް ރައްޔިތުންގެ ރުހުން ލިބެންޖެހޭނެއެވެ. މިރުހުން ހޯދުމަށްޓަކައި ކަންކުރެވޭނެ ތަފާތުމަގުތަކެއްވާކަން މިހާރު ޔަގީނެވެ. މިވޭތުވެދިޔަ ބާރައަހަރު ފަހުން އެކަންކަން އެގިއްޖެއެވެ. ރާއްޖެފަދަ ގައުމެއްގައި އިސްލާމް ދީނުގެނަމުގައި ކުރާ ގިނަކަންތައްތަކަށް ޢާއްމުންގެ ތަރުޙީބު ލިބޭނެއެވެ. ރައީސް މައުމޫނު ފަހުން އެއްބަސްވެ ވަޑައިގަތް ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފުވާފަދައިން ހަތިޔާރު އަޅައިގެންހުރެ ނަމަވެސް ރައީސްކަމުގެ ހުވާކޮށް ނިމުމަށްފަހު، ”މިމަގާމުގައި ހުއްޓައި ދިމާވެދާނެ އެއްވެސް ކަމަކަށް” ޖެހިލުން ނުވާކަމަށް ވިދާޅުވިއެވެ. އެހެނީ އެރޭވެސް ފިސްތޯލައިގެ ބާރާއެކު ވާގިއެދުނީ މާތް ރަސްކަލާނގެ ކިބައިންނެވެ. އަހަރެންގެ މަންމ އާއި ބޮޑުދައިތަ ރޭޑިއޯ ކައިރީގައިތިބެ ހިނިތުންވެ އަތްޖަހަން ފެށިއެވެ. ރައީސް މައުމޫނަށް ފުރަތަމަ ތާއީދު ލިބުނީއެވެ. ބިސްމީގެ އިސްމުފުޅުން ޓީ.ވީ ޕްރޮގްރާމްތައް ފެށުމުން އަހަރެންގެ މާމަގެ ތާއީދު މައުމޫނު ސަރުކާރަށް ލިބުނެވެ. ނާޞިރަކީ ”ނަގޫބަޅެއް” ކަން ދެއްކުމަށް ބާރުއެޅުމުން، އެ ގެރިޒުވާބުގެ އަޑުގަދަކޮޅަށް އިތުރު ތާއީދު ލިބުނެވެ. އެދުވަސްވަރު މާލެ ހަލަބޮލިކޮށްލި ރުޅީގެ މުޒާހިރާތަކުން ޢާއްމު ރައްޔިތުންގެ ހިތުގައި ނާސިރުގެ މައްޗަށް އެޖެއްސި ފިތުނަވެރިކަމެއްގެ ސަބަބުންނާއި، އަދި އޭގެފަހުން މުޅި ހިކިފިނިފެނަމާގޭ ޢާއިލާއާއި އަދިވެސް އޭރު މާލޭގެ ”ހަރުކުލައިގެ” މީހުންގެތެރެއިން އެތައްބައެއް ގަންހިންގުމުން ރައީސް މައުމޫނަށް ކިޔަންފެށި ތަޢާރަފުގެ ލަވަތައް ގިނަވިއެވެ. ޢާއްމު ރައްޔިތުން ވިސްނަންފެށި ގޮތުގައި އަދި އެބައި މީހުންނަށް ”ވިސްނަން މަޖްބޫރު” ކޮށްފައިވާ ޒާތުން، އެބައިމީހުން ދެކެންފެށީ ނުބައި ނަގާފައި ދެންއޮންނާނީ ރަގަޅުކަމަށެވެ. އަނދަމުންދާ ކޮންމެ ނާސިރުގެ ފޮޓޯއަކަށް، މައުމޫނުގެ ފޮޓޯގައި މާފަތިތައް ގިނަވިއެވެ. މިސަރުކާރަށް ލިބެމުންއައި ތާއީދު ބޮޑުވިއެވެ. އަދި ހަމަމިއާއެކު ދިވެހިންނަކީ ވަކިޒާތެއްގައި ހަޔާތްކުޑަ ބަޔަކަށްވުމަށް ޖާގަވެސް ދެވުނެވެ.

ދުނިޔެ ދައުރުވަމުންދަނީ ކަމުގައި ވަނީނަމަ، މައުމޫނުގެ ވެރިކަންވެސް ނިމޭނެއެވެ. އަޅުގަޑުމެންނަށް މުޅިންއައު ވެރިއެއްވެސް ލިބޭނެއެވެ. މިދައުރުގެ ޖަލުގެ އަނިޔާތަކުގެ ވާހަކަތަކާ ފައިސާއަށް ޚިޔާނަތްތެރި ވެފައިވާ މިންވަރުވެސް ހަގީގަތާއި ދުރަށް ނަމަވެސް ނުކުންނާނެއެވެ. އެހެނަސް ދައުރު ބަދަލުވުމުން މައުމޫނުގެ ފޮޓޯ އަންދަމުން، އާދަމް ޒާހިރު ގަންހިންގަމުން ދުވެގެންނުވާނެއެވެ. އަޅުގަޑުމެންގެ ވެރިންގެ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްފައި ވަނީނަމަ، އެއީ މުޅިޖުމްލަ ދިވެހި ރައްޔިތުންގެ ކުށެކެވެ. ނާސިރު ސަރުކާރު ބަދަލުވުމުންވެސް ދެވަނަފަހަރަށް އެސަރުކާރުގެ އެނޭދެވޭ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ނިޒާމަށް ގެންނަންވީ ބަދަލުތަކާމެދު އަޅުގަޑުމެންނަށް ވިސްނުނުނަމަ، މޮޅުއިތުރު ވެގެންވީސްކަން ކަށަވަރެވެ.

އިންސާނާ ދުނިޔެއަށް އައިސްފައި މިވަނީ، ގޯހަކުން ފެށިގެންނެވެ. އާދަމްގެ ފާނު، މާތް ރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރި ވެގެންނެވެ. ވުމާއިއެކު އިންސާނުންގެ ކިބައިގައި އުނިކަމެއް އެކުލެވިފައިވުން އެކަށީގެންވެއެވެ. ވިސްނާންވީ ނުހަމައިގައި ހިގާ ކަންތައްތަކާމެދުގައެވެ. އެއީ އެފަދަ ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައެވެ. އަޅުގަޑުމެންގެ ބައެއް ވެރިންގެ ބަހަށްހެއްލި، ދެފުށަށް ކެނޑެމުން ފޮޓޯ އަންދަމުން ލަވަކިޔާ ލަނގިރި ޖަހަމުން ނުދުވާށެވެ.
ލިޔުނީ: Unknown
ތަޢާރަފާއި މައްސަލަ:
މީގެ ދެތިން އަހަރެއްކުރިން އަހަރެން ގެންގުޅޭ ޔޫއެސްބީ އެކްޓަރނަލް ހާޑް ޑްރައިވް އެއް ސްކޫލެއްގައި ހުރި ކޮމްޕިއުޓަރ ސިސްޓަމަކަށް ޖެހިތަނުން، އޭގައިހުރި ހުރިހައި ފޯލްޑަރ ތަކެއް ޝޯޓްކަޓް އައިކަންސް ތަކަކަށް ބަދަލުވެ، އޭގައިހުރި އެއްވެސް ފައިލްއެއް ބޭނުންނުކުރެވޭގޮތް ވިއެވެ. ލިބުނު ހިތާމައެއްގެވާހަކަ ބުނަންވެސް ދަތިވިއެވެ. ޔޫއެސްބީ ހާޑްގައި ހުރި ހުރިހައި ސޮފްޓްވެއަރ ތަކާއި ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ވީޑިއޯ، ވާރކްޝީޓް، ޕީޑީއެފް ފޮތްތަކާއި މިހެންގޮސް އޭގައި ހުރި ހުރިހައި އެއްޗެއް ބީވެގެން ދިޔަކަމުގެ އިޙްސާސް ކުރެވި މޮޅި ސާލެއް ލާން ޖެހުނެވެ.

ހައްލެއް ފެނޭތޯ މަސައްކަތްކުރުން:
މިޒާޖުގައި ހުންނަ ގޮތެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އެންމެ ތަންކޮޅެއްވެސް، އެންމެ ފުކެއްވެސް ދޫނުކޮށް މިޖެހުނު މުސީބާތެއްފަދަ ކަންތަކުން ސަލާމަތްވުމަށް ނިންމީމެވެ. އެންޓިވައިރަސް އޭ މިކިޔާ ފަންޑިތައަކުން މިޖެހުނު ބަލިމަޑުކަމަށް ޝިފާއެއް ނެތްކަން އެނގުނީ އެ ސްކޫލްގައި އުޅޭ އެތަކެއް މުދައްރިސުންނެއް ގެންގުޅުއްވާ ޔޫއެސްބީ ފްލޭޝް ޑްރައިވްތަކަށް އެ ސްކޫލްގައި ހުރި ކޮމްޕިއުޓަރުތަކުން މި ބަލިމަޑުކަން ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. އަދި އެ ބޭފުޅުން ވިދާޅުވިގޮތުން އެކަން އެއީ ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އެއިޑްސްބަލި ފަދައިން އަދި މިހައިތަނަށް ޝިފާއެއް ހޯދިފައިނުވާ ބަލިމަޑުކަމެއްކަމަށް އެބޭފުޅުން ނިންމެވީތާއެވެ. އަޅުގަނޑު އެގޮތަށް ނިންމާކަށް ހިތަކަށް ނާރުވަމެވެ.

ގޫގްލް ސަރޗް ކުރުމަކީ ވަރަށްގިނަ ކަންކަމަށް ހައްލު ހޯދުމަށް އަހަރެން ބޭނުންކުރާ ވަޞީލަތެކެވެ. އެހެންކަމުން ރޭގަނޑު 9 ޖެހިއިރު މަސައްކަތްފެށީމެވެ. މަގޭ ލޯބިވާ ހާޑް ޑިސްކަށް ޖެހިފައިވާ ބައްޔަށް ޝިފާއެއް ހޯދުމަށެވެ. 11 ޖަހައި ބޮޑުވިފަހުން ހައްލު ހޯދިއްޖެއެވެ.

ހިއްސާކުރުން:
http://en.kioskea.net ނަމަކަށްކިޔާ މި ސައިޓްގައިވާ އާޓިކަލް ކިޔައިލުމަށްފަހު މަސައްކަތްފެށީ ހާޑް ޑިސްކް ރަނގަޅުކުރުމަށެވެ. އެންމެފަހުން ކާމިޔާބު ވެއްޖެއެވެ. ހިތާހިތާ ﷲ އަށް ޙަމްދުކުރީމެވެ. އެއަށްފަހު އަވަސްވެގަތީ މި ލިބުނު ޝިފާ ދިވެހިބަހުން ލިޔެލުމަށެވެ. 

ލިބުނު ޝިފާ ގިނަބަޔަކާއި ހިއްސާކުރުމަށް، އޭރު އަހަރެމެން ހިންގަމުންގެންދިޔަ www.laamuatoll.com ގައި ޝާއިޢު ކޮށްލީމެވެ. އޭގެ އަނެއްދުވަހު ސްކޫލަށްގޮސް އެތާނގެ މުވައްޒަފުންނަށް މި ލިބުނު މޮޅު ފަންޑިތަ ކިޔައިދިނީމެވެ. ގަނޑުކޮޅެއްގައި ފަންޑިތައިގައިވާ ދެތިންފޮޅުވަތް ލިޔެވެސްދިނީމެވެ.

ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް:
އަނެއްކާވެސް މިދުވަސްވަރު ވަރަށްގިނަ ކޮމްޕިއުޓަރު ސިސްޓަމުތަކުން ކުރިން މިދެންނެވި ބަލިމަޑުކަންފެނި ޢާއްމުވާން ފަށައިފިއެވެ. މަދުމަދުން ދަންނަމީހުންނާއި ނުދަންނަ މީހުންވެސް އަޅުގަނޑަށް ގުޅައި، އެއްކަލަ ވެބްސައިޓްގެ މަޢުލޫމާތު އޮޅުންފިލުވާންފަށާއިފިއެވެ. އެހެންކަމުން މި ފުރުޞަތު އަނެއްކާވެސް މި ބޭނުންކޮށްލަނީ ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް ހިއްސާކޮށްލުމަށެވެ.

ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވިޔަސް ނަމަނަމަ ފްލޭޝް ޑްރައިވް ފޯމެޓް ނުކުރާށެވެ. ފޯމެޓް ނުކޮށް އަވަހަށް ޗެކްކޮށްލައްވަންވީ ފައިލްތައް ހުރީ 'ހިޑަން މޯޑް' (ފޮރުވިފައި) ތޯ ނުވަތަ ނޫންތޯއެވެ. އެއަށްފަހު އަންނަނިވި ފިޔަވަޅުތައް ފުރިހަމަކުރާށެވެ.

ފިޔަވަޅު: 1

ތިރީގައިވާ ލިންކަށް ފިއްތާލައިގެން 'އޮޓޯރަން އެކްސްޓަރމިނޭޓަރ' ތިބާގެ ކޮމްޕިއުޓަރ ސިސްޓަމަށް ޑައުންލޯޑްކޮށްލާށެވެ.

އެއަށްފަހު، އެ ފައިލް އެކްސްޓްރެކްޓްކޮށް -->  އޮޓޯރަން އެކްސްޓަރމިނޭޓަރއަށް ޑަބަލް ކްލިކްކޮށް --> މިވަގުތު ޔޫއެސްބީ ފްލޭޝް ޑްރައިވް ކޮމްޕިއުޓަރަށް ޖަހާށެވެ.

މިކަމުގެ ސަބަބުން ފްލޭޝް ޑްރައިވްގައިހުރި އޮޓޯރަން.އިންފޯ autorun.inf ފައިލްތައް ނައްތާލާނެއެވެ.

ފިޔަވަޅު: 2

ކޮމްޕިއުޓަރ ސިސްޓަމްގެ ސްޓަރޓް އަށް ފިއްތާލަށެވެ. އެއަށްފަހު ސްޓާޓް މެނޫގައި 'ރަން' Run ޖެހުމަށްފަހު ސްޓަރޓްމެނޫގެ މަތީގައި އިންނަ 'ރަން' އަށް ފިއްތާލާށެވެ. 'ރަން' ވިންޑޯ ހުޅުވުމުން އޭގައި ސީއެމްޑީ CMD ޖަހާށެވެ. އެއަށްފަހު އޯކޭ ބަޓަންއަށް ފިއްތާލާށެވެ. 
Click on "Start" -->Run --> type cmd and click on OK.
ސީއެމްޑީ ނުވަތަ ކޮމާންޑް ވިންޑޯ ހުޅުވުމުން ތިރީގައިވާ ލިޔުންކޮޅު ކޮޕީކޮށް ކޮމާންޑް ވިންޑޯގައި އަންނަނިވި ގޮތަށް ޓައިޕްކޮށްލާށެވެ.
ރަތްކުލައިން އެވާ އަކުރު (g) ބަދަލުކުރަން ހަނދާން ނައްޓާނުލާށެވެ. އެ އަކުރު ރަމްޒުކޮށްދެނީ ތިބާގެ ފްލޭޝް ޑްރައިވް އަށް ކޮމްޕިއުޓަރ ސިސްޓަމްގެ މައި ކޮމްޕިއުޓަރ ހުޅުވާލުމުން ދީފައިވާތަން ފެންނާން އިންނަ އަކުރެވެ. އެހެންކަމުން އެ އަކުރު ތިބާގެ ފްލޭޝް ޑްރައިވް އަށް ދެވިފައިވާ އަކުރަށް ބަދަލުކުރާންވާނެއެވެ.

މިހައިހިސާބުން ދެން ކުރާންވި ކަމަކީ "އެންޓަރ' ބަޓަން އަށް ފިއްތާލުމެވެ. އިރުކޮޅެއްވާންދެން މަޑުކޮށްލުމަށްފަހު ފްލޭޝް ޑްރައިވް ހުޅުވާބަލައިލާށެވެ. ފައިލްތަކާއި ފޯލްޑަރތައް ލިބެން ހުންނާނެއެވެ. 

ތާރީޚް: : Wednesday, October 30, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ބޮލި ފޮންޓްގެ އުނދަގުލުން ސަލާމަތްވާން ބޭނުންތަ؟

ލިޔުނީ: Unknown
އަޅުގަނޑުމެންގެ ކޮންޕިއުޓަރުގައި ހުންނަ ފޮންޓްތަކުގެ ތެރެއިން ޑިފޯލްޓް ފޮންޓެއް ކަމަށްވާ 'އެމްވީ ބޮލި' ފޮންޓްގެ ސަބަބުން އުނދަގުލެއް ވޭހެއްޔެވެ. އެ ފޮންޓްގެ ސަބަބުން މައިކްރޯސޮފްޓް ވޯރޑްގައި ތާނަ ފޮންޓެއް ސެލެކްޓް ނުކޮށް ލިޔަންފެށުމުން އެއްކަލަ ބޮލަށް އުނދަގޫވާ ބޮލި ފޮންޓްގެ އުނދަގުލާއި ކުރިމަތިލާންޖެހުމީ ހަމަ ގައިމުވެސް ބޮލަށް އުނދަގޫވަނެ ކަމެކެވެ.

ކޮންޕިއުޓަރު ބޭނުންކޮށްގެން ދިވެހި ލިޔާއިރު ޑީފޯލްޓް ފޮންޓަކަށް ކޮންމެ ސިސްޓަމެއްގައިވެސް މިއިންނަނީ އެމްވީ ބޮލި ފޮންޓެވެ. އެހެންނަމަވެސް މިއީ އެކަށްވެސް އެހާ މަޤްބޫލު ފޮންޓަކަށް ނުވެއެވެ.

ބަލައިލަން ފަސޭހަ ރީތި ފޮންޓް ތަކުގެ ތެރޭގައި ޢާއްމުކޮށް ގިނަމީހުން ބޭނުން ކޮށްމިއުޅެނީ ފަރުމާ ފޮންޓާއި، ވަހީދު ފޮންޓާއި، މިފަދަ ފޮންޓްތަކެވެ. އެހެންވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ސިސްޓަމްގެ ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ގިނަޒަމާންތަކަކަށް ދެމިގެންދިޔަ ބޮލި ފޮންޓްގެ މަތިން ހަނދާން ނައްތާލުމަށްފަހު އޭގެ ބަދަލުގައި ރީތި އެހެން ފޮންޓެއް ޚިޔާރު ކުރައްވަންވީ ނޫންތޯއެވެ. އެއީ މިހާރު ވަރަށް ފަސޭހަކަމެކެވެ.

ޓެކްނޮލޮޖީގެ އައު ވިސްނުންތަކަށް އަބަދުވެސް ހިތްކިޔާ އެފަދަ ދިރާސާތައް ކުރަމުންދާ ކުދިންކޮޅެއް މިއަދުމިވަނީ އަޅުގަނޑުމެންނަށް މިފަސޭހަގޮތް ހޯދައިދީފައެވެ. އެކުދިންގެ އުފެއްދުން ތިބާގެ ކޮންޕިއުޓަރަށް އިންސްޓޯލް ކޮށްލާށެވެ. އޭރުން:

1-  އެމް އެސް ވޯޑް ޑޮކިޔުމެންޓްގައި ލިޔާއިރު ކޮންމެހެން ފޮންޓްބަދަލުކުރާށް ނުޖެހޭނެއެވެ.
2-  ފޭސްބުކު ފަދަ ސޯސިއަލް މީޑިއާގައި ހުންނަ ދިވެހި ލިޔުންތައްވެސް ތިބާއަށް ރީތިކޮށް ފަރުމާ ފޮންޓުން ނުވަތަ ވަހީދު ފޮންޓުން ފެންނާނެއެވެ.
3-  ޑީފޯލްޓް ފޮންޓެއްގެ ގޮތުގައި ތިބާގެ ސިސްޓަމްގައި އަބަދުވެސް ފަރުމާ ނުވަތަ ވަހީދު އިންނާނެވެ

ފޮންޓް ޑައުންލޯޑް ކުރުމަށް ތިރީގައިވާ ލިންކް ޚިޔާރުކުރާށެވެ. ތިބާ އިޚްތިޔާރުކުރާ ފޮންޓް ޑައުންލޯޑްކޮށް އިންސްޓޮލް ކޮށްލާށެވެ. އޭރުން 'ބޮލި ފޮންޓް' ރިޕްލޭސްކޮށް 'ފަރުމާ ފޮންޓް' ނުވަތަ 'ވަހީދު ފޮންޓް' ތިބާގެ ސިސްޓަމަށް އިންސްޓޯލްވާނެއެވެ.
ތާރީޚް: : Thursday, October 3, 2013 [0] ކޮމެންޓްތައް ފާހަގަ:

ފިލާވަޅުގެ ދޭހަ ފަސޭހަވުން

ލިޔުނީ: Unknown
އިހައްދޫ ސްކޫލް ދަރިވަރުންކޮޅެއް ފީލްޑް ޓްރިޕެއްގައި - ފޮޓޯ: އައިއެޗްއެސް
ޕާރކެއް ނުވަތަ ހިތްފަސޭހަ މާހައުލެއްގައި ހިނގާލުމުން  ދޭހަކުރުމަށް ފަސޭހަވެއެވެ.

އަތިރިމަތީގެ ދިޔަރެހާއި ހިސާބުގައި ހިނގާލުން، ޕާރކެއް ތެރޭގައި ހަވީރު ފިންޏަށް ހިނގާލުން، ނުވަތަ ރަށުގެ ބޮޑުމަގު މަތީގައި ކަސްރަތަށް ހިނގާލުމުން ތިބާގެ ދަރިފުޅުގެ ފޮތް ކިޔުމުގެ ހުނަރު އިތުރު ވާނެ ހެއްޔެވެ؟ ހައިރާންވެ ނުލައްވާށެވެ. މިކަމަކީ އަޅުގަނޑުމެންނަށް ކުޑަކޮށްވެސް ޝައްކު ކުރެވޭ ކަމެއް ނޫނެވެ. ޤުދުރަތީ މާހައުލުތަކުގައި ކުދިން ވަގުތުތައް ހޭދަކުރުމުން ކުދިންނަށް ކަންކަން ފަހުމްވުން ފަސޭހަވެއެވެ. ދޭހަވާ މިންވަރު އިތުރު ވެއެވެ.

ޤުދުރަތީ މާހައުލުތައް ހިމެނޭ ޒާތުގެ ލިޔުންތައް ކުލާސްތެރޭގައި ކިޔަވައިދިނުމުން، ދަރިވަރުން އެފަދަ މާހައުލެއް ތަޖުރިބާ ކޮށްލުމަށް ބޭނުންވާނެއެވެ. އަދި އެފަދަ މާހައުލެއްގައި ފިލާވަޅު ނަގައި ދިނުމުން ދޭހަވުމާއި ދަސްވުން އިތުރު ވާނެއެވެ. މިޘާލަކަށް: ތިމާވެށި ގަޑީގައި 'ވެލި' މިފިލާވަޅުން ވެލީގެ ވައްތަރުތައް އުނގަންނައި ދިނުމުގައި ދަރިވަރުންނަށް އެފަދަ މާހައުލެއް ފެނި، ވެލީގެ ތަފާތު ވައްތަރުތައް އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުމަކީ މުހިއްމު ކަމެކެވެ.

ކުލާހުން ބޭރުގެ މާހައުލެއްގައި ކުދިންނަށް ފަސޭހައިން ދަސްވަނީ ކިހިނެއް ހެއްޔެވެ؟

ކިޔުމަކީ ހަމައެކަނި ލިޔުންތެރިއަކު ލިޔެފައިވާ ލިޔުމެއް ބާރަށް ކިއުމެއް ނޫނެވެ. ނުވަތަ ހިތުދަސް ކުރުމެއްވެސް ނޫނެވެ. ކިޔުމުގެ ހުނަރަކީ ގުޅި ލާމެހިފައިވާ ކަމެކެވެ. ދަރިވަރުންނަށް ލިބިފައިވާ ތަޖުރިބާއާއި ކުރިން ލިބިފައިވާ މަޢުލޫމާތު ގުޅި ލާމެހެން ޖެހެއެވެ. ހަމަ މިއާއި އެކު ލިޔުންތެރިޔާގެ ލިޔުމުގައި ކިޔުންތެރިންނަށް ފަހުމް ކޮށްދޭން ބޭނުންވާ ކަމެއް ނުވަތަ ޙާލަތާއި ގުޅުވާލަން ޖެހެއެވެ. ލިޔުމެއް ރަނގަޅަށް މޭރުން ކުރުމަށްޓަކައި ލިޔުމެއްގައިވާ މައިގަނޑު ޚިޔާލާތު ލިޔުންތެރިޔާ ސިފަކޮށްދިން މިންވަރަށް ނުވަތަ އެއާއި ގާތްކުރާ މިންވަރަކަށް ކިޔުންތެރިޔާ ދެނެގަންނަން ޖެހެއެވެ. ލިޔުންތެރިޔާގެ ވިސްނުމުގެ ވާފަށް ގެންގޮސްފައިވާ ގޮތް ނުވަތަ އެފަދަ ޙާލަތެއް ކިޔުންތެރިއާއަށްވެސް ތަޖުރިބާ ކުރެވިފައި ހުރެދާނެއެވެ. އެހެން ކަމަށް ވާނަމަ އެ ލިޔުމެއް ދޭހަ ކުރުމުގައި ކިޔުންތެރިޔާއަށް ފަސޭހަވެގެން ދާނެއެވެ.

ކިޔުންތެރިޔާ އަށް ލިޔުމެއްގައިވާ މައިގަނޑު ޚިޔާލާތު ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ؟

ކުދިންނަށް ނުވަތަ ކިޔުންތެރިއަކަށް ދަސްވަނީ ލިބިފައިވާ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ނުވަތަ ތަޖުރިބާހުރި ފަރާތެއްގެ އެހީގައެވެ. އެފަދަ ފަރާތަކުން އިތުރަށް އޮޅުން ފިލުވައި ދީގެންނެވެ. ނުވަތަ ޚިޔާލު ބަދަލު ކުރެވިގެންނެވެ. ނުވަތަ އެފަދަ މާހައުލެއް އަމިއްލައަށް ތަޖުރިބާ ކުރެވިގެންނެވެ.

ކަންކަން ކުދިން ދަސްކުރަނީ އެކުދިންގެ ހިއްސުތައް ބޭނުންކޮށްގެންނެވެ. މިގޮތުން ފެނުމުގެ ހިއްސު، އަޑުއެހުމުގެ ހިއްސު، ބީހުމުގެ ހިއްސު، ރަހަބެލުމުގެ ހިއްސާއިި ވަސްބެލުމުގެ ހިއްސުުގެ ބޭނުން ކުރެއެވެ. މިގޮތުން ކުލާހުން ބޭރުގެ މާހައުލަކުން ކަންކަން ދަސްކުރަން ފަސޭވެއެވެ.

މިޘާލަކަށް:

•    ޕާރކެއް ތެރޭގައި ހިނގާލާ ވަގުތު ކާޅެއް ނުވަތަ ކޮވެއްޔެއް އެސޮރުގެ ހާލި ހެދުމަށްޓަކައި ހުއި ކޮޅުކޮޅާއި ގަސްގަހުގެ ހިކި ގޮފިކޮޅުތައް އެއްކޮށްގެން ހާލިހެދުމުގެ މަސައްކަތް ކުރަނިކޮށް ފެނިދާނެއެވެ.

•    ކުދިންނަށް ބަރަވައްޔަކާއި ކަކުންޏެއްގެ ހުރި ތަފާތު ވަޒަންކުރަން އެނގިދާނެއެވެ.

•    ގަސްގަހުގެ ފަތްތަކުގެ ކުލަ ބަދަލުވަމުންދާގޮތް ފެނި ދަސްކުރެވޭނެއެވެ. ފަތުގެ ކުލަ ދޮންވުމަށްފަހު ހިކުމުން ހުންނަ ކުލަޔާއި އަންނަ ބަދަލުތައް ފެނުމުން އެކަންކަން ދެނެގަންނަން ފަސޭހަވާނެއެވެ.

•    މި ފަދަ ކަންކަމާއި މެދު ވިސްނުމަށް ފުރުޞަތު ލިބުމުން ކަންކަމުގެ މައިގަނޑު އަސްލު އަސާސްތައް ދެނެގަތުމަށް ފަސޭހަ ވާނެއެވެ.

ފަލްސަފާވެރި ވިސްނުމަކުން ކަންކަމާއިމެދު ވިސްނާ ހިނދު ކަންކަން ދިރާސާ ކުރުމާއި ތަޙްލީލު ކުރުން ހިމެނެއެވެ.

•    ޕާރކެއް ނުވަތަ ރަށުތެރޭގައި ތަޖުރިބާ ހޯދުމަށް ހިނގާލާ ވަގުތު މަގުމަތީގައި ހެދިފައި އޮންނަ ފެންގަނޑަކަށް ގައު ކޮޅެއް އެއްލުމުން އުފެދޭ ރާޅުބާންޏާއި މެދު ކުދިންގެ ހިތުގައި ސުވާލުތަކެއް އުފެދޭނެއެވެ. ވަށް ބުރެއްހެން އެ ރާޅުބާނިތައް އުފެދެނީ ކީއްވެގެން ހެއްޔެވެ؟

•    ބޯކޮށް ވާރޭވެހޭ ވިއްސާރަ މޫސުމެއްގައި ބޮއް ކަހަލަ ޖަނަވާރު ހީކަރުވާނެހެއްޔެވެ؟

•    ވާރޭ ވެހެނީ ކިހިނެތް ހެއްޔެވެ؟ ވެހޭހާ ވާރޭ ފެނަށް ވެގެން ދަނީ ކީއްހެއްޔެވެ؟

•    މިފަދަ ސުވާލު ތަކަކީ އާދައިގެ ސުވާލު ތަކެއް ނަމަވެސް ޖަވާބުދޭން އުނދަގޫ ސުވާލު ތަކެކެވެ. ގިނަ މަޢުލޫމާތުތަކެއް ކިޔައިގެން މެނުވީ މިފަދަ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ދޭން އުނދަގޫ ވާނެއެވެ. ޤުދުރަތީ މާހައުލަށް ލޯ ނުހުޅުވޭ ނަމަ މިފަދަ ސުވާލުތައް ކޮށް، މިފަދަ ކަންކަމާއިމެދު ވިސްނާ ފިކުރުކުރުމަށް ދަތިވާނެއެވެ.

ގެއިން ނުވަތަ ކުލާހުން ބޭރުގެ މާހައުލަކުން ކުދިން ފޮތްކިޔުމަށް ފުރުޞަތު ދެއްވާށެވެ.

ކުދިން ގޮވައިގެން ބޭރަށް ނުކުމެ އަތިރިމަތި ނުވަތަ ގޮޑުދޮށްފަދަ ތަނެއްގައި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ފުރުޞަތު ދޭށެވެ. ނުވަތަ ޕާރކެއް، ހިތްފަސޭހަ ބަގީޗާއެއްވެސް ޚިޔާރުކުރެވިދޭނެއެވެ. މިގޮތަށް ކަންކުރުމުން ކުދިންގެ ސިކުނޑިތައް ހުޅުވި ފޮތްތަކުން ކިޔާފައިވާ ފިލާވަޅު ތަކުގައި ހުންނަ ތަކެތީގެ މަޙްފޫމާއިމެދު އިތުރަށް ވިސްނާ ފިކުރު ކުރުމަށް މަގުފަހިވާނެއެވެ.

ތަފާތު ވަޒަން ކޮށްލެއްވުމަށް މުދައްރިސުން ނުވަތަ ބެލެނެވެރިން މިގޮތަށް ޢަމަލުކޮށްލެއްވުމަކީ އެއްފަހަރު ނަމަވެސް ކޮށްލެއްވުން ރަނގަޅު ކަމެކެވެ. ހިތްފަސޭހަ، ސާފު ވައިލިބޭ މާހައުލަކަށް ނެރުމުން ކުދިން ގެ ހިއްސުތައް މަސައްކަތްކުރާ މިންވަރު އިތުރުވެގެން ދާނެއެވެ.
ލިޔުނީ: Unknown
އުނގަންނައިދިނުމުގެ މަރުޙަލާގައި ފިލާވަޅު ރާވައި ތައްޔާރު ކުރުމަކީ ކޮންމެ މުދައްެރިސަކުވެސް ކުރަން ޖެހޭ މަސައްކަތެކެވެ. ކުރަމުން އަންނަ މަސައްކަތެކެވެ. މުދައްރިސުން ފިލާވަޅު ރޭއްވެވުމުގައި ތަފާތު ގޮތްތައް ބޭނުންކޮށް އުޅެއެވެ. މިގޮތުން ރާވާ ފިލާވަޅު ތަކުގައި ތަފާތު ޚާއްޞަ ސިފަތަކެއް ހުންނަން ޖެހެއެވެ. ތަފާތު ބައިތަކެއް ހިމަނަން ޖެހެއެވެ.

ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހުންނަންޖެހޭ މައިގަނޑު ބައިތަކެއް ހުރެއެވެ. މިކަންތައްތަކުގައި ކުދިންގެ ފެންވަރު ވަޒަންކުރަމުން ކިޔަވައިދިނުން ކުރިއަށް ގެންދެވޭ ފަދަ ސިފަތަކެއް ހިމަނަން ޖެހެއެވެ. ތިރީގައި ބަޔާން ކުރެވިފައި އެވަނީ ރަނގަޅަށް ރާވާލެވިފައިވާ ފިލާވަޅެއްގައި ހިމެނޭނެ މައިގަނޑު 8 ބައެވެ.

1-    މަޤުޞަދު ނުވަތަ ލަނޑުދަނޑި

ފިލާވަޅުގެ މަޤުޞަދު ކަނޑައަޅަންޖެހެނީ ޤައުމީ މަންޙަޖްގައި ކަނޑައަޅާފައި މަޤުޞަދު ޙާޞިލް ކުރެވޭނެ ގޮތަށް ފިލާވަޅާއި ގުޅުވައިލައިގެންނެވެ. ފިލާވަޅުގެ މަޤުޞަދު ނުވަތަ ޙާޞިލްކޮށްދޭން ބޭނުންވާ ލަނޑުދަނޑި ލިޔުމަށްފަހު ދެން ހިމަނަންޖެހޭ ބަޔަކީ ތަޢާރަފް ކުރުމުގެ ބައެވެ. މިބަޔަކީ ގިނަ ކަންތަތައްތަކެއް ހިމެނިދާނެ ބައެކެވެ.
މަޤުޞަދު ކަނޑައެޅުމުގައި ޙާޞިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނާއިރު އެކަންކަމަކީ ފިލާވަޅު ނިމޭއިރު ދަރިވަރުންނަށް ޙާޞިލް ކުރެވޭނެ ކަންތައްތަކެއް ކަމުގައި ވާންޖެހެއެވެ. މަޤުޞަދުތައް ކަނޑައަޅާއިރު ޚާއްޞަކުރެވޭ މަޤުޞަދުތަކެއް ކަނޑައަޅަންޖެހެއެވެ. މިކަންކަން ލިޔާނީ ނަމްބަރުތަކެއް ނުވަތަ ޕޮއިންޓްތަކެއްގެ ގޮތުގައެވެ.

މަޤުޞަދު ކަނޑައެޅުމުގައި ތިރީގައި މިވާ ކަންކަމާމެދު ފިކުރު ހިންގަންޖެހެއެވެ.

•    ދަރިވަރުންނަށް މި ފިލާވަޅުން ޙާޞިލް ކުރެވޭނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟

•    ފިލާވަޅުގެ މަޤުޞަދު ޙާޞިލް ކުރުމުގައި ކިތަކެއް އިންސައްތަ ކުދިން މިވެނިވަރަކަށް ޢަމަލު ކުރާނެ ހެއްޔެވެ؟ (މިޘާލަކަށް ކުލާހުގެ %75 ނުވަތަ 4/3 ކުދިން ............. ކުރާނެއެވެ.)

•    ދަރިވަރަށް ޙާޞިލްކުރެވުނު މިންވަރެއް ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ މިކަން ކުރުމަށް މަސައްކަތު ކަރުދާހެއް ހެއްދުން، ގްރޫޕް މަސައްކަތެއް ކުރުވުން، ތަމްރީނުހެއްދުން ފަދަ ކަމަކުން މިނާ ވަޒަން ކުރެވޭނެހެއްޔެވެ؟

މިކަންކަމުގެ އިތުރުން، ފިލާވަޅުގެ މަޤުޞަދު ކަނޑައެޅުމުގައި ޤައުމީ މަންޙަޖާއި މުޤައްރަރަށް ބަލަން ޖެހެއެވެ.

ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއިއެކު ފިލާވަޅުގެ މަޤުޞަދު ކަނޑައެޅިއްޖެ ނަމަ ރަނގަޅަށް ރާވައިލެވި ހެޔޮގޮތުގައި ފިލާވަޅުތައް އުނގަންނައި ދެވޭނެއެވެ.
މިޘާލަކަށް: 'ޖަންގަލީގެ ދިރިއުޅުން' މި ސުރުޚީގެ މައްޗަށް ބިނާވެފައިވާ ފިލާވަޅެއްގައިވާ ލިޔުން ކިޔުމަށްފަހު، ދަރިވަރުންގެ މެދުގައި ޚިޔާލު ބަދަލުކޮށް ނިމޭއިރު، ޖަންގަލީގައި ދިރިއުޅޭ ޢާއްމު ޖަނަވާރުތައް އެނގުމާއި އެސޮރުމެންގެ ދިރިއުޅުން ބައްޓަންކުރެވިފައިވާ ގޮތް ކުލާހުގެ %75 ދަރިވަރުންނަށް ބަޔާންކުރަން އެނގުން.  މިގޮތަށް މަޤުޞަދެއް ކަނޑައެޅިދާނެއެވެ.

2-    ތަޢާރުފުކުރުން

ފިލާވަޅު ކުރިއަށް ގެންދިޔުމަށް އިރުޝާދުތަކެއް ލިޔުމުގެ ކުރިން، ދަރިވަރުންނަށް ކުރިން ލިބިފައިވާ މަޢުލޫމާތު ނުވަތަ އެނގިފައިވާ މިންވަރެއް ވަޒަންކޮށްލަން ޖެހެއެވެ. މިބައިގައި ހިމަނާނީ ފިލާވަޅުގެ މައިގަނޑުބައިތަކަށް ދިއުމުގެ ކުރިން ގެންދެވިދާނެ ޙަރަކާތްތަކެކެވެ. ނުވަތަ ޙަރަކާތެކެވެ. މިކަންވެސް އޮންނަންޖެހޭނީ ފިލާވަޅުގެ އަސްލު މަޤުޞަދާއި ގުޅުވާލެވިފައެވެ.

ތަޢާރުފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުން – މީގެ އަމާޒަކީ:

•    ކުރީގެ ފިލާވަޅާއި ގުޅުވައިލުން (ކުރިން ދެވިފައިވާ ފިލާވަޅާއި ގުޅުންހުރި ފިލާވަޅެއް ނަމަ)

•    ނުސީދާގޮތަކަށް ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތައް ތާޒާ ކުރުން.

•    ކުރިއަށްގެންދަންއުޅޭ ފިލާވަޅުގެ ކުރު ޚުލާޞާ މަޤުޞަދެއް ބުނެދިނުން.

•    ފިލާވަޅާއި ގުޅޭ އިރުޝާދު ދިނުމަށް އެހީއެއްގެ ގޮތުން ނަގައިދެވޭ ފިލާވަޅެއްގެ ފަސްމަންޒަރު އެނގިފައިވާ މިންވަރު މިނުން.

•    ފިލާވަޅާއި ކުރިމަތިލާއިރު ދަރިވަރުންނަށް ލިބިފައިވާ މަޢުލޫމާތެއްގެ ބޭނުން ހިފުމަށް ބާރުއެޅުން.

•    ނަގައިދޭން އުޅޭ ފިލާވަޅަށް ދަރިވަރުން ހިތްޖައްސުވާ ހުޝިޔާރު ކުރުވުން.

•    ޖުމްލަ ގޮތެއްގައި ދަރިވަރުންނަށް ފިލާވަޅުން ޙާޞިލްވާންޖެހޭ މިންވަރާއި ހަމައަށް ދިއުމުގެ ފުރުޞަތު ހުޅުވާލަދިނުން

ތަޢާރަފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުމުގެ ބައި ލިޔުމުގައި ވިސްނަންވީ ބައެއް ނުކުތާ ތަކަކީ:

•    ޝައުޤުވެރިކަން ނުގެއްލޭފަދަ ގޮތެއްގައި ވީހާވެސް ގިނަކުދިން ފިލާވަޅުގެންދިއުމުގައި ޝާމިލް ކުރާނީ ކިހިނެއް ހެއްޔެވެ؟

•    ދަރިވަރުންނާއި ރަޙްމަތްތެރި ގޮތެއްގައި ފިލާވަޅުގެ މަޤުޞަދާއި ފިލާވަޅުގައި ހިމެނޭ ބައިތައް ދަރިވަރުންނަށް އަންގައިދިނުމަށް ފަސޭހަވާނީ ކޮންގޮތެއް ހެއްޔެވެ؟

•    ފިލާވަޅުގެ ތެރެއަށް ދަރިވަރުން ފުންކޮށް ފީނައިގަތުމުގެ ކުރިން ދަރިވަރުންނަށް އަންގައިދޭން ޖެހެނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟

ތަޢާރަފު ނުވަތަ ފިލާވަޅު ފެށުމުގެ ކުރިން ކުދިންގެ ފެންވަރު ވަޒަންކުރުމުގެބަޔަށް ޙަރަކާތްތަކެއް ލިޔާއިރު ފިލާވަޅުގެ ފަސްމަންޒަރާއި ގުޅުންހުރި ސުވާލާއި ޖަވާބު ބުރެއް ކުރިއަށް ގެންދިއުންފަދަ ފަސޭހަ އަދި އާދައިގެ ކަމެއް ހިނެނިދާނެއެވެ.

މިޘާލު:

•    ކުރިން އުޅުނު ގްރޭޑް ތަކުގައި ޖަނަވާރާއި ދިރޭތަކެއްޗާއި ބެހޭގޮތުން ކިޔަވާފައިވާ ފިލާވަޅުތަކުން ސުވާލުކޮށް ހަނދާން އައުކުރުމެއް ގެނުވިދާނެއެވެ.
•    ދިރޭތަކެތީގައި ހިމެނޭ ޚާއްޞަ ސިފަތައް ލިސްޓްކުރުމުގެ ޙަރަކާތެއް ބޭއްވުން.

•    ޖަނަވާރުންނާއި ގަސްގަހާގެއްސާއި ބެހޭ މަޢުލޫމާތު އުނގެނުމުގެ ބޭނުން އޮޅުން ފިލުވައިދޭށެވެ.

3-    އިރުޝާދު ދިނުން.

މިބަޔަކީ ފިޅާވަޅު ރޭވުމުގައި ފިލާވަޅު ކުރިއަށް ގެންދާނެގޮތް ހަރުފަތަކަށްފަހު ހަރުފަތެއް ގޮތަށް ހުށައަޅާ ބައެވެ. މިގޮތުން އެފިލާވަޅަކާއި ގުޅޭގޮތުން ޙަރަކާތްތަކެއް އަތުރާލެވިދާނެއެވެ. ފޮތެއް ނުވަތަ ޕެރެގްރާފެއް ކިޔުއްވުން، ކުރެހުމެއް ހުށައަޅާ އެއާމެދު މަޝްވަރާކުރުން، ދިރިއުޅުމުގެ ތެރެއިން ނެގެން ހުރި މިޘާލުނެގުން، ތަފާތު ސާމާނު ބޭނުން ކުރުން، ފިލްމެއް ނުވަތަ ޑްރާމާކޮޅެއް ބެލުން، އަޑުއެހުމުގެ ދޭހައެއް ގެންދިޔުން ފަދަ ކަންކަން ހިމެނިދާނެއެވެ.
އިރުޝާދު ދިނުމުގައި ތިރީގައިމިވާ ކަންކަމާއިމެދު ވިސްނުން ބެހެއްޓިދާނެއެވެ.

•    ގިނަދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް ފިލާވަޅު ކުރިއަށް ގެންދާނީ ކިހިނެއްހެއްޔެވެ؟

•    މިފިލާވަޅު ހުށައެޅުމަށް އެހީގެ ގޮތުގައިބޭނުން ކުރެވެންހުރީ ކޮންކޮން ވަޞީލަތްތަކެއް ހެއްޔެވެ؟

•    ފިލާވަޅާއި ގުޅޭގޮތުން ދަރިވަރުންނަށް ހުށައަޅަން ޖެހޭ ބަސްކޮށާރުގައި ހިމެނެނީ ކޮންކޮން ބަސްތަކެއްހެއްޔެވެ؟

•    ފިލާވަޅުގެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ދަރިވަރުންނަށް އެނގެންޖެހޭ ކަންކަމަކީ ކޮބާހެއްޔެވެ؟

•    ކުދިންގެ ބައިވެރިވުމާއި ޚިޔާލުބަދަލުކުރުމުގެ ރޫޙެއް އުފައްދާނީ ކިހިނެއް ހެއްޔެވެ؟

މުދައްރިސުންގެ ފޮތުގައި ދެވިފައިވާ އިރުޝާދުތަކުގެ އިތުރުން 'ގާދޫކޮލުން ބޭރަށް ވިސްނުމުގެ ވާފަށް' ގެންދެވޭތޯ ބަލާށެވެ. މިގޮތުން އަމިއްލަ ޚިޔާލާއި ބޯގޭނުން ބޭނުންކޮށްގެން މުޤައްރަރާއި ފިލާވަޅުގެ މަޤުޞަދާއި ފުށުނާރާ ފަދަ އިރުޝާދުތަކެއް ހިމެނުމަށް މަސައްކަތް ކުރާށެވެ.

ފިލާވަޅު ހުށައެޅުމުގައި ހަމައެކަނި ކުދިންގެ ކުރިމަތީގައި ޗޯކާއި ބޯޑު ބޭނުންކޮށްގެން ހުރެ ފިލާވަޅު ނިންމާލުމުގެ އުޞޫލު ގެންގުޅުމާއި ދުރުހެލިވާށެވެ. އުފެންދުންތެރި، ދަރިވަރުން ޝައުޤުވެރިކުރުވާފަދަ އުކުޅުތަކެއް ގެންގުޅެވޭތޯ ބަލާށެވެ.

ވަޒަންކުރުމުގެ ބަޔަށް ނުވަތަ ތަމްރީނުހެއްދުމުގެ ބަޔަށް ދިޔުމުގެ ކުރީގައި ކުދިންނަށް ފިލާވަޅު މޭރުންވި މިންވަރު ވަޒަންކުރާށެވެ.

މިޘާލު:
•    މިވެނި ލިޔުންތެރިއަކު ލިޔެފައިވާ ' ޖަންގަލީގެ ދިރިއުޅުން ' މި ލިޔުން ކިޔުއްވައި ޚިޔާލު ބަދަލުކުރުން.

•    ލިޔުމުގައި ދެވިފައިވާ މަޢުލޫމާތުގައި ހިމެނިފައިވާ ދިރޭތަކެތީގައި ހުންނަ ޚާއްޞަ ސިފަތަކާއިމެދު މަޝްވަރާކުރުން.

•    އަސްލު ޖަނަވާރެއްގެ ދިރިއުޅުން ބަލާލުމުގެ ފުރުޞަތު ދިނުން. (ޙަޤީޤީ މާހައުލަކުން ނުވަތަ ވީޑިއޯގެ ޒަރީޢާއިން)، މިޖަނަވާރުގެ ހަށިގަނޑުގައި ހިމެނޭބައިތަކާއި މެދު ވާހަކަދެއްކުވުން، އެސޮރު ހެދިބޮޑުވާ ގޮތާއިމެދު ޚިޔާލު ބަދަލުކުރުވުން، އެސޮރު ކައިބޮއެ އުޅޭގޮތާއިމެދު ވާހަކަ ދެއްކުމާއި އެހެނިހެން ސިފަތަކާއި މެދު ވާހަކަދައްކުވާ މަޝްވަރާ ކުރުވުން.

4-    ވަޒަން ކުރުމަށް ތަމްރީނު ހެއްދުން.

މުދައްރިސުގެ އިރުޝާދާއި އެހީގެ ދަށުން ފިލާވަޅުން އުނގެނުނު ބައިތައް ފަރިތަކޮށް އެކުދިންގެ ހުނަރު ބޭނުންކުރުމުގެ ފުރުޞަތު މިބައިގައި ހިމަނަން ޖެހެއެވެ.

5-    ނިންމުން

ފިލާވަޅު ނިންމާލުމުގައި ފިލާވަޅުގެ ކުރު ޚުލާޞާއެއް ހިމަނަން ޖެހެއެވެ. މިގޮތުން ފިލާވަޅުގެ މަޤުޞަދުތައް ދަރިވަރުންނަށް ޙާޞިލްކުރެވުނީ ކިހާވަރަކަށްތޯ ބަލައި ޗެކްކޮށްލަންވާނެއެވެ. ފިލާވަޅުގެ ޚުލާޞާއެއް މުދައްރިސު ހުށައެޅުމުގެ ބަދަލުގައި ދަރިވަރުންލައްވާ މިކަން ކުރުވާ ކަހަލަ ގޮތަކަށް ފިލާވަޅުގެ ނިންމުން ރޭވިދާނެއެވެ.

ދަރިވަރުންނަށް އޮޅުންއަރާ ބައިތަކަކާއި ރަނގަޅަށް އޮޅުންފިލާފައިވާ ބައިތައް މިހިސާބުން މުދައްރިސު ފާހަގަ ކުރަންޖެހެއެވެ. ' ތިކުދިންނަށް އޮޅުންނުފިލާ ތަނެއް އެބައޮތްހެއްޔެވެ؟ ނުވަތަ އެއްވެސް ސުވާލެއް އެބައޮތް ހެއްޔެވެ؟ ' ހަމައެކަނި މިހެން ބުނެލުމުން މުދައްރިސްގެ ވާޖިބު އަދާވިކަމަކަށް ނުބެލެވެއެވެ.

މިޘާލު:
•    ފިލާވަޅުން ކުދިންނަށް އަލަށް ދަސްވި ކަންކަމާއިމެދު މަޝްވަރާ ކުރުވުވާށެވެ.

•    ގަސްގަހާގެއްސާއި ޖަނަވާރުގެ ހުންނަ ޚާއްޞަ ސިފަތާކާއި މެދު މަޝްވަރާ ކުރުވާށެވެ. މިގޮތުން އެ ތަކެތީގެ އެއްގޮތް ސިފަތަކާއި ކަންކަމުގެ މައްޗަށް ނުވަތަ ހުރި ތަފާތުތަކުގެ މައްޗަށް ވާހަކަ ދައްކުވާށެވެ.

6-    އަމިއްލައަށް ކުރުމަށް ހަވާލުކުރެވޭ މަސައްކަތް

ގޭގައި ހަދަން ޙަވާލުކުރެވޭ އެސައިންމެންޓް، މަސައްކަތު ކަރުދާސް ފަދަ ކަންކަމުން ފިލާވަޅުގެ ލަނޑުދަނޑިތައް ދަރިވަރުންނަށް ޙާޞިލް ކުރެވުނު މިންވަރު އެކުދިން އަމިއްލައަށް މިނުމުގެ ފުރުޞަތު މިކަމުން ލިބިގެން ދާނެއެވެ. ހަމަ އެފަދައިން ބެލެނެވެރިންނާއި މުދައްރިސުންނަށްވެސް މިކަމުގައި ފުރުޞަތެއް ލިބިގެން ދެއެވެ.

މިފަދަ މަސައްކަތްތަކުން މުދައްރިސެއްގެ އެހީތެރިކަމާއި ނުލައި ފިލާވަޅުން ދަސްވި އެއްޗެއްގެ ބޭނުން ހިފައިގެން އަމިއްލައަށް މަސައްކަތްކޮށް ކުދިންގެ ހުނަރު އިތުރު ކުރެވޭނެއެވެ.

މިބައި ރާވާލުމުގައި ވިސްނުން ބެހެއްޓިދާނެ ބައެއް ކަންކަމަކީ:

•    ދަރިވަރުންނަށް އިރުޝާދު ދީގެން ކުލާހުގައި ހިންގި މަސައްކަތުގެ އިތުރުން ދަރިވަރުން އަމިއްލައަށް ޙައްލުކުރެވޭނީ ކޮން ފެންވަރެއްގެ ކޮންކަހަލަ މަސައްކަތެއް ޙަވާކުރެވިގެން ހެއްޔެވެ؟

•    އައު ހުނަރުތަކެއް އެކުދިންގެ އަމިއްލަ މަސައްކަތުން ހޯދިދާނެ ގޮތްތަކަކީ ކޮބާހެއްޔެވެ؟

•    ކުރިމަގުގައި ގެންދަން ހުރި ފިލާވަޅުތަކަށް ބާރުލިބޭފަދަ ގޮތަކަށް މިފިލާވަޅު ގުޅުވާލާނީ ކިހިނެއް ހެއްޔެވެ؟

ދަރިވަރުން އަމިއްލައަށް ކޮށްފައިވާ މަސައްކަތް ޗެކްކުރުމަށް ލިބުމުން، އެކުދިން ކޮށްފައިވާ މަސައްކަތް ރަނގަޅަށް ބަަލައި އިތުރަށް އޮޅުންފިލުވައިދޭން ޖެހެނީ ކޮންބައެއް ނުވަތަ ކޮންފިލާވަޅެއްކަން މުދައްރިސަށް އެނގިގެން ދާނެއެވެ.

7-    އެހީ (ފިލާވަޅު ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ތަކެއްޗާއި ވަސީލަތްތައް)

ކަނޑައަޅަފައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ފިލާވަޅު ކުރިއަށް ގެންދިއުމަށް ބޭނުންވާނީ ކޮންކަހަލަ ވަޞީލަތްތަކެއްކަމާއި ބޭނުންވާނެ ސާމާނު ނުވަތަ ތަކެތި މިބައިގައި ހިމަނަން ޖެހެއެވެ.

މިގޮތުން ތަކެއްޗާއި ވަޞީލަތްތައް ކަނޑައަޅާއިރު އަންނަނިނިވި ނުކުތާތަކާއިމެދު ވިސްނުން ބެހެއްޓިދާނެއެވެ.

•    ފިލާވަޅުގައި ކަނޑައެޅިފައިވާ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ފިލާވަޅު ކުރިއަށް ގެންދާއިރު މުދައްރިސާއި ދަރިވަރުންނަށް ބޭނުންވާނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟

•    އުފެއްދުންތެރި ގޮތެއްގައި އެތަކެތީގެ ބޭނުން ހިފާނީ ކިހިނެއްހެއްޔެވެ؟

އެހެން މުދައްރިސުންގެ އަތުން ނުވަތަ އެހެން މީހެއްގެ އަތުން ނަމަވެސް ބޭނުންކޮށްލުމަށް ހޯދޭނީ ކޮން އެއްޗެއްސެއް ހެއްޔެވެ؟

މިޘާލަކަށް:
•    ޖަނަވާރާއިމެދު ލިޔެފައިވާ މަޝްހޫރު ފޮތެއް

•    ގަހެއް

•    ޖަނަވާރެއް

•    ކަރުދާސް، ކުލަ، ތެޔޮ ޗޯކް

•    ކުލޭ

8-    އިމްތިޙާނުކުރުމާއި މުޠާލިޢާކުރުން

ކުލާހުގައި ހަދަން ޙަވާލުކުރެވޭ މަސައްކަތެއް ހަދާ ނިމުން އެއީކީ އެ ފިލާވަޅު ނަގައިދީ ނިމޭ ހިސާބެއްނޫނެވެ. ކުރިއަށް އޮތްތަނުގައި ދެވޭނެ އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކުރުވައި ނަގައިދެވޭ ފިލާވަޅުތައް ހަނދާނުގައި ބެހެއްޓުމަށް ބާރުއަޅާނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހެއެވެ.
މިގޮތުން:

•    ކުއިޒް ބޭއްވުން

•    ޓެސްޓްދިނުން

•    ފިލާވަޅާއިގުޅޭ ތަޙްލީލްތައް ކުރުން

•    މަސައްކަތު ކަރުދާސް ހެއްދުން

އަދިވެސް...

ދަންނަވާލެވުނު ކަންކަމަކީ ފޮތްފޮތުގައި ލިޔެވިފައި ހުރި ބައެއްކަންތައް ތަކެވެ. ހުނަރުވެރި ކޮންމެ މުދައްރިސެއްގެ ހިތްޕުޅުގައި މިއަށްވުރެ ރަނގަޅު ޕްލޭންތައް ހުންނާނެއެވެ. އެހެން ނަމަވެސް މި ލިޔުމުގެ ސަބަބުން މުދައްރިސަކަށް ނުވަތަ ކިޔަވައިދޭ މީހަކަށް އިތުރު ކަމެއް އޮޅުން ފިލުމަކީ މި ލިޔުން ހުށައަޅާލުމުގެ މައިގަނޑު މަޤުޞަދެވެ. މުދައްރިސުންނާއި ދަރިވަރުންނަށް އަދި ތަޢުލީމީ ދާއިރާއަށް ހެޔޮއެދޭ ފަރުދެއްގެ ހައިޞިއްޔަތުން، މި މަޒުމޫނު ލިޔެ ނިންމާލުމުގެ ތަޢުފީޤް ދެއްވިކަމަށްޓަކައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މިލިޔުން އަމާޒުވާ އެންމެހައި ފަރާތްތަކަށް އަބަދުވެސް ކާމިޔާބާއި ރަޙްމަތަށް އެދެމެވެ.

މަޢުލޫމާތު: 'ސެކަންޑަރީ ސްކޫލް އެޑްމިނިސްޓްރޭޝަން' – އެސް.ކޭ ކޮއްޗާރު
ލިޔުނީ: Unknown
މާހެފުންދުވަސް ފާހަގަކޮށް މާހެފުން ކައި އުޅުމަކީ މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ރާއްޖޭގެ އެކި ރަށްރަށުގައި ކުރަމުން އަންނަ ޘަޤާފީ ކަމެކެވެ. އެކި ރަށްރަށުގައި މިކަން ފާހަގަކުރުމުގައި ބައެއްކަހަލަ ތަފާތުތައް ހުރިނަމަވެސް މާހެފުނަަށް ތައްޔާރުކޮށްއުޅުނު ކާބޯތަކެތި ތައްޔާރުކުރުމުގެ ވައްޓަފާޅިއާއި އެތަކެތި ކައިއުޅުނު ގޮތް ދާދިއެއްގޮތެވެ.

މާހެފުން ދުވަހަށް ތައްޔާރުވާގޮތާއި މާހެފުން ހަދާގޮތާއި މާހެފުންދުވަހު މަޖާކޮށް އުޅުނުގޮތް އަޅުގަނޑުގެ ހަނދާނުގައި ލ. ފޮނަދޫގައި ކޮށް އުޅުނުގޮތް މީގެ ކުރިން ވާނީ އެލްއޭ ނިއުސްގެ ކިޔުންތެރިންނަށާއި ފަންވަތް އިންފޯގެ ކިޔުންތެރިންނާއި ހިއްސާކޮށްފައެވެ.

މާހެފުންދުވަސް އޭރު ފާހަގަކޮށް އުޅުނުގޮތް މިހާރު އުވެމުން ނެތެމުން ދިއުމަކީ ހަމަ ގައިމުވެސް އަޅުގަނޑު ކަންބޮޑުވާ ކަމެކެވެ. މިކަމުގެ އިތުރުން އެހެނިހެން ޘަޤާފަތްތައްވެސް އުވެމުން ނެތެމުންދާކަމީ އެކަމާއި މެދު އަޅުގަނޑަށް ބުނެދޭން ނެގޭ ދެރައެއް ލިބޭ ކަމެކެވެ.

ކޮންމެއަކަސް މާހެފުން ދުވަސް މިހާރު ފާހަގަކޮށް އުޅޭގޮތް މި ލިޔުމުގައި ހިމެނުމަކީ ބަސަރާއަށް ކަދުރުވިއްކުން ފަދަ ކަމެއްކަމަށް ފެންނާތީ އެކަން ނުކޮށް މީގެ ދުވަސްތަކެއްކުރިން ލ. ފޮނަދޫގައާއި ރާއްޖޭގެ ބައެއް ރަށްރަށުގައި މާހެފުންދުވަސް ފާހަގަކޮށް އުޅުނުގޮތާއި މެދު ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ ފިލްމެއް ހިމަނާލަމެވެ.
ލިޔުނީ: Unknown
މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. އާދެ ! ޖޫންމަހުގެ 5 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަން އެނގެނީ  އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންނަށް ބާވައެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ދިރިއުޅޭ މި މަޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށްވެސް މިއަދަކީ ތިމާވެށީގެ ދުވަސްކަމެއް ނޭނގެއެވެ.

އާއްމުރައްޔިތުން ކުރާ ނޭދެވޭ ކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތިމާވެއްޓަށް އެތައްއެތައް ގެއްލުމެއް ލިބެމުންދާކަމީ އެންމެންދަންނަ ބޮޑު ސިއްރެކެވެ. ރަށުގެ ރީތި ގޮޑުދޮށްތައް ފުރިފައިވަނީ އުކާލެވޭ ނެޕީތަކުންނާއި ، ބާފޮތިތަކާއި ކެއްކުމަށް ބޭނުންކޮށްފައިހުންނަ ހުސްމަސްދަޅުތަކާއި، ޓޮމާޓޯ ދަޅުތަކާއި އަދި އެހެނިހެން ތަފާތު ވައްތަރުވައްތަރުގެ ދަޅުތަކުންނެވެ.

ރަށުގެ ބޮޑުބައެއް އަވަސް ސްޕީޑްގައި އެންމެންގެ ލޯމަތީގައި ގިރަމުންދަނީ ރަށުގެ ގޮޑުދޮށުން އެއްވެސް ބެލުމެއްނެތި ވެލި ނެގުމުންކަން އެންމެންވެސް ދަނެއެވެ. ހަމަ މިއާއިއެކު ޖައްވު ހޫނުވަނީ ބޮޑަތި ބިޔަގަސްތައް ކެނޑުމުންކަން ނޭނގޭ ކުޑަކުއްޖަކުވެސް ނޫޅޭނެއެވެ.

ނަމަވެސް ހިތާމައަކީ މިިއިން ކަމަކަށް އަޅާލާނެ މިފަދަ ކަންތައްތައް މީހުންގެ ސަމާލްކަމަށް ގެންނާނެފަރާތެއް ، ޒިންމާ އުފުލާނެ ފަރާތެއް ނެތްކަމެވެ.

އަޅުގަނޑުގެ ނަޒަރުގައި ތިމާވެށީގެ ދުވަހެއް ކުލަގަދަ ގޮތެއްގައި ފާހަނގަ ކުރުމުގެ ބަދަލްގައި ދުރާލާ ތައްޔާރުވެ މީހުން ހޭލުންތެރި ކުރުވާ، ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައާ ކަންތައްތަކުގެ ތެރެއިން ހައްލުކުރެވެން ހުރި ކަންތައްތައް ހައްލުކުރުމަށް މި ދުވަސް ރަށުފެންވަރުގައި ފާހަގަކުރުން މާ އައުލާކަންބޮޑުވެފައި މުޖުތަމަޢުއަށް ލިބޭކުރިއެރުން މާ ބޮޑުވާނެއެވެ.

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް އަބަދުވެސް އިވެނީ ” ތިމާވެއްޓޭ ” ކިޔާއަޑެވެ. ތިމާވެށީގެ ގޮތުން ހުރި ގޮންޖެހުންތަކަށް މާބޮޑު ހައްލެއް އަންނަތަނެއް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަދު ވާންވީ ތިމާވެށީގެ ގޮތުން ވާހަކަދެކެވޭ ، ތިމާވެށީގެ ކަންތައްތަކުގެ ތެރެއިން ހައްލު ގެނެވޭ ޒާތުގެ ކަންތައްތަކަށް ހައްލު ގެނެވޭ ދުވަހަކަށެވެ.

މިއަދަކީ ހަމައެކަނި ރަށުގެ ހޭޅިފަށުގައި އިންދާލެވޭ ގަހަކުން ނުވަތަ އިންދާލެވޭ ރުކަކުށް ނުވަތަ ރަށުގެ ބަނދަރު ސަަރަޙައްދު ސާފުކޮށްލާ ސާފުކުރުމަކުން ނިންމާލެވޭ ދުވަހަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މުތަމަޢުތަކަށް ތިމާވެށީގެ ގޮތުން ގޮތުން ދިމާވެފައިވާ މައްސަލަތައް މިއަށްވުރެ ގިނަވެފައި ނާޒުކެވެ.

ހަމަޔަޤީނުންވެސް ކަމާބެހޭ ފަރާތުން ކުޑަނަމަވެސް ބާރެއް އަޅާލައިފިނަމަ ރަށުގެ ގޮޑުދޮށްތަކުން ފެންނަމުން މިދާ ނެޕީ ތަކާއި ބާފޮތިތަކާއި ، މަސްދަޅުތަކާއި ޓޮމާޓޯ ދަނޅުތަކުން އަޅުގަނޑުމެންގެ މިރީތި ގޮޑުދޮށްތައް ސަލާމަތް ކުރެވޭނެއެވެ.

ލިޔުން ނެގީ: ލަންދޫ އިންފޯ އިން
ތާރީޚް: : Thursday, May 23, 2013 [0] ކޮމެންޓްތައް ފާހަގަ:

ވެރިކަން ވެއްޓުމާއި ބަޣާވާތް!

ލިޔުނީ: Unknown
ރައީސް ނަޝިދުގެ ވެރިކަން ވެއްޓުމުން އެކަމާ ބައެއް ފުލުހުން އުފާފާޅުކުރަނީ
ފާއިތުވި އަހަރުގެ މުޅި ސިޔާސީވެށި ހަލަބޮލިކޮށްލި މުހިއްމު ހާދިސާއަކީ ކޮންމެހާލަތަކުން ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކޮށްލި ކޮށްލުމެވެ. މިކޮލަމުގެ ފުރަތަމަ އަދަދުގައި ވާހަކަ ދައްކަން މިއުޅެނީ އެ ހާދިސާގެ މައްޗަކަށް ނޫނެވެ. އެއަށްވުރެ ފަހުން، ނަމަވެސް ދާދި އަވަހަށް ހިނގައިފާނެ ކަމަށް އަޅުގަނޑުގެ ބުއްދިއަށް ފެންނަ ކަމަކުން ނިކުމެދާނެ ނަތީޖާއެއްގެ މައްޗަށެވެ.

ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލުމާގުޅިގެން ސިޔާސީމައިދާނަށް ވެރިވެގަތް ހަލަބޮލިކަން ހައްލަކަށް އެޅުވީ ކޮމަންވެލްތާއެކު ހެދުނު އެއްބަސްވުމަކުންނެވެ. އެއަށް އަޅުގަނޑުމެން ކިޔައި މިއުޅެނީ "ކޯނި"ގެ ރިޕޯޓެވެ. ފާއިތުވި އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންތޯ؟ ބެލުމާއި މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ޤާނޫނާއި ޤާވާޢިދާ އެއްގޮތްވާގޮތުގެ މަތިންތޯ؟ ބެލުމަކީ ރައްޔިތުން އެންމެ ބޭނުންވި މައިގަނޑު ދެކަންތަކެވެ.

ކޮމަންވެލްތު މެދުވެރިކޮށް މިހާރު އޮތް ސަރުކާރާއި، ލުއްސާލި ސަރުކާރާއި ދެމެދުވަނީ އާއްމުނުކުރާ މިނޫން އިތުރު އެއްބަސްވުމަކަށް އާދެވިފައެވެ. މިދެންނެވި އެއްބަސްވުން ބުނާގޮތުން ކޯނީގެ ރިޕޯޓުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ހުރިހާފަރާތަކުންވެސް އެ ބަލައިގަނެ، އެއަށް އިހުތިރާމްކުރަން ލާޒިމްކުރެއެވެ.

ހުރިހާކަމެއް ތާވަލުކުރެވިފައިވާގޮތުގެ މަތީން ސުންގަޑިއަށް ނިންމާލިއެވެ. ސަރުތު ތަކަކާލައިގެންނަމަވެސް ރައީސް ނަޝީދު އެ ރިޕޯޓް ބަލައިގަތީ ހުދު އެމަނިކުފާނު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތު ކުރައްވަމުން ގެންދެވި ބަޣާވާތުގެ ސުވާލަށް ސާފު ސީދާ ޖަވާބެއް އެ ރިޕޯޓްގެ ހުށަހެޅުންތަކުގައި ނެތީހެވެ. އެހެނަސް އެ ރިޕޯޓުގައި މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވި ހަވާލުވުން ހަލާލު ކޮށްދީފައި އޮތެވެ. ދެން އަމަލުކުރަންޖެހޭ ކަމަށް ބުނާ ހުށަހެޅުންތަކަކާއެކު އެކުލަވާލި ކޯނީގެ ރިޕޯޓުން ސިޔާސީ މަސްރަހަށް ހިމޭންކަން ގެނުވިއެވެ.

ރައީސް ވަހީދުވަނީ ކޯނީގެ ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް މިހާރުވެސް ނުކުޅެދިފައެވެ. ކޯނީގެ ރިޕޯޓަކީ ދިރިދި އޮތް ރިޕޯޓެކެވެ. އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ކޯނިގެ ރިޕޯޓުން ވަކި ގޮތެއްނިންމާފައިނުވާ މައްސަލައެއް އޭރުވެސް ފެންމަތިވެފަ އޮއްވައެވެ. ބަޣާވާތާއި ގުޅުންހުރި މައްސަލައަށް ވަކި ގޮތެއް ނިންމުމުން، އިތުރަށް ދެކޮޅު ހެދުމެއް އޮވެގެން ވާނެކަމަކަށް ބުއްދި ޤަބޫލެއްނުކުރެއެވެ. އެމަނިކުފާނު އެއްފަހަރަށް ވުރެ ގިނަ މުނާސަބަތުގައި ވިދާޅުވަނީ "ކޯނީގެ ރިޕޯޓުގައި މިއީ ބަޣާވާތެއްކަމަށް ނިންމައިފަނަމަ އަޅުގަނޑު މިހުރީ އިސްތިއުފާ ދޭން ތައްޔާރަށް" ކަމަށެވެ.

މި ދެންނެވީ އެހާރުގެ ވާހަކައެވެ. އާއަހަރަކަށް ފެށިގެން ރައީސް ނަޝީދު ނިކުންނެވީ މިއީ ކާމިޔާބުގެ އަހަރުގެ ގޮތުގައި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އުއްމީދު އާކޮށްދެމުންނެވެ.

އެ އުއްމީދުތައް ގުޅިފައިހުރީ ސީދާ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީގެ މަސައްކަތާއެވެ. ކޯނީގެ ރިޕޯޓުގައި ވަކިގޮތެއް ކަނޑަނާޅާހުރި މައްސަލަތަކަށް، ވަކިގޮތެއް ކަނޑައެޅުމުގެ މަސައްކަތް އެ ރިޕޯޓު ދިރާސާކުރާ ކޮމިޓީން ކުރަމުންދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއިވެސް އެކުގައެވެ. އެ ކޮމިޓީން ހޭބޯނާރާ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާލަން ހިފާފައިވާއިރު އިހު ނެރުނު ކޯނީގެ ރިޕޯޓްގައި އޮތް ޖަވާބު ނުލިބޭ ސުވާލަށް އެތައް އަރިމައްޗަކުން އެއް ޖަވާބެއް ފެންމަތި ކުރުވާތަން މިހާރުވެސް ފެންނަމުން އެބަދެއެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރައީސް ވަޙީދުގެ އިތުބާރުނެތްކަމުގެ މައްސަލަވަނީ މަޖިލީހަށްވައްދާފައެވެ. މިދެންނެވީ މަޖިލީހުގެ ތަޅުމުން 52 މެންބަރުންގެ އާބަސް އެކަމަށް ބޭނުންވާނޭ ކަމެއްގެ ވާހަކައެވެ. ސިޔާސީ މަސްރަހު މިވަގުތަށް އޮތްގޮތުން މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މިސަބަބާހުރެ ކޯނީ ރިޕޯރޓް ދިރާސާކުރާ ކޮމިޓީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ފަސޭހަ މަގަކުން ރައީސް ވަޙީދު މަޤާމުން ދުރުކުރުމަށް ކުރެވޭ މަސައްކަތެއްގޮތުގައި މިކަންފެނެއެވެ. މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ނިންމުމެއް މަޖިލީހަށް ބަލައިގަތުމަށް ބޭނުންވަނީ 39 މެންބަރުން އެއްބަސްވުމެވެ. ރައީސް ނަޝީދުގެ މަޖިލީހުގެ ބައިވެރިންނަށް މީއަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އެހެނަސް މަޖިލީހުގެ ތަޅުން މިއަހަރު އެންމެ ހޫނުވެގެންދާނެ އެއް ދުވަސްކަމުގައި މިދުވަސްވާނެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީން ކޯނީގެ ރިޕޯރޓު ދިރާސާކޮށް އެކުލަވާލާ ރިޕޯޓުގައި ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމާ މަޖިލީހުގެ ތަޅުމުން 39 މެންބަރުންގެ ވޯޓުން ފާސްކޮށްފިނަމަ ދެންވާނެގޮތް ބައްލަވާށެވެ. މަޖިލީހުގެ ތަޅުމުން ނިންމާގޮތަކުން މެނުވީ މިނިސްޓަރަކު ވިޔަސް އަދި މިނިވަން މުއައްސަސާއެއް މެންބަރަކުވިޔަސް އައްޔަން ކުރުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ނެތުމަކީ މަޖިލީހުގެ ނިންމުންތަކުގެ ބާރު ދައްކުވައިދޭ ހެކިތަކެވެ. މަޖިލީހުގެ ތަޅުމުން ނިންމާ ނިންމުމެއްގެ މައްޗަށް އެއްވެސް ފަރާތަކުން ފާޑިކިޔުމެއް އަދި އެއްވެސް ކޯޓު މަރުހަލާއެއްގައި ވަކާލާތުކުރުމެއްނެތެވެ.

ސުވާލަކީ މަޖިލީހުގެ ތަޅުމުން ރައީސް ނަޝީދުގެ ވެރިކަން ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމައިފިނަމަ ރައީސް ނަޝީދު ހުވާކުރައްވާ ސަރުކާރާ ހަވާލުވެވޭނެތޯ؟ ނުވަތަ މަޖިލީހާއި ވެރިކަން ހަވާލުކުރަން ޖެހޭނެތޯއެވެ؟ ރައީސް ވަހީދު ޤާނޫނާއި ޤަވާއީދާ އެއްގޮތްވާގޮތުގެމަތީން ހުވާކުރެއްވިނަމަ އެކުރެއްވި ހުވަޔަށްވާނީ ކިހިނެއްތޯއެވެ؟ ކޮންމެ ހާލަތެއްގައި ނަމަވެސް މުޅި ދައުލަތުގެ ހިނގުން ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހުގެ މެންދުރު އެއްގަޑި ފަނަރަޔާއި ހިސާބަށް ފަހަތަށް ދާންޖެހެއެވެ.

ބަޣާވާތަކުން ސަރުކާރު ލުއްސާލުމަށް ރޭވި ރޭވުމުގެ ތެރެއިން ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވާތީ، އެ މަނިކުފާނު އަލުން ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް އެކަން ކޮށްދެއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ނަމަވެސް މިހާލަތުގައި އުއްތަމަ ފަނޑިޔާރަކަށްވެސް އަދި މަޖިލީހުގެ ރައީސްއަކަށްވެސް ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ ބޭނުންވާނެ ކަމަކަށް އަޅުގަނޑުގެ ބުއްދި ޤަބޫލެއްނުކުރެއެވެ. އެ ހިސާބުން ރައީސް ނަޝީދު ނިންމަވާ ނިންމުމަކުން ރައީސްކަމާއި ހަވާލުވުމާއި ނުވުން އެއީ އެބޭފުޅާގެ އަތްޕުޅުގައި އޮތްކަމެކެވެ.
ހަޖަމުކުރަން އުނދަގޫވެގެން މިއުޅެނީ ޤައުމުގެ މަސްރަހު ބަދަލުވެގެން ދާނެގޮތަކާއިމެދުގައެވެ. ހަމަކަށަވަރުންވެސް ޕީޕީއެމްގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދަށް، މިކަމުގެ ހައްލަކަށް އާދެވިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. މަޖިލީހުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވެރިކަން ހިންގުން މަޖިލީހާއި ހަވާލުކޮށް އިސްތިއުފާ ދެއްވާ ހުރިހާ ޕާޓީތަކުންވެސް ކުރިއަށް އޮތް އިންތިހާބަށް އަވަސްވެގަތުން މާމުހިއްމެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުން އައިފަދައިން އެމްޑީޕީގެ ވެރިކަން އެމީހުން އަނބުރާހޯދިއެވެ. ބަޣާވާތް ނިމުމަކަށް ގެނެވިއްޖެއެވެ. އިންތިހާބަށް ނިކުންނާނީ އަމާން މާހައުލެއްގައެވެ. ޤައުމަށް މިހިނދުން މިހިނދަށް ބޭނުންވާ އަވަސް އިންތިހާބު އެއޮތީ ފޯރުކޮށްދެވިފައެވެ.

ދަންނަވަންތޯ؟ މިއީ ބާޣާވާތެއްކަމަށް ނިންމާ ހިސާބުން މިގޮތް މާރަނގަޅެވެ. ދެން ވެރިކަމަށް އަންނަ ބަޔަކު ބަޣާވާތުގެ ބައިވެރިން ގޮވައިގެން ދައުވާކުރެވިދާނެތާއެވެ. ކޮންމެ ސިޔާސީ ޑީލަކީ ވަގުތީ ހައްލެކެވެ.
ލިޔުނީ: Unknown
އިސްލާމް ދީނުގެ ދިފާޢުގައޭ، ވަޙްދަތޭ ކިޔައިގެން 7 ފެބްރުއަރީ 2012 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް އަރާ ހުންނެވި ވަހީދު ޙަސަން މަނިކު ލ. އަތޮޅަށް ކުރެއްވި ދަތުރެއްގައި މަރުޙަބާ ކިޔުމަށް ސްކޫލެއްގެ ދަރިވަރުން ލައްވާ ނެއްޓުވިއެވެ. މިކަން އިސްލާމިކް މިނިސްޓަރ ޝަހީމް އާއި ހިއްސާކުރުމަށް އެމަނިކުފާނަށް ގުޅާލުމުން ކަންވީގޮތަށް ބަލައިލުމުން މި ބޭފުޅާ އިސްލާމްދީން ހިމާޔަތް ކުރައްވާ ވަރު އަޅުގަނޑަށް އެނގިގެން ދިޔައެވެ.

އަޅުގަނޑު: އައްސަލާމު ޢަލައިކުމް، އަޅުގަނޑު މި ގުޅާލީ ތިބޭފުޅުން ދީން ހިމާޔަތް ކުރުމަށް ގެނައި ސަރުކާރުގެ ވެރިމީހާ މާދަމާ ލ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މަރުޙަބާ ދެންނެވުމަށް ސްކޫލެއްގެ އަންހެންކުދިން ލައްވާ ނެށުމެއް ތައްޔާރުކޮށް އެކަން ކުރަން އުޅޭތީ އެވާހަކަ ދަންނަވާލަން
ޝަހީމް: ތިފަދަ ވާހަކަތައް ދައްކުވަން އަޅުގަނޑާ ނުގުޅުއްވާތި. ތީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. (ރުންކުރުވެފަ ރުޅިވެރިކަމާއެކު)
އަޅުގަނޑު: އަޅުގަނޑު ކޮންމެހެން ވަހީދުގެ ވާހަކަ ދައްކާހިތަކުން ނޫން އިނގޭތޯ. އެކަމަކު ތިބޭފުޅުން އިސްލާމް ދީނުގެ ހިމާޔަތުގައި ގެނައި ވެރި މީހާއަށް މަރުޙަބާ ކިޔުމަށް މިފަދަ ކަމެއް ކުރުވާތީ ހިތަށް އެރީ ތިބޭފުޅާއާ ހިއްސާކޮށްލަން ޖެހޭނެކަމަށް.
ޝަހީމް: އަޅުގަނޑު މިދެންނެވީ ނޫންތޯ، ތިފަދަ ވާހަކަތައް އަޅުގަނޑަށް އަންގަން ގުޅުއްވާނެ ކަމެއް ނެތޭ!! (މިހެން ބުނެފައި ޕައްކިޔާފަ ފޯނު ކަނޑާލި)

ދަންނަވާލެވުނީ ހަމަ ޙަޤީޤީ ވާހަކަ ތަކެކެވެ. އިސްލާމިކް މިނިސްޓަރ ޝަހީމް ދެއްވި ޖަވާބުން އަޅުގަނޑު ހައިރާނެއް ނުވަމެވެ. އެހެނީ އެބޭފުޅާއާއި އަދި އެގޮތަށް ދީނޭ ކިޔައިގެން ސިޔާސީ ފައިދާ ނަންގަވަން އުޅުއްވާ ބޭފުޅުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކު ވިސްނާލަންޖެހޭ ކަމަކީ ދީނަށް އެހާބޮޑަށް ލޯބިކުރައްވާ އަދި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކު، މި ދެންނެވިފަދަ ނެށުމެއް ސްކޫލެއްގެ އަންހެންކުދިންތަކެއް ލައްވާ ނައްޓުވައި ޤައުމުގެ ވެރިމީހާއަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ވާހަކަ ބުނުމުން ދެއްވަންވީ މިފަދަ ފިނޑި ޖަވާބެއްތޯއެވެ. އެ ޖަވާބު ދެއްވި އިރު 'ދީން ހިމާޔަތްކުރުން މަތިން ހަނދުމަނެތިވެ، ދުނިޔެވީ މަންފާއަށް' ހަވާ ނަފުސު ދޫކޮށްލެއްވީ ކަމަސްވެސް ވެދާނެއެވެ.
ތާރީޚް: : Sunday, May 12, 2013 [0] ކޮމެންޓްތައް ފާހަގަ:

މަންމައަށް ޝުކުރިއްޔާ!!

ލިޔުނީ: Unknown
މަންމާއެވެ. މަންމަގެ އެންމެ ހަގު ދަރިފުޅު، އަޅުގަނޑުގެ އުމުރުން މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވީއެވެ. މަންމަގެ އުމުރުން 50 އަށް ވުރެ މައްޗަށް ދިޔައީއެވެ. ހުރިހާ ދަރިން ބޮޑެތި ވެއްޖެއެވެ. މިހާރުތީ 3 ކުދިންގެ މާމަވެސް މެއެވެ. އެކަމަކު މިއަދުވެސް ތި އުޅެނީ ހީވާގިކަމާއެކު މެދުކެނޑުމެއްނެތި އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެންގެ މުހުތާދުތައް ފިލުވައިދިނުމުގައެވެ. އަޅުގަނޑުމެން ބޭނުންވާ ހުރިހާކަމެއްކޮށްދެމުންނެވެ. ދުވާލުގެ ހަތަރު ދަން ތި ހޭދަކޮއްލަނީ އަޅުގަނޑުމެންނަށް ޓަކައެވެ. އަޅުގަނޑުމެންނަށް މީރުހާ ކާއެއްޗެއް ހަދައިދެއެވެ. އެންމެ ރީތި އަންނައުނު ގަނެދެއެވެ. ލޯބިން ބައްދާލާ ނިތްކުރީގައި ބޮސްދެމުން މަންމަ އަޅުގަނޑުމެންދެކެ ވާލޯބި އަންގައިދެއެވެ.

މަންމާއެވެ. މަންމަ، މަންމައެއްގެ ވަޒީފާ މިހާ ގިނަ ދުވަސްވަންދެން އަދާކުރާއިރު ހަމަ އެއްގޮތަކަށްވެސް ފޫހިނުވޭ ހެއްޔެވެ؟ ވަރުބަލި ނުވޭހެއްޔެވެ؟  ދުވަހަކުވެސް ސަލާމް ނުބުނަނީ ކީއްވެހެއްޔެވެ؟ ނޫނީ ޗުއްޓީ ނުނަގަނީ ކީއްވެ ހެއްޔެވެ؟ އެހެން މަންމައިން ދަރިން ބެލުމުގެ ވަޒީފާއިން ޗުއްޓީނަގާތަން އަޅުގަނޑަށް ފެނެއެވެ. އެއްބައި މައިން ދަރިން ވިއްކާތަނާއި ބޭނުން މީހަކު ގެންދަން ދޫކޮށްލާތަން ފެނެއެވެ. އަނެއްމައިން ދަރިފުޅު ހަމަ ވިހާތަނުން ވަޒީފާއިން ކެނޑެނީ އެދަރިފުޅު މޫދަށް ނޫނީ ކޮންމެވެސް އެހެންތަނަކަށް އެއްލާލައިގެންނެވެ. އެކުދިން އެކުދިންގެ މަންމައަށް އެންމެ ބޭނުންވާ ދުވަހު އެމަންމަމެން އެހެން ހެދުމުން އެކުދިން ދެރަވާނެ ބާވައެވެ؟ އެކުދިން ހިތާމަކުރާނެ ބާވައެވެ؟ އެކުދިން އެކުދިންގެ މަންމަ ދެކެ ލޯބިވާނެބާވައެވެ؟ އެކުދީންގެ އިހުސާސްތައް އަޅުގަނޑަށް އެނގޭނީ ކިހެނެއް ހެއްޔެވެ؟ ތިޔަ މަންމަ ދުވަހަކުވެސް އަޅުގަނޑަށް އެފަދަ ކަމެއް އިހުސާސްވިޔަކަ ނުދެއެވެ. އެފަދަ އެއްޗެއް ހިތަށް އަރާނެ ފުރުސަތުވެސް ނުދެއެވެ. އަޅުގަނޑު ހިތްހަމަ ނުޖެހޭ އެއްވެސްކަމެއް ތިޔަ މަންމަގެ ފަރާތުން ނުފެނެއެވެ.

މަންމާއެވެ. އެޚަބަރުތައް ބަލާފައި މަންމަގެ ލޮލުން ކަރުނަ އަންނަތަން އަޅުގަނޑު ދެކެމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ މަންމަގެ ދަރިންނެއްވެސް ނޫނޭނުން ހެއްޔެވެ؟ އެއީ މަންމަ އާ ވާބައެއްވެސް ނޫނެއްނު ހެއްޔެވެ؟ އެކުދިންނަށް ވެސް ތި މަންމަގެ މައިވަންތަކަމުގެ ލޯބި ހުންނަނީ ހެއްޔެވެ؟ އެކަމަކު އަޅުގަނޑަށް އަނިޔާއެއް ވުމުން މަންމަ ރޯތަނެއް އަޅުގަނޑު ނުދެކެމެވެ. އަދި ހަދާނެއްވެސް ނުހުރެއެވެ. އަސްތާއެވެ! ހަނދާން ހުންނާނީ ކިހެނެއްހެއްޔެވެ؟ މަންމަ ދުވަހަކުވެސް އަޅުގަނޑަށް ދެރަކަމެއް ވިޔަކަ ނުދޭވިއްޔާއެވެ. އަބަދުވެސް މަންމަ ހުންނަނީ އަޅުގަނޑަށް ކަމެއް ވެދާނެތީ ބަލަބަލާ ވިއްޔާއެވެ.

މަންމާއެވެ. އަޅުގަނޑު ނުކާންވެގެން ބޮޑަހާކާތީ އަޅުގަނޑާ ދިމާއަށް މަންމަ ބާރަށް އެއްޗެހި ބުނާ ހަނދާން އަޅުގަނޑުހުރެއެވެ. ބޭބެމެންނަށް އުނދަގޫކޮށް ތޮޅެހަދާތީ މަންމަ އަޅުގަނޑުމެންނަށް އަދަބު ދޭ ހަނދާންވެސް އަޅުގަނޑު ހުރެއެވެ. އެދުވަހު މަންމަ އެހެންކަންތައްކުރުމުން އަޅުގަނޑު މަންމަ ދެކެ ރުޅިއައިސް ތުންދެމީމެވެ. ހިތްހަމަނުޖެހިގެން މަންމައާއި ދިމާއަށް އަތްއުކީމެވެ. މަންމަ އަދަބު ދޭތީ މަންމައަކީ ހާދަ ގޯސް މީހެކޭވެސް ހިތަށް އެރިފަހަރު ދިޔައެވެ. އެހެންނަމަވެސް އެކަމާ ހިތާމަކުރެވެނީވެސް އުފާ ކުރެވެނީވެސް މިއަދުއެވެ. ހިތާމަކުރެވެނީ އަޅުގަނޑު ގެ ވިސްނުން ކޮށިކަމާއި މެދުއެވެ. މަންމަ އާއި މެދު އެފަދަގޮތަށް ހީކުރެވުމުންނެވެ. އުފާ ކުރެވެނީ މަންމަ އަޅުގަނޑަށް އަދަބު ދިނީތީއެވެ. މަންމަ އަޅުގަނޑަށް ރަނގަޅާއި ނުބައި އޮޅުން ފިލުވައި ދިނީތީއެވެ. މަންމަ އަޅުގަނޑަށް ދިނީ އަދަބެވެ. މިހާރު އެއްބައި މައިން ދަރިންނަށް އަދަބު ދިނުމުގެ ނަމުގައި އަނިޔާކުރާގޮތަށް އަނިޔާކުރީއެއް ނޫނެވެ. މަންމަ އަޅުގަނޑަށް ދިނީ ނަސޭހަތެވެ. މަންމައަކު ދަރިއަކާދިމާއަށް ކިޔަން ނުވާ ދަރަޖައިގެ އެއްޗެހި އަޅުގަނޑާ ދިމާއަށް ގޮވާ ހަޅޭއްލެވީއެއް ނޫނެވެ.

މަންމާއެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ހާދަހާ ބޮޑެތި ބުރަތަކެއް އުފުލައިފީމުއެވެ. އަޅުގަނޑުމެންގެ ކުރިމަގު އުޖާލާކޮށްދިނުމަށްޓަކައި މަންމަގެ އެތަކެއް އުފާތަކަކާއި ވަގުތުތަކެއް ޤުރުބާން ކޮއްފީމުއެވެ. އަދި މަންމަ މުސްކުޅިވީ ދުވަހުވެސް އަޅުގަނޑުމެންނަށް ޚިދުމަތްކޮށްދެމުން، މިހާރު ތިޔަ އަތުކުރި އޮޅާލީ މާމަދަރިން ބެލުމަށެވެ. އެކަމަކު ދުވަހަކުވެސް ތިޔަ ކޮއްދޭ ކަންކަމުގެ ބަދަލަކަށް ނޭދެމުއެވެ. މަންމައަށް އެހީތެރިވެދޭން އަޅުގަނޑުމެންނަށް އެއްވެސްކަމެއް ނުކޮށްދެވޭއިރުވެސް ތިޔަ މަންމަގެ އެއްވެސް ޝަކުވާއެއް ހިތްބުރަކަމެއް ނެތެވެ. އަބަދުވެސް ތިޔަ މަންމަގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އަބަދުވެސް ތިޔަ އިންނަނީ އަޅުގަނޑުމެން ކަމަކަށް އެދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެއީ ހަމަ މައިވަންތަކަމުގެ ކުލުނުހެއްޔެވެ؟ މަންމަ އަޅުގަނޑުމެންދެކެ ހަމަ އެހާ ބޮޑަށް ލޯބި ވޭހެއްޔެވެ؟ އަޅުގަނޑަށް ހަމަ ޔަގީނެވެ.

މަންމާއެވެ. މަންމަގެ ތިޔަ އޯގާތެރިކަމުން އަޅުގަނޑުމެން ތިޔަ ހަދައި ދިނީ ހާދަ ނަސީބުގަދަ ބަޔަކަށެވެ. ހާދަ އުފާވެރި ބަޔަކަށެވެ. އެކަން ދުވަހަކުވެސް އަޅުގަނޑު ހަދާންނައްތައެއް ނުލާނަމެވެ. މިހާރުގެ ގިނަ ޒުވާނުން އެމީހުންގެ މައިންބަފައިން މުސްކުޅިވާދުވަހު ނުބަލާ އެއްލައިލާ، ނޫންނަމަ ބަލަން ބޮޑުކަމަކަށްވެގެން އެމީހުންނަކީ ޖެހިފައިވާ ބަލާއަކަށް ހަދާގޮތަށް ތިޔަ މަންމައަކަށް ނުހަދާނަމެވެ. ތިޔަ މަންމަގެ ހިތުގަ ޖެހޭ އެންމެ ކުޑަ ލަފުޒެއްވެސް ނުބުނާނަމެވެ. އެއްވެސް ބާރެއްނެތް ކުޑަކުއްޖެއްގެ ގޮތުގައި އަޅުގަނޑު އޮތްދުވަހު ތިޔަ މަންމަގެ އޯގާވެރި އުނގުތެރޭގައި ބަލައި ބޮޑުކޮށް، އަޅުގަނޑު މީހަކަށް ތިޔަ ހެދި ހެދުން ފަނުފުލުން ދިޔަކަނުދޭނަމެވެ. މަންމަ ތިޔަ ކޮއްދެއްވާ އަގުނުކުރެވޭ ގިނަގުނަ ކަންތައްތަކަށް ޝުކުރުވެރިވާ ހާލު، ތިޔަ މަންމައަށްޓަކައި އަދި ދުނިޔޭގެ ހުރިހާ މައިންނަށްޓަކައި ހެޔޮ ދުޢާކުރުންމަތީ ދެމި ހުންނާނަމެވެ. މަންމައަށް ހެޔޮ ރަޙްމަތްލައްވާ ދިގު ޢުމުރެއްދެއްވާށިއެވެ. އާމީން!

“ހުރިހާ ދަރީންގެ ފަރާތުން އެންމެހާ މައިންނަށް އުފާވެރި މަންމައިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.”

ލިޔުނީ: ހާޝިމް އަބޫބަކުރު
މަސްދަރު: ކުޅުއްފުށި އޮންލައިން
ތާރީޚް: : Sunday, April 28, 2013 [0] ކޮމެންޓްތައް ފާހަގަ:

ސަަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . .

ލިޔުނީ: Unknown
ރަމަޟާން މަހަކީ އަޅުކަމާއި ތަޤުވާގެ މައްސަރެވެ. ދިވެހިންނަކީ ޒަމާނުއްސުރެން އަޅުކަންކުރުމުގައި ވެސް ނަމޫނާ ދައްކަމުން އަންނަ ބަޔެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. ފަރުޟު ފަސްނަމާދާއި ސުންނަތް ނަމާދުތަކާއި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ހިމެނެއެވެ.

މި ދެންނެވި އަޅުކަމުގެ އިތުރުން ރޯދަމަހަށް ޚާއްޞަ ކުޅިވަރުތައް ރާއްޖޭގެ ހުރިހައި ކަންކޮޅެއްގައިވެސް ކުޅެމުން އާދެއެވެ. މިދެންނެވިފަދަ ގިނަ ކުޅިވަރުތަކަކީ އަޅުގަނޑަށް އެނގިހުރި މަޢުލޫމާތު ކުށް ނޫންނަމަ ދީނީ ގޮތުންވެސް ފުށު އެރުންތަކެއް ހުރި ކުޅިވަރުތަކެއް ނޫނެވެ. މިދެންނެވި ކުޅިވަރުތަކުގެ ތެރޭގައި އޮށްވަޅު ކުޅުން، ފަސްއޮށް ކުޅުން، ތިންމުގޯލި ކުޅުން، ރާޒުވާ، ތިންހަމަ އާއި ވަގުފުލުސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

އަޅުގަނޑުގެ މި މަޒުމޫނުގައި އަލިއަޅުވައިލެވޭތޯ މަސައްކަތް ކޮށްލާނީ ރަމަޟާން މަހުގެ ތިން ދިހަ، ހައްދުންމަތީ ފޮނަދޫގައި ސަގާފީގޮތުން ފާހަގަ ކުރަމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެ ގޮތުން މި މަޒުމޫނުގައި އަމާޒު ކުރެވޭ ކަންތައްތައް އަތޮޅުގެ އެހެން ރަށްރަށުގައި ކޮށްއުޅޭތޯ ބަލައިލުމަށް ކުރެވުނު މަސައްކަތުން އެނގިގެން ދިޔައީ މިފަދަ ކަންކަން އަތޮޅުގެ އެހެން އެއްވެސް ރަށެއްގައި ވަކި ރަމަޟާން މަހުގެ ދިހަތަކަށް ޚާއްޞަކޮށްގެން ކޮށްފައި ނުވާކަމެވެ. ފޮނަދޫގެވެސް ތިން އަވަށް އޮންނައިރު ރޯދަ މަހަށް ޚާއްޞަކޮށްގެން މިކަންކަން ކޮށް އުޅުނީ ހަމައެކަނި ބަރާސިލު އަވަށުގައެވެ.

ރަމަޟާންމަހުގެ ތިން ދިހަ ބަހައިލެވިފައި އޮންނަނީ ވައިބަޑި ދިހަ އާއި ބުރަފަތި ދިހަ އާއި އަޑަސަރަކަ ދިހައިގެ މައްޗަށެވެ. މި ގޮތުގެ މަތީން ރަމަޟާން މަހުގެ ތިން ދިހައަށް ނަން ދީފައި މިވަނީ ހުނަރުވެރި، އުފެއްދުންތެރި 3 ކުޅިވަރެއްގެ މައްޗަށް ބިނާކޮށެވެ. އާދެ! ވައިބަޑި، ބުރަފަތި އަދި އަޑަސަރަކައިގެ މައްޗަށެވެ.

ފުރަތަމަ ދިހަ : ވައިބަޑި ދިހަ
ރޯދަމަހުގެ ފުރަތަމަ ދިހައަކީ ވައިބަޑި ދިހައެވެ. ވައިބަޑި ދިހައިގައި ކޮންމެ މީހަކުވެސް ވައިބަޑިއެއް ހެދޭތޯ މަސައްކަތް ކުރާނެއެވެ. އަދި ވައިބަޑި ހެދުމަށްފަހު ބަޑިއަށް އެންމެ އެކަށޭނަ އުންޑަ ނުވަތަ ވަޒަން ހޯދައިގެން ބާރަށް ގޮއްވޭތޯ ވެސް މަސައްކަތް ކުރާނެއެވެ.

ވައިބަޑި ތައްޔާރުކުރުމަށް އެންމެން ގޮސް އުޅެނީ ރަށުގެ ހޭޅިމަތިން ގޮސް ރަށުގެ ގޮނޑުދޮށުގައި މިހާރުވެސް ފެންނާން އޮންނަ ދަށޭ މިސްކިތުގެ ޤަބުރުސްތާނާއި އަވަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާއި ދެމެދު އޮންނަ 'ގާކޮޅު' ކިޔާ ސަރަޙައްދަކަށެވެ. މި ހިސާބަށް ގާކޮޅު ކިޔައިއުޅެނީ ކުރީ ޒަމާނުގައި ބަދިގޭގައި އުނދުން ޖެހުމަށް ގޮނޑުދޮށުން ކަނޑައިގެން ނަގާ މަށީގެ އާނު ގައު (އޮޅު ގައު) ކަނޑައި އުޅޭ ސަރަޙައްދަކީ އެ ހިސާބުގަނޑު ކަމަށްވާތީ ކަމަށް ބެލެވެއެވެ.

ގާކޮޅޭ ކިޔައި އުޅޭ ސަރަޙައްދުގެ ހޭޅިތެރެ އޮންނަނީ ރީތިކޮށް ނޮޅައި ސާފުކޮށްފައެވެ. އެހިސާބު މެދުގައި ހިކިފަނުން ބޮޑު ފަންފުންޏެއް ޖަހައިފައި ހުންނާނެއެވެ. ގައުކޮޅަށް ގޮސް ވައިބަޑި ތައްޔާރު ކުރުމަށް ބޭނުންވާ މައިގަނޑު ސާމާނު އެހިސާބުން ފަސޭހަކަމާއެކު ލިބެން ހުރެއެވެ. ބަޑީގެ ހޮޅިއަށް ބޭނުންކުރަނީ ހިކިފައި ހުންނަ މަގޫ ގަހުން ކަނޑައިލާ މަގޫ ދަނޑީގެ މަދު ނަގައިގެންނެވެ. ނުވަތަ ހެޔޮވަރުގެ އޮނުބަދައެކެވެ. ބަޑީގެ ފޮލިސާއަކަށް ނުވަތަ ޕިސްޓަނަކަށް ބޭނުންކުރަނީ ދަކަނދާ ގަހުގެ ލަކުޑި އެވެ. ކޮންމެއަކަސް، ރަނގަޅު ފޮލިސާއަކާއި ރަނގަޅު އޮނުކޮޅެއް ހޯދުމަށްފަހު އޭގެއިން ވައިބަޑި އެއް ތައްޔާރުކޮށް އެއަށް ވަޒަން ހޯދަނީ ކުރިން ބުނިހެން ގޮބޮޅި އާއި މިރީގެ ކިހާއް ގަނޑުން ނުވަތަ ވަނދު ބަނބުކެޔޮ، ފަޅޯ ފަދަ ތަކެތިންނެވެ.

ޒަމާނަށް އަންނަމުންދާ ބަދަލާއި އެކު ވައިބަޑިއަށް ވެސް ތަރައްޤީގެ ކުލަވަރު ޖެހި، ބަޑި ހަދާން ބޭނުންކުރާ ތަކެތި ތަފާތުވާންފެށިއެވެ. ވައިބަޑި ހެދުމަށް ބޭނުންކުރުމަށް އެކަށޭނަ ހޮޅިއެއްގެ ގޮތުގައި ދިވެހިންނަށް އޭރު މަޝްހޫރުވި 'ރެޑްލީފް' ގަލަމުގެ މައިގަނޑު ބޭނުން ކުރަން ފެށުނެވެ. މިދެންނެވި ހޮޅިން ގަލަމުގެ ބައިން ހަދާ ބަޑިއަށް އެންމެ އެކަށޭނަ ވަޒަނެއްގެ ގޮތުގައި ބޯށި ގަހުގެ މޭވާ ކަމަށްވާ ބޯށި އޮށް ބޭނުންކޮށް އުޅުނެވެ. ހަމަ އެހެންމެ ޅަ ފަޅޯ ވެސް މިވައްތަރު ވައިބަޑިއަށް ވަރަށް އެކަށީގެންވާ އެއްޗަކަށް ވެގެން ދިޔައެވެ.

ވައިބަޑީގެ ވަޒަން ގޮބޮޅިން ނުވަތަ ވަނދު ބަނބުކޭލުން ހަދައި އުޅުނީ ދޯރިއެއް (ކޯންއެއް) ގެ ސިފައިގައެވެ. ވަޒަން ހެދުމަށްފަހު ބަޑީގެ ހޮޅިގަނޑަށް ވަޒަން ޖެހުމަށްފަހު ފޮލިސާ ބޭނުންކޮށްގެން ގަދަބާރުން އެ ވަޒަން، ބަޑީގެ ފޮލިސާއާއި ވީކޮޅުން ކޮއްޕާލުމަސްފަހު ހޮޅިގަނޑުގެ ކޮޅުން ކުޑަތަންކޮޅެއް ނެރެލައެވެ. އެއަށްފަހު އަނެއްކާ ވެސް އެހެން ވަޒަނެއް ބަޑީގެ ތެރެއަށް އިހު ބުނިފަދައިން ލައްވައެވެ. މިފަހަރު ވަޒަން ލައްވަނީ ބަޑީގެ ހޮޅިގަނޑުގެ ތެރެއަށް އަނގައިން ފުމެ، ވައިކޮޅެއް ފޮނުވައިލުމަށް ފަހުގައެވެ. މި ވަޒަން ލެއްވުމަށްފަހު ފޮލިސާއިން ބާރަށް ކޮއްޕައިލުމުން 'ޕޮއް' ކިޔައިފައި އަޑެއް އިވުމާއެކު ބަޑީގެ ކޮޅުން ފުރަތަމަ ލެއްވި ވަޒަން ނިކުމެގެން ދެއެވެ.   (ކުރިއަށް އޮތީ ....... ދެވަނަ ދިހަ : ބުރަފަތި ދިހަ)
-------------
(ނުނިމޭ)
ތާރީޚް: : Sunday, April 21, 2013 [0] ކޮމެންޓްތައް ފާހަގަ:

ލާމު އަތޮޅުންވެސް މިހާރު ރިއަލިޓީ ފެންނަން ފަށައިފިއެވެ.

ލިޔުނީ: Unknown
ރައީސް ނަޝީދު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ކުލަޔެލޯ
ރިއަލިޓީ ނުވަތަ 'ޙަޤީޤަތޭ' ބުނެ އޮޅުވާލުމަކީ ބައެއް ސިޔާސީ ވެރިންނާއި ބޮލަށް ފިތިފައި ތިބޭ ތާވަޅައެއް ގޮތަށް ސިޔާސީ މައިދާނުގައި އުޅޭ ބައެއް ސިޔާސީ ފަރާތްތަކުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. އެހެނަސް ރިއަލިޓީ ފޮރުވާފައި ބޭއްވުން ވާނީ ކުރަން އުނދަގޫ ކަންތައްތަކުގެ ތެރޭގައި ހިމެނޭނެ ކަމަކަށެވެ.

ރައީސް ނަޝީދު އެމްޑީޕީ ސަރުކާރާއި އެކު މަސައްކަތް ފަށައި އެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ 'ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުން' އިފްތިތާޙީ ޙަފްލާ ބޭއްވީ ލ. އަތޮޅުގައެވެ. މަޢުމޫނު ސަރުކާރުގެ ބައެއް 'މާލެވަންތަ ބޮޑުން' ބުނާގޮތުން ހައްދުންނައްޓާފައި ތިބޭ މީހުންގެ އަތޮޅުގައެވެ.

ކޮންމެއަކަސް ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ވާހަކަތައް އެމްޑީޕީ ސަރުކާރުން ދައްކަން ފެށުމުން އެކަމަށް އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ލައްކަ ގިނަ ހަޖޫ ޖެހިއެވެ. ނުވާނޭ ކަމެއް ކަމަށް ބުނެ ބާޖުމަރާ (ބެޓްކުރާ) ހިސާބަށް ދިޔައެވެ. ތަންކޮޅެއް ކުރީ ޒަމާނުގައި ނަމަ ބޯފޮޅި އަޅަން ނަދުރު ބުނީސްކަން ކަށަވަރުވާހާ ގިނަ ގޮތްގޮތަށް އެމްޑީޕީ ސަރުކާރަށް މަލާމާތާއި ފުރައްސާރަ ރައްދުވެގެން އައެވެ. އެމްޑީޕީ ޢާއްމު މެންބަރުންނަށް ވެސް އަމާޒު ކޮށް އެކަންކަން ހިންގަމުން ދިޔައެވެ.

ނަމަވެސް ރިއަލިޓީ އަކީ މިހާރު އަތޮޅުގެ ކޮންމެ ރަށަކަށް ދިހަވަރަކަށް ރުފިޔާ ހޭދަކޮށްގެން ދަތުރު ކޮށްލޭކަމެވެ. އަންނި އަށް ގަންޖާބޯ ކިޔަމުން، އެމްޑީޕީ އެންމެންނަކީ ރާބޮއެ، މަސްތުވާ ތަކެތި ބޭނުންކުރާ ބައެއްކަމަށް ކިޔަމުން، ނުވީތާކަށް އަންނި ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވެޔޭ ކިޔަމުން އަރާ މިތިބެނީ އަންނި ސަރުކާރުން ފެށި ދަތުރު ފަތުރު ކުރުމުގެ ނިޒާމުން ދުއްވަމުންދާ ފެރީ އެއްގައެވެ. ލޯކަލް ކައުންސިލް އިންތިޚާބްގައި އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި ފަރާތްތަކުން އަތޮޅުގެ ރަށްރަށަށް މި ދެންނެވި ފެރީގައި ގޮސް ފައިބާ އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މި ބުނަނީ އަންނި ސަރުކާރުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އެހެންވީމާ ރިއަލިޓީ މިއޮތީ ކިހާ ރީތިކޮށް ހާމަވާން ދޮގެއްތޯއެވެ. މިޔަރެއްގެ ބަނޑުދަށުގައި ތަތްކޮށްގެން އޮންނަ އައްޓަމަހެއް (ޝާކް އެންޑް ރެމޯރާ ފިޝް) މިޔަރަށް އެއްޗެތި ނުގޮވާ، އެސޮރަށް ފަސޭހައިން ކާނާ ލިބޭތީ، އޭގެ ބަދަލުގައި މިޔަރުގެ ހަންގަނޑު ސާފުކޮށްދެނީ ޝުކުރުވެރިކަމާއި އެކުގައެވެ. މިވެސް ރިޔަލިޓީއެކެވެ. ޤުދުރަތުގެ ފުރިހަމަ ކަމާއި އިންސާނުންނަށް ނަމޫނާއަކަށް މާ ރަނގަޅަށްވެސް ފުދޭނެ ރިޔަލިޓީ އެކެވެ.

އެހެން ރިޔަލިޓީއެކެވެ. ކާބޯތަކެތީގެ އަގު މަތިވެގެން ގޮސް އަނގަޔާ އަތާ ދިމާނުވެ، ފޮނަދުއާއި ލ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް 'ލައްކަ ބޮޑެތި' މުޒާހަރާތައް ކޮށްފައިވެއެވެ. އައްނި ނުވަތަ އެމްޑީޕީ ވެރިކަން ނިމިގެން ނޫނީ ތަކެތީގެ އަގުހެޔޮ ނުވާނެ ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް މިއަދުގެ ރިޔަލިޓީ އަކީ ކޮބައިތޯއެވެ. ފިޔާ ކިލޯއެއް 3 ރުފިޔާޔަށް ލިބޭތޯއެވެ. ޕެޓްރޯލް ލީޓަރެއް 5 ރުފިޔާއަށް ތިރިވެއްޖެތޯ އެވެ. ނޫޑްލްސް ޕެކެޓެއް 2 ރުފިޔާއަށް ދަށްވެއްޖެތޯއެވެ. ރިއަލިޓީ ކޮބައިތޯއެވެ.

"އެމްޑީޕީ އަކީ ލާދީ ބައިގަނޑެކެވެ. އެމްޑީޕީ ސަރުކާރަކީ ލާދީނީ ސަރުކާރެކެވެ." މިވެސް އަބަދު ގޮވަމުންދިޔަ އަދި މިހާރުވެސް ގޮވަމުންދާ ވާހަކަ ތަކެކެވެ. ދީން ހިމާޔަތް ކުރަން ޕީޕީއެމް ހޮވުމަށް ގޮވާ މޮޔައިންވެސް ފެންނަމުން އަންނަ މި ރާއްޖޭގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް ނަގާފައިވާ ވެރިޔަކީ ލާދީނީ މީހެކޭ، އޭނާގެ ދަރިންނަކީ 'ކާލީމާ' އާއި ކިރިސްޓިއަން ދީނަށް ތަބާވާ ބައެކޭވެސް ކިޔާ އަޑު މިހާރު އިވެމުން ދެއެވެ. މިވެސް ރިއަލިޓީއެވެ.

ބަޣާވާތަށްފަހު އެމްޑީޕީ ނައްތާލުމަށް ދިވެހި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު، ބަޣާވާތުގެ ބޮޑުންގެ ބަހަށް ވަރަށް ނޭއްގާނީ ގޮތެއްގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަންފެށިކަމީވެސް ރިއަލިޓީއެކެވެ. މިގޮތުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ބަދުނާމުކުރުމަށް ހީވެސް ނުކުރާކަހަލަ ބޮޑެތި ޖަރީމާތައް ހިންގިކަމީވެސް ރިޔަލިޓީ އެކެވެ. ނަމަވެސް އެހުރިހާކަމެއް ފަނުފުލުން ދިޔައީ ﷲ ތަޢާލާ އަބަދުވެސް ނަސްރު ދެއްވަނީ ޙައްޤަށް ކަމަށް ވަޙީ ބަސްފުޅުގައި އައިސްފައި ވާތީކަން މިއަދު މި ޤައުމުން ފެންނަ ބޮލުރޮދި ކޮށިފައިވާ ހައެއްކަ ޝައިޚުން ފިޔަވާ ދެންތިބި މީހުން ދަންނާނެއެވެ.

އެމްޑީޕީގެ ފަތުރުވެރިކަމުގެ ސިޔާސަތު އިފްތިތާޙް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަޑައިގެންނެވީ ލ. އަތޮޅަށްކަމީ އޮޅުވާލާ މީހުން އެހެން މަންޒަރެއް ދައްކަން އުޅުނަސް ރިޔަލިޓީއެކެވެ. މި ރިޔަލިޓީގެ ތެރެއިން ފެނިގެން ދިޔައީ އެއަށްވުރެން ބޮޑު ރިޔަލިޓީއެކެވެ. ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް ކައްދު ބަންޑުންވާ ވަރަށޭ ބުނެވޭހާ ގިނަ ޢަދަދަކަށް ދިވެހި ރައްޔިތުން އެދުވަހު ކައްދުއަށް ގޮސްތިބި ކަމީ ހާދަހާ ބޮޑު ރިޔަލިޓީ އެކެވެ. 'މަރާލިޔަސް އެމްޑީޕީ' ޖަހައިގެން ގަންޖުފަރާތް ލައިގެންތިބީ ޒުވާނުންނެވެ. ރައީސް ނަޝީދުގެ އެ ދަތުރުފުޅުގައި އެރުއްވި ކޮންމެ ރަށަކުން ފެނިގެން ދިޔައީ މި ދަންނަވާ ރިޔަލިޓީ އިނގޭތޯއެވެ. ލ. އަތޮޅުގައި އެމްޑީޕީގެ ކުލަވަރު އެންމެ ފަނޑުކަމަށް ކިޔާ ލ. ފޮނަދޫންވެސް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި ފެނިފައި ނުވާފަދަ ބޮޑު ތަރުޙީބެކެވެ. ފެނިގެން ދިޔައީ ލާމު އަތޮޅުންވެސް މިހާރު ރިއަލިޓީ ފެންނަން ފަށައިފި ކަމެވެ. ޤައުމުގެ އެކި ކަންކޮޅުތަކުންވެސް ފެންނަމުން ދަނީ މިދެންނެވި ރިޔަލިޓީއެވެ. މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އެމްޑީޕީ އާއި ގުޅުނު ފަދައިން ހީވެސް ނުކުރާފަދަ ވަރުގަދަ ޝަޚްޞިއްޔަތުތައް ކުރިއަށް އޮތް ތަނުގައި ޕާޓީ އާއި ގުޅިގެން އަންނަތަން ފެންނަން ފެށުމުން ރާއްޖޭގެ މަޝްހޫރު 'ރިއަލިޓީއަށް' ވެސް އަސްލު ޙަޤީޤީ ރިއަލިޓީ އަކީ ކޮބައިކަން އެނގިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ނަމަވެސް އެހެން ރިއަލިޓީއެއްވެސް މި ރާއްޖޭގައި އެބަ ގެންގުޅެއެވެ. އަސްލު ރިޔަލިޓީ އެނގުނަސް އެ ރިއަލިޓީ ވަޅުލުމަށް މަސައްކަތް ކުރަމުން އަންނަ ބަޔަކު އުޅޭކަމީވެސް ހަމަ ރިއަލިޓީއެކެވެ.

ނަމަވެސް ހައްދުންމަތިންވެސް އަދު ފެންނަމުން ދަނީ ބާޠިލްގެ މައްޗަށް ޙައްޤު ގަދަވެގެންގޮސް ރިއަލިޓީ ފެންނާން ފަށާފައި ވާކަމެވެ.
ތާރީޚް: : Sunday, April 14, 2013 [0] ކޮމެންޓްތައް ފާހަގަ:

ވިއްސާރަ - ބާރިޝް ގެ ތަރުޖަމާއެއް

ލިޔުނީ: Unknown
ތަރުޖަމާ: ޝަމްސުލް ފަލާޙް
އެއްވެސް މަޢުނައެއް ނެތް މި ނުކުތާތައް ގުނަމުން ގެންދަންވީ ކިހާއިރެއް ވާންދެން ހެއްޔެވެ؟
ހަނު ކަމުގެ އަޑު ތަކުރާރުވަމުން ދާނީ ކިހާއިރެއް ވާންދެން ހެއްޔެވެ؟
މަގުތައް މަތީގައި ބަޅިނދުތައް ފިޔަވައި އެހެން އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނެތެވެ.
ވިއްސާރައިގެ ސަބަބުންނެވެ.
ތާރީޚް: : Saturday, April 6, 2013 [0] ކޮމެންޓްތައް ފާހަގަ:

މިއީ ސިޔާސީ ވުމެއް ނޫނެވެ. މިއީ މުރުތައްދު ވުމުގެ ސިފައެކެވެ.

ލިޔުނީ: Unknown
މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މަތިވެރިކަމުން އެކަލާނގެ އުފައްދަވާ އަޅުގަނޑުމެންނަށް ރިޒުޤު ކުރައްވާފައިވާ ތަކެތީގައިވަނީ ތަފާތު ކުލަތައް ޖައްސަވާ އެކުލަތަކަކީ އެ އެއްޗަކަށް އެންމެ ގުޅޭ އެންމެ ކަމުދާ ކުލަ ކަމުގައި ލައްވާފައެވެ. މަތީގައިވާ ފޮޓޯއިން އެފެންނަނީ މާތްﷲ ގެ ކުޅަދުންވަންތަކަމުގެ މިއުސޫލަށް ގޮންޖަހާ އެބައި މީހުން އެކަނލާންގެއަށް މަލާމާތްކުރުން ނޫން ފަހެ ކޮންކަމެއް ބާއެވެ. މިއީ މި ރާއްޖޭގެ ކޮންމެވެސް ރަށެއްގެ މަދު ބޭފުޅުންކޮޅެއްގެ ހާލަތު އަދު ހުރި ގޮތެވެ.
ތާރީޚް: : Monday, April 1, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ބަރާބަރު ޕްރީ ސްކޫލެއްގެ 10 ސިފަ

ލިޔުނީ: Unknown
ފޮނަދޫގައި މިއަހަރު ހުޅުވުނު ބަރާސިލް އެކުވެރި ރައްޔިތުންގެ ޕްރީސްކޫލް ނިންމުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: ބައްރު ކްލަބް
ޒަމާނީ ތަޢުލީމުގެ އޮނިގަނޑު ބިނާވެފައި އޮންނަގޮތުން ކުރިއާއި ޚިލާފަށް އަޅުގަނޑުމެންގެ ދަރިންގެ ޢުމުރުން 3 އަހަރުން ނުވަތަ 4 އަހަރުން އުނގެނުމުގެ މަރުޙަލާ ފަށައެވެ. މިދެންނެވީ ޕްރީސްކޫލަކަށް ނުވަތަ އެފަދަ ކޮންމެވެސް ތަނަކަށް ގޮސްގެން އުނގެނެން ފަށާ ވާހަކައެވެ. މިގޮތުން އިޚްތިޔާރުކުރާ ޕްރީ ސްކޫލަކީ ފެންވަރު ރަނގަޅު ތަނެއްކަމުގައި ވުމަކީ ކުއްޖާގެ ތަޢުލީމީ ޙަޔާތުގެ ކުރިމަގު އުޖާލާކުރުމަށް އަޅައިދެވޭ އެންމެ މުހިންމު، ފުރަތަމަ ފިޔަވަޅު ކަމުގައި ތަޖްރިބާކާރުން ވިދާޅުވެއެވެ.
ތާރީޚް: : Wednesday, March 27, 2013 [0] ކޮމެންޓްތައް ފާހަގަ:

ޕީޕީއެމް ޕްރައިމަރީ – ލ. އަތޮޅުން ތާއިދު ބޮޑީ އުމަރު ނަސީރަށް!

ލިޔުނީ: Unknown
އުމަރު ނަސީރުގެ "ކޮމާންޑް ސެންޓަރު" ގައި އުމަރާއި އިލްޔާސް
"ޕީޕއެމް އަކީ ލ. އަތޮޅެވެ. ލ. އަތޮޅަކީ ޕީޕީއެމް އެވެ. ލ. އަތޮޅުން ޕީޕީއެމް އަށް އެންމެ ބޮޑު ތާއިދެއް އޮންނާނީ ފޮނަދޫގަ އެވެ." މިއީވެސް ސިޔާސީ މައިދާނުގައި ސިޔާސީވެރިންނާއި ސިޔާސީވުމަށް ސިޔާސަވެގެން އުޅޭ ބައެއް ވެރިން ދައްކަވާ ވާހަކަ ތަކަކެވެ. މިއީ ޙަޤީޤަތެއްވެސް އެކުލެވޭ ވާހަކަ ތަކެއް ކަަމަށް ދެންނެވެން އެބައޮތެވެ. ނަމަވެސް މިކަމުގެ ތަފްޞީލަށް، މިލިޔުމުގެ ހުންގާނު ނެގެހެއްޓުމުގެ ބަދަލުގައި އެ ހުންގާނު މި ދީއްލާލަނީ މަތީގައިވާ މަޢުޟޫއާއި ދިމާއަށެވެ.
ތާރީޚް: : Friday, March 22, 2013 [0] ކޮމެންޓްތައް ފާހަގަ: ,

ދަނބިދޫ މީހުން ޖެހީބެރަށް ވީވަރެއްނޮ ތެވޫ

ލިޔުނީ: Unknown
ދަނބިދޫ ބޮޑުބެރުޖަހާ ޒުވާނުންކޮޅެއް  ކައިރީގައި މާރިޔާ - ފޮޓޯ: ދަނބިދޫ ޑޮޓް ކޮމް
މިއީ އަތޮޅުގައި ބޭނުންކުރެވެމުން އަންނަ މިސާލު ބަހެކެވެ. ތުން ތުން މަތިން އިވިފައިވާ ގޮތަށް މި މިސާލު ބަހަށް ބަލައިލާނަމެވެ.
ލިޔުނީ: Unknown

ވައިގެ ދަތުރުފަތުރު ކުރުމުގައި އުދުހެމުންދާ މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްބާވައޭ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ މިފަދަ އިންސިޑެންޓްތައް (ޙާދިޘާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންތައްތައް) މިއީ މަދުންނަމަވެސް ރާއްޖެއިންވެސް ކުރިމަތިވާ ކަންކަމެވެ. ދާދިފަހުންވެސް ކައްދޫން ފުރައިގެން ގަމާއި ދިމާ މަތިން މައްޗަށް އަރަމުންދިޔަ (ކްލައިމްބް ކުރަމުން ދިޔަ) ބޯޓަކަށް ކުދިބަޔަކުވަނީ ފެހިކުލައިގެ ބާރުގަދަ ލޭޒަރ ލައިޓެއް އަޅުވާފައެވެ. އަދި މިކަމަކީ މަދުން ނަމަވެސް މި ސަރަޙައްދުގައިވެސް ހިނގަމުން އަންނަ ކަމެކެވެ.