އިސްލާމް ދީނުގެ ދިފާޢުގައޭ، ވަޙްދަތޭ ކިޔައިގެން 7 ފެބްރުއަރީ 2012 ވަނަ އަހަރު ބަޣާވާތަކުން ވެރިކަމަށް އަރާ ހުންނެވި ވަހީދު ޙަސަން މަނިކު ލ. އަތޮޅަށް ކުރެއްވި ދަތުރެއްގައި މަރުޙަބާ ކިޔުމަށް ސްކޫލެއްގެ ދަރިވަރުން ލައްވާ ނެއްޓުވިއެވެ. މިކަން އިސްލާމިކް މިނިސްޓަރ ޝަހީމް އާއި ހިއްސާކުރުމަށް އެމަނިކުފާނަށް ގުޅާލުމުން ކަންވީގޮތަށް ބަލައިލުމުން މި ބޭފުޅާ އިސްލާމްދީން ހިމާޔަތް ކުރައްވާ ވަރު އަޅުގަނޑަށް އެނގިގެން ދިޔައެވެ.
އަޅުގަނޑު: އައްސަލާމު ޢަލައިކުމް، އަޅުގަނޑު މި ގުޅާލީ ތިބޭފުޅުން ދީން ހިމާޔަތް ކުރުމަށް ގެނައި ސަރުކާރުގެ ވެރިމީހާ މާދަމާ ލ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މަރުޙަބާ ދެންނެވުމަށް ސްކޫލެއްގެ އަންހެންކުދިން ލައްވާ ނެށުމެއް ތައްޔާރުކޮށް އެކަން ކުރަން އުޅޭތީ އެވާހަކަ ދަންނަވާލަން
ޝަހީމް: ތިފަދަ ވާހަކަތައް ދައްކުވަން އަޅުގަނޑާ ނުގުޅުއްވާތި. ތީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. (ރުންކުރުވެފަ ރުޅިވެރިކަމާއެކު)
އަޅުގަނޑު: އަޅުގަނޑު ކޮންމެހެން ވަހީދުގެ ވާހަކަ ދައްކާހިތަކުން ނޫން އިނގޭތޯ. އެކަމަކު ތިބޭފުޅުން އިސްލާމް ދީނުގެ ހިމާޔަތުގައި ގެނައި ވެރި މީހާއަށް މަރުޙަބާ ކިޔުމަށް މިފަދަ ކަމެއް ކުރުވާތީ ހިތަށް އެރީ ތިބޭފުޅާއާ ހިއްސާކޮށްލަން ޖެހޭނެކަމަށް.
ޝަހީމް: އަޅުގަނޑު މިދެންނެވީ ނޫންތޯ، ތިފަދަ ވާހަކަތައް އަޅުގަނޑަށް އަންގަން ގުޅުއްވާނެ ކަމެއް ނެތޭ!! (މިހެން ބުނެފައި ޕައްކިޔާފަ ފޯނު ކަނޑާލި)
ދަންނަވާލެވުނީ ހަމަ ޙަޤީޤީ ވާހަކަ ތަކެކެވެ. އިސްލާމިކް މިނިސްޓަރ ޝަހީމް ދެއްވި ޖަވާބުން އަޅުގަނޑު ހައިރާނެއް ނުވަމެވެ. އެހެނީ އެބޭފުޅާއާއި އަދި އެގޮތަށް ދީނޭ ކިޔައިގެން ސިޔާސީ ފައިދާ ނަންގަވަން އުޅުއްވާ ބޭފުޅުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އަޅުގަނޑަށް އެނގެއެވެ. އެކަމަކު ވިސްނާލަންޖެހޭ ކަމަކީ ދީނަށް އެހާބޮޑަށް ލޯބިކުރައްވާ އަދި އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކު، މި ދެންނެވިފަދަ ނެށުމެއް ސްކޫލެއްގެ އަންހެންކުދިންތަކެއް ލައްވާ ނައްޓުވައި ޤައުމުގެ ވެރިމީހާއަށް މަރުޙަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ ވާހަކަ ބުނުމުން ދެއްވަންވީ މިފަދަ ފިނޑި ޖަވާބެއްތޯއެވެ. އެ ޖަވާބު ދެއްވި އިރު 'ދީން ހިމާޔަތްކުރުން މަތިން ހަނދުމަނެތިވެ، ދުނިޔެވީ މަންފާއަށް' ހަވާ ނަފުސު ދޫކޮށްލެއްވީ ކަމަސްވެސް ވެދާނެއެވެ.
ކުއްލި ޚަބަރު
Recent Post
">
ފޯނު ކަނޑާލި ގަޑީގައި ހަމަ ޕައް ކީ ހެއްޔެވެ! ތި ފޯން ކޯލްގެ ރެކޯޑިންގ އޮތްނަމަ މިހަބަރު ތެދުކަމުގައި ބެލެވެނީހެވެ.
ReplyDeleteތިބޭފުޅާގެ ބޯގަޅި ކަމާއެވެ. ކަލޭ ގުޅަން އެންމެ ރަނގަޅީ އިސްލާމިކް މިނިސްޓްރީ ތޯ ނޫނީ އެ ނެށުން ތައްޔާރު ކުރުވާ މަދަރުސާ އަށް ތޯ؟
ReplyDelete