ލިޔުނީ: Unknown
ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށާއި އަދި އެ މައްސަލަ ޝެޑިއުލްކޮށްފައިނުވާ ކަމަށެވެ.
ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހައިކަންހާ އިރު ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ދުއްވާފައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރިއާއި ދަގަނޑުބުރިން އޭނާ އަށް ހަމަލާދީފައިވާ ކަމަށެވެ.
އެ މީހުން ނިޒާރަށް ދިން ހަމަލާގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.
އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މަރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން އިސްދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް އިސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ ސްޓޭޝަނުން ކުރަމުންދިޔަ މަސައްކަތުން މިމަހުގެ 11 ވަނަ ދުވަހު ހެނދުނު 08:50 ހާއިރު އިސްދޫއިންނެވެ.
ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ އަތުލައިގެންފައިވަނީ އިސްދޫއަށް އައި ބޯޓަށް އެރުމަށްފަހު އެ ބޯޓުން ފައިބައިގެންގޮސް ސައިކަލަކަށް އަރާ ދުއްވާލިތަނުންނެވެ. އަދި އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް ފިލްމް ހުސްކުރި ދަޅެއް ވަނީ އެއްލާލާފައެވެ. ރަތްކުލައިގެ އިންސްލޭޝަން ޓޭޕް އަޅާފައިވާ މި ދަޅު ނަގައި ބަލައިފާސްކުރުމުން އެދަޅުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއްވެސް ފެނިފައިވެއެވެ.
މި މައްސަލަ ލ. އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ލިޔުނީ: Unknown
ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ހެނދުނު 09:15 ހާއިރުއެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާއިރު ކާރަށް ވަނީ ބޮތެޑި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ކާރުގެ ކުރީކޮޅު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ކާރު ޖެހުނު ރުއް ވަނީ ބިމުން ލުހި، ބިންދައިގެންގޮސް ފައެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ސިނާއީ މަގުން މުކުރިމަގުން ތުނޑީ އަވަށާ ވީކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިދަނިކޮށް ކާރު ކޮންޓްރޯލް ނުވެ ގޮސް މަގު މެދުގައި ހުރި ރުކެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިނީ ކުޑަކުއްޖެކެއެވެ.
މި އެކްސިޑެންޓް ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ލިޔުނީ: Unknown
ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަދޫ ދާޢިރާގެ މެންބަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ޢަބްދުއްރަހީމް ޢަބްދުﷲ އަށްވެސް ޓިކެޓް ކަށަވަރުވެއްޖެއެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ 13 ބޭފުޅަކަށް ޓިކެޓު ކަށަވަރުވެފައި ވަނީ އެ ދާއިރާތަކަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނުވަ މެމްބަރަކު ހިމެނޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ލ. ފޮނަދޫ ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މިހާރު ވެސް މެމްބަރު އަދި ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށެވެ.
ވިލިމާފަންނު ދާއިރާގެ ޓިކެޓު މިހާރުވެސް އެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ނިހާން ހުސައިން މަނިކަށް ކަށަވަރުވި އިރު ގަލޮޅު ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފަށެވެ.
އޭދަފުށީ ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އަށް ކަށަވަރުވިއިރު ފ. ނިލަންދޫ ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށެވެ.
ހއ. ކެލާ ދާއިރާގެ ޓިކެޓު ކަށަވަރުވީ ހދ. ވައިކަރަދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އަލީ އާރިފަށެވެ.
ދިއްގަރު ދާއިރާގެ ޓިކެޓް އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމަށް ކަށަވަރުވިއިރު ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވީ އެ ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދަށެވެ.
ވިލުފުށީ ދާއިރާގެ ޓިކެޓު އެ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ކަށަވަރުވިއިރު ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުވީ މުހައްމަދު ރިޔާޒު (ވޮލީ ރިޔާޒު) އަށެވެ.
ޕީޕީއެމްގެ އޮފިޝަލް ވިދާޅުވީ ވޮލީ ރިޔާޒަށް އެ ދާއިރާ ކަށަވަރުވީ އެ ދާއިރާ އަށް ކުރިމަތިލެއްވި އަނެއް ކެންޑިޑޭޓް ނަން އަނބުރާ ގެންދެވުމުން ކަމަށެވެ.
ތ. ގުރައިދޫ ދާއިރާގެ ޓިކެޓް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން މަނިކު ދޮންމަނިކަށް ކަށަވަރުވި އިރު ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް ކަށަވަރުވީ ގދ. ތިނަދޫ ފަތިސް ސައުދުﷲ ހިލްމީ އަށެވެ. އަދި ބާރަށު ދާއިރާގެ ޓިކެޓު ކަށަވަރުވީ ހއ. ބާރަށް ސައުދީމަންޒިލް އިބްރާހިމް ސުޖާއު އަށެވެ.
އޮފިޝަލް ވިދާޅުވީ ބާކީ ހުރި ދާއިރާތަކަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވާފައިވާތީ އެ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ކަމަށެވެ.

ޚަބަރު: ސަން އޮންލައިން
ލިޔުނީ: Unknown
ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ޕެކެތްތަކަކާ އެކު 4 މީހަކު ލ.ގަން ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނޮގޮސްފިއެވެ.
މި ދެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޢުމުރުން 22 އަހަރުގެ ތިން ފިރިހެނަކާއި އަދި ޢުމުރުން 19 އަހަރުގެ ފިރިހެނެކެވެ.
މި މީހުންގެ ތެރެއިން ޢުމުރުން 19 އަހަރުގެ ފިރިހެން މިހާއާއި 22 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. މާމެންދޫ އަށް ބަޔަކު މީހުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2014 ޖެނުއަރީ 31 ވަނަދުވަހުގެ 17:35 ހާއިރު ލ.މާމެންދޫ ބަނދަރަށް އެމީހުން ދިޔަ ދޯނި ލެފިތަނުންނެވެ.
މި ދޯނި ލެފުމާއެކު އެ ދޯންޏަށް ފުލުހުން އަރައި ބަލައި ފާސްކުރިއިރު ދޯނީގެ ވީލް ހައުސް ތެރެއިން މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ބުލެޓް ސައިޒުގެ 13 ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. މީގެއިތުރުން މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޢުމުރުން 19 އަހަރުގެ މީހާގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓުކުރިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޢުމުރުން 22 އަހަރުގެ އަނެއް ދެމީހުން ގެންގޮސްފައިވަނީ ލ. ގަން ޕޮލިސް ސްޓޭޝަނުން ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 2 ފުޅި ހިފައިގެން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް 2014 ޖެނުއަރީ 30 ވަނަދުވަހުގެ 15:30 ހާއިރު ލ.ގަން މަތިމަރަދޫ އަވަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި ދެމީހުން ސައިކަލުގައި މަތިމަރަދޫ އަވަށުން ދުއްވާފައި ދަނިކޮށް ފުލުހުން މަޑުކުރުމަށް އެންގުމުންވެސް މަޑުނުކޮށް ފިލަން މަސައްކަތްކޮށް މަޑުކުރަން އެންގި ފުލުހުންގެ ގައިގާ ސައިކަލުން ޖައްސާ ސައިކަލް ދުއްވަން އިން މީހާ ވަނީ އެވަގުތު ފިލާފައެވެ. ނަމަވެސް ފަހަތުގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު އޭނާ އަތުން ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅިވަނީ ފެނިފައެވެ.
އަދި މި މައްސަލާގައި ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ފިލި މީހާ ކޯޓު އަމުރެއްގެ ދަށުން 2014 ޖެނުއަރީ 31 ވަނަދުވަހުގެ ވަގުތެއްގައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންވެސް އެވަގުތު ތިބީ މަސްތުގެ ޙާލުގައި ކަމަަށާއި ދެމީހުންގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓުކުރިިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލާގައި ސައިކަލުން ޖެއްސުމުގެ ސަބަބުން ދެފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެގޮތުން އެއް ފުލުހެއްގެ ކަނާއަތު ފައިގެން ކަށިމަތި ފަޅައިގެންގޮސް ދުޅަވެފައިވާކަމަށާއި އަނެއް ފުލުސްމީހާގެ ކަނާއަތު ފަލަމަސްގަނޑު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.
މި ދެމައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤުކުރަމުންނެވެ.
މި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 4 މީހުންނަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގެ ރެެކޯޑް މޯލްޑިވްސް ޕޮލިސް ސަރވިސް ގައި އޮންނަ 4 މީހުންނެވެ.

އެމްއެންޑީއެފުން ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މެޑިކަލް ކޭމްޕް ކާމިޔާބުކަމާއެކު މިމަހުގެ 2 ވަނަ ދުވަހު ނިންމާލައިފިއެވެ.
އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ކުރިއަށް ގެންދިޔަ މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، އަދި އެމްއެންޑީއެފް ސަދަން އޭރިއާގައެވެ. މިމަހު 27 ން ފެބްރުއަރީ 2 އަށް ކުރިއަށް ގެންދިޔަ މިކޭމްޕްގައި ރައްޔިތުންގެ ތެރެއިން ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކި ތިބި 1830 ބަލި މީހަކަށް މި ކޭމްޕްގެ ޑޮކްޓަރުންވަނީ ބަލާ ފަރުވާދީފައެވެ.
މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ރަށްތަކުގެ ތެރެއިން ބ.އޭދަފުށި، ރ.ހުޅުދުއްފާރު، ނ.މިލަދޫ، ނ.މަނަދޫގެ އިތުރުން ޅ.ހިންނަވަރާއި ޅ.ނައިފަރުގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ތ.ތިމަރަފުށި، ތ.ހިރިލަންދޫ، ތ.ވޭމަންޑޫ، ތ.ގުރައިދޫ، ލ.ފޮނަދޫ، އަދި ލ. ގަމުގައެވެ. އަދި އެމްއެންޑީއެފް ސަދަން އެރިއާގައި މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގއ.ވިލިނގިލި، އަދި ގދ، ތިނަދޫގައެވެ.
މިކޭމްޕްގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ހަމުގެ ބަލިތަކުގެ 498 ބަލިމީހަކާއި ސާޖަރީގެ ބަލިތަކުގެ 193 މީހަކާއި ކުޑަކުދިންގެ ބަލިތަކުގެ 292 ބަލިމީހަކު ބައްލަވާފައިވާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ވަނީ އަންހެނުންގެ ބަލިތަކުގެ 232 ބަލިމީހަކާއި ކަރުންމަތީގެ ބަލިތަކުގެ 372 ބަލިމީހަކަށް ފަރުވާދީފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހަރަކާތްތެރިވި ޓީމުން ލޮލުގެ ބަލިތަކުގެ 161 މީހަކަށް ފަރުވާދީފައިވާއިރު ދަތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ވަނީ 82 މީހަކަށް ފަރުވާދީފައެވެ.
މިކޭމްޕަކީ އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ޚާއްޞަ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށާއި ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ މެޑިކަލް އިވެކުއޭޝަންތައް މަދުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.
މިކޭމްޕުގައި އިންޑިއާގެ ސްޕެޝަލިސްޓުންގެ ޓީމްގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކަށް ކަނޑައަޅާފައިވާ ފޯސް ހެލްތް އޮފިސަރުންނާއި މެޑިކަލް ސާރވިސްގައި މަސައްކަތްކުރާ ޕެރަމެޑިކުން ވަނީ ބައިވެރިވެފައެވެ.
އެމްއެންޑީއެފުން އޭރިއާތަކުގައި ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕުގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުތަކުންވަނީ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާފައެވެ. މީގެ އިތުރުން އިންޑިއާގެ މެޑިކަލް ޓީމު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ކުރިދަތުރުތައް ހަމަޖައްސައިދީފައިވަނީ މޯލްޑިވިއަންގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.
މިމެޑިކަލް ކޭމްޕަކީ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލްކުރަން ހަމަޖެހިފައިވާ ލަނޑުދަނޑިތައް އިޢުލާން ކުރުމަށްޓަކައި 25 ނޮވެމްބަރ 2013 ވަނަދުވަހުގެ ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ޙާސިލް ކުރާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެފައިވާ އެއް ލަނަޑުދަނޑިއެވެ.

ލިޔުނީ: ޢަލީ ޔާސިރު
ނ. މާފަރުގައި ދިރިއުޅެމުން އައި ލ. ކުނަހަންދޫ އަންހެނެއްގެ ގައިގައި މީދަލެއް ދަތް އެޅިފަހުން، ނޭވާ އަށް އުނދަގޫވާތީ އެ ރަށު ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.
މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެން މީހާއަކީ ލ. ކުނަހަންދޫ ޒުނައިރާ އަބޫބަކުރު، 43، އެވެ.
ސަން އޮންލައިން އިން ބުނީ އެކަމެއް ދިމާވީ އިއްޔެ ކަމަށާއި އޭނާ މަރުވީ ނިދާފައި އޮއްވައި މީދަލެއް ދަތް އެޅިފަހުން ނޭވާ އަށް އުނގަދޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށެވެ.
އެ އަތޮޅު މަނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަމާލުވެ ހުންނެވި އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ރޭ ދަންވަރު މާފަރު ސިއްހީ މަރުކަޒުން ރިފާކޮށްގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
"ޑޮކްޓަރު ބައްދަލަވާފައި ބުނީ މަރުވެފައޭ އޮތީ، ނަމަވެސް މަރުވީ މީދާ ދަތް އަޅައިގެން ކަމެއް އެނގޭނީ ޑޮކްޓަރު ރިޕޯޓް ލިބުމުން،" ރަޝީދު ވިދާޅުވި އެވެ.
މާފަރު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ޝަރީފް ވިދާޅުވީ އެ އަންހެން މީހާ އަކީ ނޭވާ ހިއްލާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަންހެނެއް ކަމަށެވެ. އަދި ހެލްތު ސެންޓަރު ހުޅުވީ އިމަޖެންސީ ހާލަތެއްގައި އެ އަންހެން މީހާ ދައްކަން އައުމުން ކަމަށާއި އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ.
"އަންހެން މީހާ މަރުވީ ސީދާ މީދަލެއް ދަތްއަޅައިގެން ވިހަވެގެން ކަމެއް ދަންނަވަން ނޭނގެ. އޭނާގެ ފައިގައި މީދަލެއް ދަތްއެޅި ކަމަށް އެގޭ މީހުން ބުނީ. ރޭ އޭނާ ނިދާފައި އޮއްވައި ފައިގާ މީދާ ދަތް އެޅި ކަމަށް ވަނީ. ދެން ބޭހެއް އުނގުޅައިގެން ނިދަން އޮށޯތީ ކަމަށް ބުނަނީ. ކުޑަކޮށް މީދާ ދަތް ޖެހިފައި ހުރީ، މާބޮޑު އަނިޔާއެއް ވެސް ނެތް. ދެން އޭނާ އަށް ހޭލެވުނީ ނޭވާލާން އުނދުދަގޫވެގެން، ނޭވާ ހިއްލުން ހުންނަ މީހެއް އެއީ ވަރަށް ކުރިއްސުރެ. އެކަމަށް ބޭސް ވެސް ބޭނުން ކުރަމުން އޭނާ ގެންދިޔައީ"، ޝަރީފް ވިދާޅުވި އެވެ.
މާފަރު ފެހިވިލާގެ މީހަކާ މިވަގުތު އިނދެގެން އުޅޭ ޒުނޭރާ މަރުވިއިރު ދުނިޔޭގައި ހަތް ކުދިން ތިބެ އެވެ. އެއީ ފިރިހެން ދެ ކުދިންނާއި އަންހެން ފަސް ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 23 އަހަރެވެ. އަދި އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ.

މަސްދަރު: ސަން އޮންލައިން
ލިޔުނީ: Unknown
ޙުސައިން އިސްމާޢީލް އަދި ފައްޔާޒް އިސްމާޢީލް |
އިއްޔެ (31 ޖެނުއަރީ 2014 ، ހުކުރު ދުވަހު) ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ ) ޕްރައިމަރީގެ ވޯޓުގެ ނަތީޖާއިން ލ. ގަން ދާއިރާއަށް ފައްޔާޒު އިސްމާޢީލް، ފޮނަދޫ ދާއިރާއަށް ހުސައިން އިސްމާޢީލް އިންތިޚާބުކޮށްފިއެވެ.
ލ. ގަމު ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޓިކެޓް ފައްޔާޒް އިސްމާޢީލް ކާމިޔާބުކުރެއްވީ 510 ވޯޓް ހޯއްދަވައިގެން ޝިހާބް އާއި ވާދަކޮށެވެ. ޝިހާބަށް ލިބިފައިވަނީ 168 ވޯޓެވެ.
ލ. ގަމު ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ޓިކެޓް ޙުސައިން އިސްމާޢީލް ކާމިޔާބުކުރެއްވީ 225 ވޯޓް ހޯއްދަވައިގެން ރިޟްވާން ޙަލީމް އާއި ވާދަކޮށެވެ. ރިޟްވާނަށް ލިބިފައިވަނީ 113 ވޯޓެވެ.
ލިޔުނީ: Unknown
މިއަހަރުގެ މާރޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް
ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ
ފަރާތުން ބައެއް ދާއިރާތަކުގައި ޕްރައިމެރީ ނުބޭއްވުމުން އެޕާޓީގެ
މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.
އެގޮތުން ލ.ކުނަހަންދޫގެ ޕީޕީއެމްއަށް ނިސްބަތްވާ އެރަށުގެ މެމްބަރުން އިއްޔެ ހަވީރު ނިކުމެ އަޑު އުފުލާފައިވަނީ ޕީޕީއެމް ކުނަހަންދޫ ގޮފިން ބޭނުންވަނީ ޕްރައިމަރީއެއް ބޭއްވުން ކަމަށާއި ކާމިޔާބުވާނީ ރައްޔިތުންގެ ރުހުން ލިބިގެން ކަމަށް ބުނެފައެވެ.
ޕީޕީއެމްއިން އެދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރުމަށް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް ޓިކެޓް ދިނުމަށް ޕީޕީއެމްއިން ނިންމުމާއި ގުޅިގެން އިއްޔެ އަޑު އުފުލި އެޕާޓީގެ މެމްބަރުން ބުނެފައިވަނީ ކުނަހަންދޫގައި ޕްރައިމެރީ ނުބާއްވައިފިނަމަ އެޕާޓީން ވަކިވާނެ ކަމަށެވެ.
ޕީޕީއެމްގެ ޓިކެޓް ހޯދުމަށް އެދާއިރާއިން މިހާރު އެކި ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުންދާއިރު ތަބަކަކަށް ލާފައި ޓިކެޓް ވަކި މީހަކަށް ދިނަސް އިންތިޚާބުގައި ވޯޓެއް ނުދޭނެ ކަމަށާއި ޑިމޮކްރަސީއާއި އެއްގޮތަށް އަދި ޕާޓީ އަސާސީ ޤަވާއިދުގައި ބުނެފައިވާ ގޮތަށް ޕްރައިމެރީއެއް ބާއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މަޖިލީހުގެ މާވަށު ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރަށް އެދާއިރާގެ ރައްޔިތުންގެ ތާޢީދެއް ނެތް ކަމަށާއި ޕްރައިމަރީއެއް ނެތި ޕީޕީއެމް މެމްބަރުންގެ ވޯޓެއް ނުލިބޭނެ ކަމަށް ބުނެ އަޑު އުފުލާފައިވެއެވެ.
މަޖިލިސް އިންތިޚާބަށް ވާދަކުރުމުގެ ގޮތުން ކޯލިޝަން ތެރޭގައި ގޮނޑިތައް ބަހާލާފައިވާ ގޮތާއި ދެމެދު ހިތް ހަމަނުޖެހުންތައް ހުރި އިރު އަދާލަތުންވެސްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަން ތެރެއިން ވާދަކުރުމަށް އެޕާޓީއަށް ގަބޫލުކުރެވޭ އަދަދަކަށް ވަކި ދާއިރާ ތަކެއްގެ ގޮނޑި ނުލިބޭ ގޮތަށް އެއްވެސް "ޑީލެއް" ހެދުމަށް އުދަގޫވާނެ ކަމަށް ބުނެފައެވެ.

ޚަބަރު: ރާއްޖެ.އެމްވީ
ލިޔުނީ: Unknown
ލ. ކުނަހަންދޫ އިންޖީނުގޭގެ ހާލަތު ދުވަހެއް
ދުވަހަށް ދަށަށް ގޮސް ކޮންމެ ދުވަހަކު 2 ގަޑި އިރަށް ކަރަންޓް ކަނޑާލަން
ޖެހޭ މައްސަލައިގައި ފެނަކައަށް ހައްލު ނުހޯދޭތީ ރައީސް އޮފީހުގައި
ދަންނަވައިގެންވެސް ހައްލެއް ނުލިބުނު ކަމަށް ކުނަހަންދޫ ކައުންސިލުން
ބުނެފިއެވެ.
ކުނަހަންދޫ ކައުންސިލްގެ މެންބަރު ލިރުޤާމް ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ނުދެވޭތީ އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް އަށް އެތައްފަހަރެއްގެ މަތިން ދަންނަވަމުން އައިސް މިހާރު އޭނާ ފޯނުވެސް ނުނަންގަވާ ކަމަށެވެ.
ނިމާލް ފޯނު ނުނަންގަވާތީ އެސްއެމްއެސް ކޮށްގެންވެސް ޖަވާބެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެހެންނަމަވެސް ނިމާލްގެ ހަބަރެއް ނުވާ ކަމަށްވެސް ކައުންސިލަރ ވިދާޅުވިއެވެ.
ކަރަންޓު ކެނޑޭ މައްސަލައިގައި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ މިހާރުވެސް ފުޅިބައްތި ހޯދަން ޖެހޭ ހާލަތަށް އައިސްފައިވާ ކަމަށާއި ކުރިޔަށް އޮތް ތިންދުވަހުގެ ތެރޭގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ނުދެވިދާނެ ކަމަށް ކައުންސިލަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މި މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް އޮފީހުގައި ދެންނެވުމުން، ސަރުކާރުގެ ވާހަކަތައް ހުންނަ ގޮތުން ކުނަހަންދޫ ފަދަ ކުޑަ އަދި ފަގީރުން ދިރިއުޅޭ ރަށްރަށަށް ސަމާލުކަމެއް ދޭން ބޭނުން ނުވާކަމަށް ހާމަވާ ކަމަށް ލިރުގާމް ވިދާޅުވިއެވެ.
ފެނަކައިގެ ފަރާތުން ލ. އަތޮޅާއި ހަވާލުވެ ވަޑައިގެން ހުންނަވާ އަހުމަދު ފަހީމް އަށް ގުޅައިގެންވެސް މިކަމަށް ހައްލެއް ނުލިބުނު ކަމަށް ފާހަގަ ކުރައްވާ ލިރުގާމް ވިދާޅުވީ ކޮންމެ ފަހަރަކުވެސް ފަހީމް އިތުރުފުޅު ހައްދަވާ ޖަނަރޭޓަރ އޯވަރހޯލް ކިޓެއް ފޮނުވާ ކަމަށް ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް އަދި އަދަށްވެސް ފެނަކައިން އެ ފޮނުވާ ކިޓެއް ކުނަހަންދޫއަށް ނުލިބޭ ކަމަށާއި، ފެނަކަ ކޯފަރޭޝަނުގައި ތިއްބަވާ ވެރިންނަށް ރައްޔިތުންގެ ހާލަތު އިހުސާސް ނުވާ ކަމަށް ލިރުގާމް ވިދާޅުވިއެވެ.
ފެނަކައިން ހިންގަމުންދާ ކުނަހަންދޫ އިންޖީނުގޭގައި މިހާރު ތިބި މުއައްޒަފުންނަކީ ވަރަށް ޤާބިލް ބައެއް ކަމަށާއި، އެހެންނަމަވެސް ފެނަކައިން އެހީތެރިކަމެއް ނުދޭތީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރެވިފައި ނުވާ ކަމަށް ކަމަށް ލިރުޤާމް ވިދާޅުވިއެވެ.
ގާތްގަނޑަކަށް އާބާދީގައި 920 މީހުން ދިރިއުޅޭ ކުނަހަންދޫގައި ކަރަންޓުގެ ހިދުމަތްދޭން ބޭނުން ކުރާ ޖަނަރޭޓަރަކީ 80 ކިލޯ ވޯޓުގެ ޖަނަރޭޓަރެކެވެ. ކުނަހަންދޫގައި އަލަށް އިމާރާތް ކުރާ ކޮންމެ ގެއެއްގައި އެއަރކޮންޑިޝަނަރ އާއި، އައިސްއަލަމާރިއާއި މި ނޫންވެސް ގިނައިން ކަރަންޓް ނަގާ އާލާތްތަށް ހުންނާތީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށް ދެވޭނީ 120 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ލިބިގެން ކަމަށް ލިރުގާމް ވިދާޅުވިއެވެ.
ރައްޔިތުން މި ހާލުގައި އުޅޭތާ 03 އަހަރު ވެއްޖެ ކަމަށާއި، ކުނަހައްދޫ އިންޖީނުގެ، އެ ރަށު ރައްޔިތުން ހިންގި އިރުވެސް ނުދާހާ ދަށަށް ގޮސް ރަށުގެ ކަރަންޓްގެ ހާލަތު ގޯސްވެފައިވާ ކަމަށް ލިރުޤާމް ވިދާޅުވިއެވެ. ކުނަހަންދޫގައި މިހާރު ބޭނުން ކުރަނީ ލ. ހިތަދޫ އިން ގެނައި ޖަނަރޭޓަރެކެވެ. އަދި ކުރިން ބޭނުން ކުރީ ލ. ގަމުން ގެނައި ޖަނަރޭޓަރެކެވެ.
ރާއްޖޭގެ ރަށްރަށުގައި ކަރަންޓް ކެނޑެމުންދާ މައްސަލަ ހައްލު ކުރުމަށް 80 ވަރަކަށް މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ހިންގަން ޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލު ވަނީ ދާދިފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައެވެ.

ހައްދުންމަތީ ކަލައިދޫއަކީ، ހައްދުންމަތީ އިސްދޫއާ ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައި، ކަލައިދޫ ކައުންސިލް އުފެއްދެވުމުން، އިސްދޫ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދީފި އެވެ.
މުއްދަތު އިތުރުކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނިކޮށް، ހައްދުންމަތި ކަލައިދޫއަކީ ހައްދުންމަތި އިސްދޫއާ ވަކިން އޮންނަ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، ހައްދުމަތީ ކަލައިދޫ ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާތީ، ލ.އިސްދޫ ކައުންސިލަށް ކުރިމަތިލުމަށް އިތުރު ވަގުތު ބޭނުންވާކަމަށް އިސްދޫ ކައުންސިލުން ހުށަހަޅައިފައިވާތީ، މިމަހުގެ 18އަށް މުއްދަތު އިތުރު ކޮށްފައިވާކަމަށެވެ.
މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަލައިދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ހައްދުންމަތީ ކަލައިދޫއަކީ، ހައްދުންމަތީ އިސްދޫއާ ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހަމަޖައްސަވައިފައިވަނީ ޑިސެމްބަރު 3 ވަނަ ދުވަހުގަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 1،500 މީހުން ދިރިއުޅޭ އިސްދޫ އާއި، އާބާދީގައި ގާތްގަނޑަކަށް 1000 މީހުން ދިރިއުޅޭ ކަލައިދޫ ކުރިން ދެ އަވަށެއްގެ ގޮތުގައި އޮތުމުގެ ސަބަބުން ދެ އަވަށަށް އޮންނަނީ އެންމެ ކައުންސިލެކެއެވެ.
ދެ އަވަށެއްގެ ގޮތުގައި އޮންނަ އިސްދޫ ކަލައިދޫގެ ރައްޔިތުންގެ މެދުގައި މީގެކުރިން ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ދެ އަވަށުގެ ދެމެދުގައި ކޯރު ކޮނުމުން ސިއްހީ ހިދުމަތް ދުވަސްގަނޑަކަށް މެދު ކެނޑިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ލ. ގަމުގެ ގެއެއްގައި ނިދާފައި އޮތް މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ލ.ގަން، ތުނޑި، ވިދާތަރި، އަހްމަދު ނިޔާޒް،28، ގެ މައްޗަށް ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުގެރޭ 11:40 އެހައިކަންހާއިރު ވިދާތަރިގޭގައި ނިދާފައި އޮތް އެރަށު އަސުރުމާގެ މުހައްމަދު ހަސަންގެ ބޮލުގައި އެއްޗަކުންޖަހައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މުހައްމަދު ހަސަން އަށް ލިބިފައިވާ ޒަހަމްތަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވަނީ ޖެހިގެން އައި ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ އަހްމަދު ނިޔާޒު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ކަމަށެވެ.
އަހްމަދު ނިޔާޒަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

'ތިނަކުން އެކެއް' ކެމްޕޭނަށް ހިޔާ އިން ތައްގަނޑުޖަހާފައިވާ ގަންޖުފަރާހެއް - ފޮޓޯ: ހިޔާ ފޭސްބްކް ޕޭޖް |
ހަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ އިސްދަރިވަރުންގެ ޖަމިއްޔާ - ހަމަދު އިންކަލައިން ޔޫތު އެސޯސިއޭޝަނުން އިންތިޒާމުކޮށް ގެވެށި އަނިޔާ އާއި ދެކޮޅަށް ހިންގާ "ތިނަކުން އެކެއް" ކެމްޕޭން މިއަދު ހަވީރު ލ. ގަމުގައި ފަށާނެކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ޙަމަދު އިންކްލައިން ޔޫތު އެސޯސިއޭޝަން - ހިޔާ އިން ބުނީ ގެވެށި އަނިޔާ ހުއްޓުވުމަށް ހިންގާ މި ހަރަކާތްތަކުގެ ފެށުން މިއަދު ހަވީރު ލ. ގަން އާބާދު ސަރަޙައްދުގައި ހުންނަ ކުޅިވަރު އެކުވަނީގައި އޮންނާނެ ކަމަށެވެ. އެހެންކަމުން މި ހަރަކާތުގައި ބައިވެރިވެލެއްވުމަށް ވީހާވެސް ގިނަބޭފުޅުން މިއަދު ހަވީރު 04:00 އަށް އެ ސަރަހައްދަށް އޮރެންޖު ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން ވަޑައިގެންނެވުމަށް ދަޢުވަތު އަރުވައެވެ.
އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ހިންގާ ކެމްޕޭންގެ 16 ދުވަހަކީ 1991 ގައި އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާއާއި އިންސާނީ ޙައްޤުތަކާއިމެދު މީހުން ލޯހުޅުވައިދީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ހިންގަން ފެއްޓި ކެމްޕޭނެކެވެ. އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މި ކެމްޕޭން ފެއްޓީ 'ގޯގް' އާއި އދ.އާއި ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކާއި، އަމިއްލަ ފަރުދުންނާއި މީޑިއާ އަދި ހެޔޮއެދޭ ފަރާތްތައް ގުޅިގެން 25 ނޮވެމްބަރު 2010 ގައެވެ.
މި އަހަރަުގެ ކެމްޕޭން އަމާޒުކުރަނީ އަނިޔާ ހުއްޓުވުމުގައި، އަނިޔާކުރާ މީހުންނާއި ފިރިހެނުންގެ ދައުރަށެވެ. މީގެ އިތުރުން މިއީ އަދަބު ކަނޑައެޅިފައިވާ ބޮޑުކުށެއްކަން އަންގައިދިނުމަށެވެ. ހަމަ އެއާއިއެކު ގެވެށި އަނިޔާގެ ސަބަބުން އާއިލާތަކާއި މުޖުތަމަޢު އަށް ކުރާ ނޭދެވޭ އަސަރުތަކަށެވެ. އަދި އަސަރުކުރާ ގޮތްތަކަށް އަލިއަޅުވައިލުމަށެވެ.
ލިޔުނީ: ޢަލީ ޔާސިރު
ގިރިފުށި ޓްރެއިނިންގ ސެންޓަރގައި ދެ ދުވަހުގެ މުއްދަތަށް ހިންގުނު ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013 އިއްޔެ ނިންމާލައިފިއެވެ.
ޑިމޮކްރަސީ ހައުސްގެ ފަރާތުން ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ހޮވާލެވޭ ކުދިން ބައިވެރިކޮށްގެން، އަހަރަކު އެއްފަހަރު ހިންގަމުން ގެންދާ މި ޕްރޮގްރާމްގެދަށުން ގިރިފުށީގައި ހިންގުނު މިކޭމްޕްގައި ބައިވެރިންނަށް މޮޑަން ލީޑަރޝިޕްގެ ކޮންސެޕްޓްތައް ދަސްކޮށްދިނުމާއި، އަމިއްލަ ނަފްސްގައި ހުރި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ދެނެގަންނާނެގޮތް ދަސްކޮށްދިނުމާއި، ޓީމް ބިލްޑިންގ ޙަރަކާތްތަކުގެ ތެރެއިން ޓީމެއްގެ ތެރޭގައި އެކުވެރިކަމާއި، ފޯރި އާއި ޖޯޝް ގެންނާނެ ގޮތްތައް ދަސްކޮށްދިނުމާއި، އަދި ފަރުދީ ޙައިސިއްޔަތުން ތިމާގެ ގައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި، ސުލޫކީ މިންގަނޑުތައް ދަސްކޮށްދީފައިވެއެވެ.
ޑިމޮކްރަސީ ހައުސްގެ ފަރާތުން ހިންގަމުންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް އަމާޒުކޮށްގެން 2010 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގެ ފަރާތުން ''ލީޑަރޝިޕް ކޭމްޕް'' ގެ ނަމުގައި 2 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ.
މި އަހަރު މިހިންގުނު ކޭމްޕްގައި 40 ބައިވެރިންނާއި، ޑިމޮކްރަސީ ހައުސްގެ ފަރާތުން 4 ކޯޑިނޭޓަރުންނާއި، ވީޑިއޯ ގްރާފަރެއްވަނީ ޙަރަކާތްތެރިވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކިއުގައި ތިބި ބައެއް - ފޮޓޯ: އެލްއޭ ނިއުސް ފައިލް |
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ އެޕްލިކޭޝަން ހުށައެޅުމުގެ މުއްދަތު މިއަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން އިން މިއަދު އާންމު ކުރި ބަޔާނެއްގައި އެއިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ހުށައަޅަން ޖެހޭ އެޕްލިކޭޝަން ފޯމާއި ދަރަންޔާއި ކުށުގެ ރެކޯޑް ސާފުކުރުމަށް އިތުރު ވަގުތު ބޭނުންވާތީ އެތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމުގެ މުއްދަތު މިއަންނަ އަންގާރަ ދުވަހުގެ ހަވީރު 3:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެކޮމިޝަންއިން ބުނީ ފޯމް ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ކަމަށެވެ.
އަންނަ ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި 975 ރަށު ކައުންސިލަރުންނާއި 123 އަތޮޅު ކައުންސިލަރުންގެ އިތުރުން 17 ސިޓީ ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އާންމުގޮތެއްގައި ދިވެހި ޒުވާނުން ކައިވެނީގެ ކުރިން ޖިންސީ ގުޅުންތައް ހިންގާކަމަށް ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް، ޔޫއެންއެފްޕީއޭ އިން ރާއްޖޭގައި ކޮށްފައިވާ ދިރާސާތަކުން ހާމަވެއްޖެއެވެ.
"ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން" ރިޕޯޓް ނެރުމަށް ޔޫއެންއެފްޕީން މިއަދު ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހުށަހަޅާދިން ވީޑިއޯ ޕްރެޒެންޓޭޝަނެއްގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި ޔޫއެންއެފްޕީއޭއިން ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާނުންގެ ތެރެއިން ކައިވެނީގެ ކުރިން ޖިންސީގުޅުން ހިންގާ ފަރާތްތަކުގެ ތިންބައި ކުޅަ ދެބައި މީހުން ފުރަތަމަ ފަހަރަށް ޖިންސީ ގުޅުން ހިންގަނީ އުމުރުން 18 އަހަރުވުމުގެ ކުރިން ކަމަށެވެ. އަދި ކައިވެނީގެ ކުރިން ޖިންސީ ގުޅުންތައް ހިންގާ ޒުވާނުންގެ ތެރެއިން އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 92 އިންސައްތަ މީހުން އެކަން ކޮށްފައިވަނީ އަމިއްލައަށް ބޭނުން ވެގެންނެވެ.
މީގެ އިތުރުން ކައިވެނީގެ ކުރިން ބަދުއަހުލާގީ އަމަލު ހިންގާ އުމުރުން 16 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 85 އިންސައްތަ ކުދިން އެކަން ކޮށްފައިވަނީ ވެސް އަމިއްލައަށް އެކަމަށް ބޭނުންވެގެން ކަމަށް ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. އަދި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ މެދުގައި ރައްކާތެރި ކަމެއް ނެތި ޖިންސީ އަމަލުތައް ކަންބޮޑުވާ ވަރަށް ހިންގާ ކަމަށް ވެސް ވަނީ ހާމަވެފައެވެ.
އެގޮތުން ބަދުއަހުލާގީ އަމަލު ހިންގާއިރު ރާއްޖޭގައި ހުރަސް ބޭނުންކުރާ މިންވަރު މަދު ކަމަށާއި، އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ޕްރެޒެންޓޭޝަންގައި ފާހަގަ ކޮށްފައިވެއެވެ. އަދި ދެމީހުންނަށްވުރެ ގިނައިން ބައިވެރިވެގެން ޖިންސީ އަމަލުތައް ހިންގުމުގެ އަމަލުތައްވެސް ރާއްޖޭގައި ހިންގާ ކަމަށާއި، ނުވަތަ ހުރަހާއި ނުލާ އެކަކަށްވުރެ ގިނަ މީހުންނާއި އެކު ބަދުއަހުލާގީ އަމަލު ހިންގާ ފަރާތްތަކުގެ މެދުގައި ބަލިތައް އުފެދުމުގެ ބިރު ހީވެފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ސިއްހަތަށް ގެއްލުންވާ ގޮތަށް އެބޯޓް ކުރާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމުގެ ވަކި ހާއްސަ އަދަދެއް ސާފު ނުވާ ކަމަށް ވެސް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ. އެގޮތުން ހޮސްޕިޓަލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކައިވެނީގެ ކުރިން ބަނޑުބޮޑުވާ މީހުންގެ 68 އިންސައްތައަކީ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ.
ޔޫއެންއެފްޕީއޭއިން ބުނީ މިފަދަ ކަންކަން ކަންކަމުގެ ސަބަބުން ސިއްހީ މައްސަލަތަކުގެ އިތުރުން، އިޖްތިމާއީ، އިގްތިސާދީ އަދި ގާނޫނީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ޅަ އުމުރުގައި ބަނޑުބޮޑުވުމާއި، ކުޑަކުދިން ކައިވެނި ކުރުން ހުއްޓުވުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަން ޖެހޭ ކަން ވެސް ޔޫއެންއެފްޕީއޭއިން ފާހަގަ ކުރި އެވެ. އަދި ކައުންސިލިންގެ ހިދުމަތްތައް ގާއިމްކޮށް، ގާނޫނުތަކަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ޔޫއެންއެފްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.
ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް މިއަހަރު ނެރިފައިވަނީ "މަދާހުޑް އިން ޗައިލްޑްހުޑް - ފޭސިން ދަ ޗެލެންޖް އޮފް އެޑޮލެސެންޓް ޕްރެގްނެންސީ"ގެ ނަމުގައެވެ. ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި ރާއްޖޭގައި އާންމު ގޮތެއްގައި ޒުވާނުން ކައިވެނީގެ ކުރިން ޖިންސީ ގުޅުންތައް ހިންގާކަމަށް ބުނެފައިވާއިރު، ރާއްޖޭގެ އާބާދީގެ 51 އިންސައްތަ އަކީ 51 އިންސައްތަ މީހުންނަކީ 25 އަހަރުން ދަށުގެ މީހުންނެވެ. އޭގެ ތެރެއިން 22 އިންސައްތަ މީހުންނަކީ 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ.

ސައުތު އެފްރިކާގެ ކަޅުނަސްލުގެ ފުރަތަމަ ރައީސް އަދި އެގައުމުގެ ބާނީގެ
ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ނެލްސަން މަންޑޭލާ އަވަހާރަވެއްޖެ
ކަމަށް އެގައުމުގެ ރައީސް ޖޭކަބް ޒޫމާ އިއުލާނު ކުރައްވައިފިއެވެ.
މަންޑޭލާ އަވަހާރަވެފައިވަނީ ފުއްޕަމޭގެ އިންފެކްޝަނަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައިގެން ތިން މަސްދުވަހު ފުރުވާ ދެއްވުމަށް ފަހު ގެއަށް ބަދަލުކޮށްފައިވަނިކޮށެވެ. މަންޑޭލާ ގެއަށް ބަދަލު ކުރެއްވީވެސް ހާލުކޮޅު އެއްކޮށް ރަނގަޅު ނުވެ އުޅުއްވަނިކޮށް، ކޮޓަރިކޮޅުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާނެ ސާމާނު ގާއިމް ކުރެއްވުމަށް ފަހު، ހޮސްޕިޓަލުގައި ދެވޭ ފެންވަރަށް ފަރުވާ ގޭގައި ދެވޭނެ ގޮތް ހަމަޖައްސައިގެންނެވެ.
އުމުރުފުޅުން 95 އަހަރުފުޅުގައި މަންޑޭލަ އަވަހާރަވެފައިވާކަން މީގެ ކުޑަ އިރުކޮޅެއް ކުރިން ސައުތް އެފްރިކާގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައީސް ޒޫމާ ވިދާޅުވީ، މަންޑޭލާ އަވަހާރަވީ އައިލީ މެމްބަރުން އަރިހުގައި ތިއްބަވަނިކޮށް ކަމަށެވެ. މަންޑޭލަ އަވަހާރަވުމާއި ގުޅިގެން މުޅި ގައުމުގައި ހިތާމަފާޅުކުރަން ފަށާފައިވާރު މަންޑޭލަ އަވަހާރަވިކަން އިއުލާނު ކުރެއްވުމުގެ ގޮތުން ދެއްވި ސްޓޭޓްމަންޓްގައި ރައީޒް ޒޫމާވެސް މާގިނަ ވާހަކަފުޅެއް ނުދައްކަވައެވެ. ކަޅު ހެދުން ތުރުކުރައްވައިގެން ގައުމާ މުހާތަބު ކުރެއްވި އިރު، ރައީސް ޒޫމާވެސް ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ.
"މިއަދު އަޅުގަނޑުމެންނަށް މިވަނީ މިގައުމުގެ އެންމެ އަގުހުރި ދަރި ގެއްލިފައި. އަޅުގަނޑުމެންނާ ނެލްސަން މަންޑޭލާ އަލްވަދާއު ކިޔާފައި އެވަނީ އެންމެންގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކޮށްދީފައި. އަޅުގަނޑުމެން ނެލްސަން މަންޑޭލާއަށް އަލްވަދާއު ކިޔަން ޖެހޭނީވެސް އެއްބައިވަންތަ ކަމާއި އެކު، ހުރިހާ ރައްޔިތުން ގުޅިގެން،" މަންޑޭލާ އަވަހާރަވިކަން އިއުލާނު ކުރައްވަމުން ރައީސް ޒޫމާ ވިދާޅުވިއެވެ.
މަންޑޭލާ މަޝްހޫރުވެ ވަޑައިގެންނެވީ ނަލްސީ ތަފާތުކުރުންތައް ނައްތާލުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުންންވެ. އެގޮތުން ނޯބަލް ޕީސް ޕްރައިޒް ހޯއްދަވާފައިވާ މަންޑޭލާ ވަނީ ނަސްލީ ތަފާތު ކުރުންތައް ނައްތާލުމަށް ކެމްޕޭން ކުރައްވަން ފެއްޓެވުމާއި އެކު 27 އަހަރަށް ޖަލަށްވެސް ލާފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މަންޑޭލާގެ ފުއްޕާމޭގެ އިންފެކްޝަންގެ އަސްލަކީ، ޖަލުގައި ހޭދަ ކުރެއްވި އަހަރުތަކުގައި ލިބިލެއްވި އަނިޔާތަކެވެ.
މުޅި އެފްރިކާގައި ހިތާމަފާޅުކުރަން ފަށާފައިވާއިރު، ސައުތް އެފްރިކާގެ މަގުތަކައް ރައްޔިތުން ނިކުމެ ހިތާމަފާޅުކޮށް މަންޑޭލާގެ ހަނދާންތައް އާކުރަން ވަނީ ފަށާފައެވެ. އަދި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ދަނީ މަންޑޭލަ އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅުކުރައްވާ، މަންޑޭލާގެ އާއިލާ އާއި ސައުތު އެފްރިކާގެ ރައްޔިތުންނަށް ތައުޒިޔަ ވިދަޅުވާން ފަށާފައެވެ.
މަންޑޭލަ އަވަހާރަވީކަން އިއުލާނު ކުރެއްވުމާއި އެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ މަންޑޭލާ އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމާގައި ކަމަށް ވިދާޅުވެފައެވެ. އަދި މިއަދަކީ ދުނިޔެއަށް އަގުހުރި ދަރިއެއް ގެއްލިގެން ދިޔަ ދުވަހެއް ކަމަށް ވިދަޅުވެ ރައީސް އޮބަމާ ވަނީ މަންޑޭލާގެ ޒިކުރާ އާކުރައްވާފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ހިތާމަފާޅުކުރުމުގެ ގޮތުން މަންޑޭލާގެ ގޮކޮޅު ކައިރިއަށް އެތައް ހާސް ބަޔަކު މިހާރު ވަނީ އެއްވެފައެވެ. އަދި އެގައުމުގެ ސަރުކާރުގެ އިސް ހުރިހާ ބޭފުޅުންވެސް މިހާރު ތިއްބެވީ މަންޑޭލަގެ ގެކޮޅުގައެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ހަބްލީ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެ ދިވެހިންގެ ތެރެއިން އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށްފި އެވެ.
ހަބްލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ފައިލް ފޮޓޯ އެއް |
އިންޑިއާގެ ތާރީޚީ ބިނާ، ތާޖްމަހަލް ބަލައިލުމަށް ފަހު ވޭނެއްގައި އެނބުރި ބެންގަލޫރަށް ދަތުރުކުރި މަގުމަތީގައި އެ އެކްސިޑެންޓް ވީ ތެޔޮ ޓޭންކަރެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓްގައި ދިވެހި އާއިލާއާ އެކު ދަތުރުކުރި އިންޑިއާގެ ގައިޑް ވަނީ މަރުވެފަ އެވެ. އެކަމަކު ވޭން ޑްރައިވަރު ސަލާމަތްވި އެވެ.
ދިވެހި ދެމަފިރިންނާއި ދެ ކުދިންގެ އިތުރުން 20 އަހަރުގެ ފިރިހެން ކުއްޖަކު ދަތުރުކުރި ވޭން އެކްސިޑެންޓްވުމާ އެކު، އެ އެންމެން ވެހިކަލުން ބޭރަށް ވިއްސައިގެން ދިޔަ އެވެ.
ހަބްލީ އޮންނަނީ ދިވެހިން އުޅެމުން އަންނަ ބެންގަލޫރާ ގާތްގަނޑަކަށް 415 ކިލޯމީޓަރު ދުރުގަ އެވެ. ކާރުގައި ދަތުރުކުރާ ނަމަ އެހިސާބުން ބެންގަލޫރަށް ދާން ގާތްގަނޑަކަށް ފަސް ގަޑިއިރު ނަގާނެ ކަމަށް ބެލެވެ އެވެ.
އެ އާއިލާ ކައިރިއަށް އަދި އެއްވެސް ދިވެއްސަކު އަދި ނުދެ އެވެ. އަދި ދިވެހިންނަކީ ކޮން ބައެއް ކަމާއި ރާއްޖެ އަކީ ކޮން ގައުމެއްކަން ވެސް ހޮސްޕިޓަލްގެ މީހުންނަށް ނޭނގެ އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިންޑިއާގެ ނިއު ދިއްލީގައި ހުރި ރާއްޖޭގެ ހައި ކޮމިޝަން ނުވަތަ ޓްރިވެންޑްރަމްގައި ހުރި ކޮންސިއުލާ އިން ވީހާވެސް އަވަހަކަށް މީހަކު އެ ހިސާބަށް ފޮނުވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.
"އަދި ނޭނގޭ ކޮން ދިމާލަކުން ކަމެއް ދާނީ. އެ މަސައްކަތް އަންނަނީ ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ވިވެކް ނަންދާ ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އާއިލާ އަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނީ އާސަންދައިގެ ދަށުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެންމެ ބޮޑު އަނިޔާއެއް ލިބުނު ހަތަރު އަހަރުގެ އަންހެން ކުއްޖާގެ ބޮލާއި މޫނުގެ ބައެއް ވަނީ ވަރަށް ބޮޑަށް ކަފައިގެން ގޮހެވެ. އެ ކުއްޖާގެ އޮޕަރޭޝަން ކުރީ ރޭގަ އެވެ. އެކަމަކު އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމުން އަދިވެސް އޮތީ އައިސީޔޫގަ އެވެ.
"އޮޕަރޭޝަނަށް ބޯ ބޭލިއިރު ބޮލަށް ހުރި ފުޅިތޮށިތައް ވަދެފައި،" ކުއްޖާގެ މަންމަ އައިމިނަތު ޝިރުމީނާ ބުންޏެވެ.
އެކްސިޑެންޓްގައި އޭނާގެ 20 އަހަރުގެ ފިރިހެން ކޮއްކޮގެ އެއް ކަންފަތް ވަނީ ނެއްޓިފަ އެވެ. ޝިރުމީނާގެ ގާތްގަނޑަކަށް ތިން އަހަރުގެ ފިރިހެން ދަރިފުޅުގެ ބޯ ފެޅުން ނޫން އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.
"ހުރިހާ އެންމެން ވެސް އެކަހަލަ ގޮތެއް. ވަކި ގޯހެއް ވެސް ނުވޭ. ރަނގަޅެއް ވެސް ނުވޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑު މި ހުންނަނީ ހުރިހާ ކަމެއް ވެސް ރަނގަޅަށް ދާނެ ކަމަށް ދުއާކޮށްކޮށް."
އޭނާގެ ކޮއްކޮގެ ކަންފަތުގެ އޮޕަރޭޝަން ކުރަން އޮތީ މާދަމާ އެވެ. މިއަދު އެ އޮޕަރޭޝަން ނުކުރެވުނީ އެކަމަށް ޚާއްސަ ޑޮކްޓަރު މިއަދު ހޮސްޕިޓަލްގައި ނެތުމުން ކަމަށް އޭނާ ބުންޏެވެ.
ފިރިހެން ދަރިފުޅުގެ ލޮލުގެ ފަރުވާއަކަށް ޓްރިވެންޑްރަމަށް ދިޔަ އާއިލާ އިން ތާޖް މަހަލް ބަލައިލަން ދަތުކުރީ ޓްރިވެންޑްރަމުން ބެންގަލޫރަށް މަތިން ދަތުރުކޮށް، ބެންގަލޫރުން ވޭނެއް ނަގައިގެންނެވެ.
އެމީހުން ރާއްޖެ އަންނަން ޓިކެޓް ނަގާފައި އޮތީ އަންނަ ހުކުރުދުވަހަށެވެ.
ޝިރުމީނާ ބުނި ގޮތުގައި އެމީހުންގެ އަތުގައި ހުރި ފައިސާ އާއި ބައެއް ލިއުންތައް ވަނީ ގެއްލިފަ އެވެ. އާއިލާ އަށް އެހީތެރިވެދިނުމަށް އޭނާ ވަނީ ދިވެހިންގެ ކިބައިން އެދިފަ އެވެ.

އިސްދޫގެ ދެ އަވަށް ކަމަށްވާ އިސްދު އާއި ކަލައިދޫ، ވަކި ދެ ރަށެއްގެ ގޮތުގައި ހަމަޖައްސަވައި ރައީސް އަބްދުﷲ ޔާމީން އިއްޔެ ކަލައިދޫ ކައުންސިލް އުފެއްދެވުމުން އެ ރަށުގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ރޭ ހުޅުވާލައިފި އެވެ.
ޖެނުއަރީ 18 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކަލައިދޫ ކައުންސިލަށް ކުރިމަތިލާން އެދޭ މީހުންނަށް ޑިސެމްބަރު 18 ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 1،000 މީހުން ހިމެނޭ ކަލައިދޫ ކައުންސިލަށް އިންތިހާބު ކުރަނީ ފަސް މެމްބަރުންނެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން 3،000 މީހުންގެ އާބާދީއަކަށް ވުރެ ކުޑަ ކޮންމެ ރަށެއްގެ ކައުންސިލްގައި ފަސް މެމްބަރުން ތިބޭ އިރު، އެއަށް ވުރެ އާބާދީ ބޮޑެތި ރަށްރަށުގެ ކައުންސިލްތަކަށް އިންތިހާބުކުރާނީ ހަތް މެމްބަރުންނެވެ.
އިސްދު އާއި ކަލައިދޫ ވަކި ދެ ރަށެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ކަލައިދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު، އިސްދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ކައުންސިލް އިންތިޚާބުގައި އެހެން ކައުންސިލްތަކާ އެކު ކުރިން ހުޅުވާލައިފަ އެވެ.
ޒަމާނުއްސުރެ އޮންނަ އަވަށު ވާދަވެރިކަމުގެ ސަބަބުން، 2011 ގެ ކުރިން އިސްދު އާއި ކަލައިދޫ އަވަށް ހިންގަމުން ދިޔައީ އިދާރީ ގޮތުން ދެ ތަނެއްގެ ގޮތުގަ އެވެ. އޭރު ކޮންމެ އަވަށެއްގައި އޮފީހެއް ހުރެ އެވެ. ނަމަވެސް 2011 ގެ ކައުންސިލް އިންތިހާބަށް އެ ރަށުގައި އެއް ކައުންސިލް އުފައްދައި ދެ އަވަށް އެ ކައުންސިލްގެ ދަށުން ހިންގަން ފެށި އެވެ.