ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ހުއްޓިފައިވާ ފޮނަދޫ ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތް ދިހަ ވަރަކަށް ދުވަސްތެރޭގައި ފެށޭނެ – ރައީސް

ލިޔުނީ: Unknown - Thursday, April 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ފޮނަދޫގައި އެމްޑީޕީ ސަރުކާރުން އަޅައިދެއްވި ނަރުދަމާ ނިޒާމު އިފްތިތާޙް ކުރުމުގެ ތެރެއިން
މިދިޔަ އަހަރު ފެބްރުއަރީ މަހު 1 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙް ކޮށްފައިވާ ލ. ފޮނަދޫ ނަރުދަމާ ނިޒާމުގެ ހައުސް ކަނެކްޝަން ހަދަމުން ދިޔަ ކުންފުނިން އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު 'ފެނަކަ' އިން ފޯރުކޮށް ނުދޭތީ މެދުކަނޑާލާފައިވާ މަސައްކަތް، ދިހަ ވަރަކަށް ދުވަސް ތެރޭގައި ފެށޭނެ ކަމަށް ރައީސް ކަމުގައި ހުންވެި ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ވަހީދު ހަސަން މަނިކު މިހެން ވިދާޅުވީ އެމަނިކުފާނު މިމަހުގެ 17 ގައި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ލ. ކައްދޫ މުވައްޒަފުން އެމަނިކުފާނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އިން ފޮނަދޫ ރައްޔިތަކު ފޮނަދޫ ނަރުދަމާ ނިޒާމު ގުޅައިދިނުން ރަށުގެ ވަކި ބަޔަކަށް ދިނުމަށްފަހު އެކަން ހުއްޓާލާފައި ވާތީ ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ސުވާލު ކުރުމުން ޖަވާބެއް ދެއްވީ ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅެއް ކަމަށްވާ ނިމާލް އާއި ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ފޮނަދޫ ރައްޔިތަކު މިކަން އެ ބައްދަލުވުމުގައި ހާމަ ކުރުމުން އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ވެރިންގެ ފެންވަރުގެ އެއްވެސް ބޭފުޅަކާއި ނުގުޅޭ ކަމަށެވެ. އަދި ގޭގެއަށް ހޮޅި ގުޅައިދިނުމުގެ މަސައްކަތް ކޮންޓްރެކް އުސޫލުން ހަވާލުވި ކުންފުނިން މަސައްކަތް ހުއްޓާލީ ފެނަކަ އިން ތަކެތި ފޯރުކޮށް ނުދެވިގެން ކަމަށް ވިދާޅުވިއެވެ.

"ވެރިންގެ ލެވެލްގަ (ފެނަކައިގެ) ތިއްބެވި އެއްވެސް ބޭފުޅަކާ އަޅުގަނޑަކާ ނުގުޅޭ. ކޮންޓެކްޓްސް އެބަހުރި، އެހެން ނަމަވެސް އެބޭފުޅުން ފޯނެއް ނުނަންގަވާ." މުޙައްމަދު ރަޝީދު އިތުރަށް ވިދާޅުވީ ހަމައެކަނި ގުޅެނީ ޗެއަރމަން ނުޢުމާނު އާއި ކަމަށެވެ. މުޙައްމަދު ރަޝީދު މިހެން ދެންނެވުމުން ރައީސް އަރިހުގައި ހުންނެވި ބޭފުޅަކަށް އެންގެވީ ނިމާލް އާއި ގުޅާފައި އެކަން ވަގުތުން ސާފުކުރުމަށެވެ.

"މިހާރު އެހެންވީމާ ދިހަވަރަކަށް ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެޔޯ އިނގޭތޯ. ދެން އެ ހަމަ ކުރިންވެސް ކުރި މީހުން އެ ކުރަނީ." މަޢުލޫމާތު ސާފުކުރެއްވުމަށް ނިމާލް އާއި ރައީސް ވަހީދު ވާހަކަދެއްކެވުމަށްފަހު ވިދާޅުވިއެވެ.

ފޮނަދޫ ނަރުދަމާ ނިޒާމުގެ ހައުސް ކަނެކްޝަން މަސައްކަތް ރަށުގެ ތިއްބައިކުޅަ އެއްބަޔަށް ގުޅުމަށްފަހު ހުއްޓިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ރައީސް ނަޝީދު އެންމެ ފަހުން ފޮނަދުއަށް ކުރެއްވި ދަތުރުފުޅުފައި ފޮނަދޫ ނަރުދަމާ ނިޒާމު ނިމި އެކަން އިފްތިތާޙް ކުރެވި ހައުސް ކަނެކްޝަންތައް ހެދުން އެކަނި އޮއްވާ އެކަން ނުކުރެވި މެދުކެނޑިފައި އޮންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް